Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަނޑިޔާރުންނަށް ފްލެޓު ދޫކުރުން

ފަނޑިޔާރުންނަށްވެސް ފްލެޓު ދޫކުރާ ސްކީމެއް އޮންނަން ޖެހެނީ ކީއްވެ؟

ގާޒީންނަށް އިންޒާރު ދިނުމާއި، ބިރު ދެއްކުމަކީ މީގެ ކުރިންވެސް ހިނގާފައިވާ ކަންކަން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 އެޕްރީލު 2022 | އާދީއްތަ 10:26
ފަނޑިޔާރުންނަށް ފްލެޓު ދޫކުރާނެ ވަކި ސްކީމެއް އޮތުން މުހިއްމުކަމަށް ބައެއް ފަރާތްތަކުން ދެކޭ

ފަނޑިޔާރުންނަށް ފްލެޓު ދޫކުރާނެ ވަކި ސްކީމެއް އޮތުން މުހިއްމުކަމަށް ބައެއް ފަރާތްތަކުން ދެކޭ

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ޙައްޤެކެވެ. އެހެންނަމަވެސް، ޤާނޫނުން ލިއްބައިދޭ ޙައްޤުތައް ހަނިކުރެވޭ ޙާލަތްތަކެއް ހުންނަ ބީދައިން، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީވެސް ބައެއް ޙާލަތްތަކުގައި ހަނި ކުރެވިގެންދާ ޙައްޤެކެވެ. އެގޮތުން ބައެއް ފަހަރު، ތިމާ ހުންނަ މަޤާމެއްގެ ސަބަބުން، ނުވަތަ އަދާކުރާ ވަޒީފާއެއްގެ ސަބަބުން މި ޙައްޤު ހަނިވެގެންދާ ޙާލަތްތަކެއް އާދެއެވެ.

މިސާލަކަށް ޤާނޫނު ތަންފީޒު ކުރާ ފަރާތެއްގެ ޙައިސިއްޔަތުން ފުލުހުންނަކީވެސް މި ދެންނެވި ޙައްޤުތައް ލިބިދީފައިވާނެ ބައެކެވެ. ސިވިލް ސަރވެންޓުންވެސް، ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންވެސް ހަމަ އެފަދައެވެ. ނަމަވެސް މިއިން ކޮންމެ ޕްރޮފެޝަންއެއްގައިވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ވަކި ޙާލަތްތަކެއްގައި ވަކި ގޮތްތަކަކަށް ވަނީ ހަނި ކުރެވިފައެވެ. އެކި މިންވަރަށެވެ.

ދާދި ފަހުން ފެންމަތިވި މައްސަލައެކެވެ. ފަނޑިޔާރުންނަށް ފްލެޓު ނުދޭ މައްސަލައިގައި ކޯޓެއްގެ ގާޒީއަކު ކޯފާ އިސްކުރައްވައި، ދެއްކެވި ވާހަކަފުޅެއް ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެ މައްސަލަ މިހާރު ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް ތަހުގީގު ކުރަން ފަށާފައިވާއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ ފަނޑިޔާރުގެ ބަސްމަގު ހުރީ އެންމެ ރަނގަޅަށް ނޫން ނަމަވެސް، ފަނޑިޔާރު އެ ވިދާޅުވީ ނުހަނު ރަނގަޅު ވާހަކަފުޅެއް ކަމަށެވެ.

ފަނޑިޔާރުންނަކީ އާންމު ދިރިއުޅުއްވުމުގައި އާންމު މުޖުތަމައުގެ ތެރެއަށް ނުކުމެ އުޅުއްވުމުގައި ގިނަ ކަންތައްތަކަކަށް ބައްލަވަން ޖެހިވަޑައިގަންނަވާ ބައެކެވެ. މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަދެއްކެވި އެ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ފަނޑިޔާރުން އާންމުންގެ ގޭގޭގައި ކުއްޔަށް ދިރިއުޅުއްވުމަކީ ފަނޑިޔާރުންނަށް އެކި ކަހަލަ ނުފޫޒާއި، އިންޒާރުތައް ލިބުމަށް ހުޅުވިގެންދާ އިތުރު ދޮރެކެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި އާއިލާއަށް އިންޒާރުތައް ލިބޭތީ އިތުރަށް ސެކިއުރިޓީ ދޭން ޖެހޭކަމަށް ދާދި ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ.

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި ގުޅޭގޮތުން ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި މެމްބަރަކު ވަނީ ބައެއް މައްސަލަަތަކާއި ގުޅިގެން ފަނޑިޔާރުންނަށް، ޚާއްސަކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ވަރަށް ބޮޑެތި އިންޒާރުތައް އަންނަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަން ފާހަގަ ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުން ބަލަނީ ޖިނާއީ މައްސަލަތަކެވެ. އެ މައްސަލަތަކާއި ގުޅިގެން ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކާއި ގުޅިގެން އެކި ގާޒީންނަށް އިންޒާރު ދިނުމާއި، ބިރު ދެއްކުމަކީ މީގެ ކުރިންވެސް ހިނގާފައިވާ ކަންކަމެވެ. އެގޮތުން ކްރިމިނަލް ކޯޓު ހިންގެވުމާއި ކުރިން ޙަވާލުވެހުންނެވި މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓްގެ ބޭރު ދޮރަށް ކޯރާޑިއަކުން ގެއްލުންދިން މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ. ދޮރަށް ގެއްލުން ދޭން ބޭނުންކުރި ކޯރާޑި ވެސް އެޕާޓްމެންޓުގެ ދޮރުމަތީގައި ބާއްވާފައި އޮތް ކަަމަށް ފުލުހުން އެ މައްސަލައާއި ގުޅިގެން އޭރު ބުނެފައިވެއެވެ.

ފަނޑިޔާރުންގެ ޤާނޫނު ބުނާގޮތުން އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފުން ހަމަޖައްސައިދޭން ޖެހެއެވެ.

މީގެ އިތުރުން، އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތަކެއް ދައުލަތުގެ ސަލާމަތީ ބާރުތަކުން އެކަށައަޅައި، އެ އުސޫލުގެ މަތިން ސެކިއުރިޓީގެ ކަންކަން ފޯރުކޮށްދޭންޖެހޭކަން ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، އެއީ ފަނޑިޔާރުންނަށް ދޭންޖެހޭ ސެކިއުރިޓީގެ ވާހަކައެވެ. ސުވާލަކީ، އާންމު ތަންތަނުގައި ކުއްޔަށް އުޅޭނަމަ، މި ދެންނެވި ސެކިއުރިޓީ އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެބާއެވެ؟ ފަނޑިޔާރުންނަށް އަންނަ އެކިކަހަލަ ނުފޫޒުތަކަށް ހުޅުވޭ ދޮރަކަށް އެކަން ނުވާނެބާއެވެ؟

ކަންމިހެން ހުރުމާއެކު، ސަރުކާރުގެ ހައުސިންގެ ތެރެއިން ފަނޑިޔާރުންނަށްވެސް ފްލެޓު ދޫކުރާނެ ވަކި ސްކީމެއް އޮތުން މުހިއްމުކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މިހާރު އެފަދަ އުސޫލެއް ނޯވެއެވެ.

ފަނޑިޔާރުންފްލެޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ކުރީގެ ފްލެޓް އެއްބަސްވުންތައް އުވާލާ، އެހެން ބަޔަކަށް ފްލެޓް ދިނުމުގެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ބައިވެރިވަނީ ޤާނޫނާއި ޚިލާފު އަމަލެއްގައި- އެމްޑީޕީ

ކުރީގެ ފްލެޓް އެއްބަސްވުންތައް އުވާލާ، އެހެން ބަޔަކަށް ފްލެޓް ދިނުމުގެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ބައިވެރިވަނީ ޤާނޫނާއި ޚިލާފު އަމަލެއްގައި- އެމްޑީޕީ

07 އޯގަސްޓު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލައިފި

03 އޯގަސްޓު 2025
އައްޑޫ ސިޓީގެ ބޯހިޔާވަހިކަމަށް ހުރަސްއަޅާފައިވަނީ މިހާރުގެ ރައީސް މުއިއްޒު: މެންބަރު ނާޒިލް

އައްޑޫ ސިޓީގެ ބޯހިޔާވަހިކަމަށް ހުރަސްއަޅާފައިވަނީ މިހާރުގެ ރައީސް މުއިއްޒު: މެންބަރު ނާޒިލް

05 މެއި 2025
ފްލެޓާއި ގޯތީގެ މައްސަލާގައި މިސަރުކާރުގެ ބޭފުޅުން އަބަދުވެސް ހައްްދަވަނީ ދޮގު: މުޒާހަރާގެ ބައިވެރިން

ފްލެޓާއި ގޯތީގެ މައްސަލާގައި މިސަރުކާރުގެ ބޭފުޅުން އަބަދުވެސް ހައްްދަވަނީ ދޮގު: މުޒާހަރާގެ ބައިވެރިން

26 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު