Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން ރަޝިއާ ހަނގުރާމަ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

ރައީސް ޒެލެންސްކީ ވިދާޅުވަނީ ރަޝިއާއިން ކިތަންމެ ބައިވަރު ސިފައިންނެއް ފޮނުވި ނަމަވެސް އެމީހުންނާ ކުރިމަތިލާ ގައުމު ދިފާއު ކުރާނެ ކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 19 އެޕްރީލު 2022 | އަންގާރަ 13:09
ޔޫކްރެއިންގައި ހަރަކާތްތެރިވާ ރަޝިއާއަށް ވާގިވެރިވާ ސިފައިން

ޔޫކްރެއިންގައި ހަރަކާތްތެރިވާ ރަޝިއާއަށް ވާގިވެރިވާ ސިފައިން

ރަޝިއާއިން ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ހަމަލާތައް ވަރުގަދަކޮށް އެސަރަހައްދު ހިފުމަށް އެތައް ހާސް ސިފައިން ހަމަލާދޭން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔޫކްރެއިންގެ އިރުމަތީ ދެ ޕްރޮވިންސް، ލުހާންސްކް އަދި ޑޮނެސްކް ހިފުމަށް ރަޝިއާއިން ފެށި މިހަމަލާތަކާއެކު ޔޫކްރެއިނުން ވަނީ މި ހަމަލާ ބަދަލުކުރުންތަކަށް 'ބެޓްލް އޮފް ދަ ޑޮންބަސް'ގެ ނަމުން ނަންދީފައެވެ.

ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާގޮތުގައި ޔޫކްރެއިން އިން ވަނީ ރަޝިއާގެ ހަމަލާތަކަށް އެގައުމުގެ ސިފައިން ކެރިގެން ކުރިމަތިލާނެ ކަމަށާއި އެ ހަމަލާތަކުން ދިފާއުވުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އަންގާރަ ދުވަހު މި ހަމަލާ ބަދަލުކުރުންތައް ފެށިފައިވާއިރު، ޔޫކްރެއިނުން ބުނަނީ ރަޝިއާގެ މިހަމަލާތައް ފެށިފައި ވަނީ ވައިގެ ވަރުގަދަ ހަމަލާތަކަކާއެކު ކަމަށެވެ.

މިހަމަލާ ބަދަލުކުރުންތަކާއެކު ރަޝިއާއިން މިހާރު ލުހާންސްކް ޕްރޮވިންސްގެ ކްރެމިންނާ ހިފާފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެއެވެ. މިއީ 18،000 މީހުންގެ އާބާދީއެއް އޮންނަ އަވަށެކެވެ.

ލުހާންސްކްގެ ޔޫކްރެއިން ގަވަރުނަރު ވަނީ ކްރެމިންނާ އަށް ރަޝިއާގެ ސިފައިން ވަދެގަނެ އެ ސިޓީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ރަޝިއާގެ ސިފައިން ހުރިހާ ފަރާތަކުން ހަމަލާދޭން ފަށާފައިވާ ކަމަށާއި އާންމު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ކަމާގުޅުންހުރި ފަރާތްތަކުން ދަނީ ކުރަމުން ކަމަށް ވިދާޅުވެފައެވެ. އަދި މިހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި މަރުވާ އާންމުންގެ އަދަދު ބުނަން ދަތިކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

މިހަމަލާތަކާ ގުޅޭގޮތުން ރަޝިއާއިން މާބޮޑު ތަފްސީލެއް ދީފައެއް ނުވެއެވެ. ނަމަވެސް އެގައުމުގެ ފޮރިން މިނިސްޓަރު ސަރުގެއި ލަވްރޮވް ވަނީ ރަޝިއާއިން ކުރިއަށް ގެންދާ އަސްކަރީ އޮޮޕަރޭޝަންގެ އައު ސްޓޭޖެއް ފެށުނުކަމަށް ވިދާޅުވެފައެވެ. އަދި މި އޮޕަރޭޝަންގެ ބޭނުމަކީ ޑޮނެސްކް އާއި ލުހާންސްކްގެ ފުރިހަމަ މިނިވަންކަން ކަށަވަރުކުރުމަށް ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓަރު ސަރުގެއި ޝޮއިގު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޔޫކްރެއިންގެ މަރިއަޕޮލް ސިޓީގައި ރަޝިއާއިން ދެމުންދާ ހަމަލާތަކުން ދިފާއުފުމުގެ މަސައްކަތް ކުރަމުންދާ ޔޫކްރެއިންގެ ސިފައިންނަށް އެގައުމުންވަނީ ހަތިޔާރު ބަހައްޓާފައި އަމާންދިނުން ނޫނީ ހަމަލާތަކުގައި މަރުވުން، މިދެގޮތުން ގޮތެއް އިހުތިޔާރުކުރުމަށް ބުނެ އެންމެ ފަހުގެ އިންޒާރު ދީފައެވެ. އެގޮތުން ދަނގަޑު އުފައްދާ ފެކްޓްރީއެއްގެ ތެރޭގައި ޔޫކްރެއިންގެ ސިފައިން ތިބި އިރު، ހަތިޔާރު ބަހައްޓާފައި އަމާންދޭން އެންމެންނަށް ދިރިހުރުމުގެ ފުރުސަތުދޭނެ ކަމުގެ ޔަގީންކަށް ދޭކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަޝިއާ އަށް ވާގިވެރިވާ ޗެޗްނިއާގެ ލީޑަރު ވަނީ އަންގާރަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން އެ ފެކްޓްރީވެސް ހިފާނެ ކަމަށް ވިދާޅުވެފައެވެ.

މިހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ ރަޝިއާގެ މިހަމަލާތަކަށް ކެރިގެން ކުރިމަތިލާނެ ކަމަށެވެ. އެގޮތުން ކިތަންމެ ބައިވަރު ސިފައިންނެއް ފޮނުވި ނަމަވެސް އެމީހުންނާ ކުރިމަތިލާ ގައުމު ދިފާއު ކުރާނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ވެރިރަށް ކިއެވްއަށް ދެމުންދިޔަ ހަމަލާތައް މަދުކޮށް އިރުމަތީ ސަރަހައްދަށް ރަޝިއާގެ އަސްކަރިއްޔާ އިން ސަމާލުކަން ދޭން ފަށާފައި ވަނީ މާޗު މަހުގެ ފަހުކޮޅުއެވެ. އެސަރަހައްދުގައި ރަޝިއާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަމުންދާއިރު، އެގައުމުން ދަނީ ޔޫކްރެއިންގެ އެހެން ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ.

ޔުކްރެއިންރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު