Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރޮއޭޝިޔާގެ ޖޫނިއަރ ޓީޓީ ކުޅުންތެރިން ރާއްޖޭގައި

ރާއްޖޭގެ ޖޫނިއަރ ޓީޓީ ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ހޯދައިދިނުމަށް، ކްރޮއޭޝިޔާގެ ޖޫނިއަރ ދެ ކުޅުންތެރިން ރާއްޖޭގައި

މުބާރާތް އޮތީ އަންނަ މަހު 9-11 އަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 20 އެޕްރީލު 2022 | ބުދަ 11:29
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖޫނިއަރ ޓީޓީ ކުޅުންތެރިންނާއެކު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖޫނިއަރ ޓީޓީ ކުޅުންތެރިންނާއެކު

ރާއްޖޭގައި އަންނަ މަހު މަހު ބާއްވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްއަށް ތައްޔާރުވާ ރާއްޖޭގެ ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ހޯދައިދޭން ކްރޮއޭޝިޔާގެ ޖޫނިއަރ ދެ ކުޅުންތެރިން ގެނެސްފިއެވެ.

ކުރީގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ކްރޮއޭޝިޔާގެ ޒޯރާން ޕްރިމޯރަކްއާއި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ އެހީތެރިކަމާއެކު ގެނައި ދެ ކުޅުންތެރިންނެވެ. އެދެ ކުޅުންތެރިން މިހާރު އަންނަނީ ރާއްޖޭގެ ޖޫނިއަރ ކުޅުންތެރިންނާއެކު މެޗުތައް ކުޅެމުންނެވެ. ރާއްޖޭގެ ޖޫނިއަރ ކުޅުންތެރިންގެ ތެރޭގައި ސީނިއަރ ކުޅުންތެރިން ހިމެނެއެވެ, ރާއްޖޭގެ އެއްވަނަ އަދި ދެވަނަ ޓީޓީ ކުޅުންތެރިޔާވެސް ހިމެނެނީ ޖޫނިއަރ ކުޅުންތެރިންގެ ތެރޭގައެވެ. ޓީޓީ އެސޯސިއޭޝަންގެ ނައިބުރައީސް އިބްރާހީމް ޝިއުރީ ވިދާޅުވީ ކްރޮއޭޝިޔާއިން އައީ އެޤައުމުގެ ހަމަ ރަނގަޅު ޖޫނިއަރ ދެ ކުޅުންތެރިންކަމަށެވެ. މިއީ ޒޯރާންއާއެކު ފެށި މަސައްކަތުގެ ފުރަތަމަ ފިޔަވަޅުކަމަށް ވިދާޅުވިއެވެ.

އެދެކުޅުންތެރިންގެ އިތުރުން ދެ ދުވަހެއްގެ ތެރޭގައި ކްރޮއޭޝިޔާގެ ކޯޗެއްވެސް ރާއްޖެ އަންނާނެކަމަށް ޝިއުރީ ވިދާޅުވިއެވެ. އެކަމަކު އެއީ އޮފިސަލް ކޯޗެއް ނޫންކަމަށާއި, ކުރިއަށް އޮތްތަނުގައި ކްރޮއޭޝިޔާއިން ހުރި ފުރުޞަތުތަކަށް ކޯޗު މައުލޫމާތު ހޯދާ ފަހިކޮށްދޭނެކަމަށް ޝިއުރީ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ކޯޗުގެ ފަރާތުން މައުލޫމާތާއި, ތަޖުރިބާ ލިބޭނެކަމަށްވެސް ވިދާޅުވިއެވެ. ކްރޮއޭޝިޔާގެ ދެ ކުޅުންތެރިން މިމަހުގެ 29 ގެ ނިޔަލަށް ރާއްޖޭގައި ހޭދަކުރާނެއެވެ. ޝިއުރީ ވިދާޅުވީ އެކުޅުންތެރިންގެ ފަރާތުން ރާއްޖޭގެ ކުޅުންތެރިންނަށް މެޗުތަޖުރިބާއާއި, ޕްރެކްޓިސް ތަޖުރިބާ ލިބޭނެކަމަށެވެ. ރާއްޖޭގައި އޮންނަ މުބާރާތަށް ތައްޔާރުވަނީ މެޑަލްތަކެއް ހޯދަން ކަމަށާއި, އެއްމީދު އެބައޮތްކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.

ސައުތު އޭޝިއާގެ ޖޫނިއަރ މުބާރާތް ކުރިއަށްދާނީ އަންނަ މެއިމަހު 9-11 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލްގައެވެ. މުބާރާތުގައި އިންޑިޔާ, ނޭޕާލް, ސްރީލަންކާ, ބޫޓާން އަދި ޕާކިސްތާނުންވެސް ވާދަކުރާނެއެވެ. ރާއްޖޭގެ ޓީމުން މުބާރާތަށް ތައްޔާރުވަނީ ގްރީކް ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
15 މެއި 2024

އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

15 މެއި 2024
އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް
08 މެއި 2024

ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް

08 މެއި 2024
ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް

29 އޯގަސްޓު 2023
އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް
28 އޯގަސްޓު 2023

އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް

28 އޯގަސްޓު 2023
އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު