Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިގުތިސާދީ ހާލަތު މެނޭޖްކުރުން

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އައިގޮތަށް ވޯރލްޑް ބޭންކުންވެސް ތައުރީފުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 އެޕްރީލު 2022 | ހޯމަ 11:26
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު- ކޮވިޑުގެ ހާލަތު މެނޭޖްކުރެއްވިގޮތަށް ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ތައުރީފުކުރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު- ކޮވިޑުގެ ހާލަތު މެނޭޖްކުރެއްވިގޮތަށް ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ތައުރީފުކުރޭ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މި އޮޑި ފަރަށް އެރީސްކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ, ފަތުރުވެރިކަމުގެ ގާނޫނަށް ހުށައެޅިފައިވާ އިސްލާހުތަކާ ގުޅޭގޮތުން ހޯމަ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ސަލީމް ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައި ފެނިގެން ދިޔައީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދުށް އެންމެ ބޮޑު އެއް އިގުތިސާދީ ކާރިސާ ކަމަށެވެ. އެގޮތުން ކޮވިޑުގެ އުނދަގޫ 2 އަހަރު ދިވެހި ތާރީޚުގައި ލިޔެވިގެންދާނީ, ނާއުންމީދާއި ނުތަނަވަސްކަމާއި ބިރުވެރިކަން ގެނެސްދިން 2 އަހަރުގެ ގޮތުގައިކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، އެ ހާލަތު އަދިވެސް މުޅިން ފިލައިގެން ނުދާކަމަށެވެ.

ހަމައެއާއެކު، ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ އަސަރުވެސް ދިވެހިންނަށް ތަޖުރިބާކުރަން ޖެހިފައިވާކަން ސަލީމް ފާހަގަ ކުރެއްވިއެވެ.

ކޮވިޑުގެ ހާލަތުގައި ދިމާވި ކަންކަމަކީ ތަޖުރިބާކުރަން ޖެހޭނެކަމަށް ކުރިން ވިސްނިފައިވެސް ނެތް ހާލަތްތަކެއްކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، ދިވެހިންގެ މައި އެއާޕޯޓު ބަންދުކޮށްގެން ތިބެން ޖެހިދާނެކަމަށް ކުރިން ހީވެސްކުރެވިފައި ނުވާކަމަށެވެ.

ސަލީމް ސިފަ ކުރައްވާފައިވާ ގޮތުގައި, ކުޅަދާނަ އަދި ވިސްނުންތެރި ކައްޕިތާނެއް ގައުމުގެ ހުންގާނުގައި މިއަދު ނެތްނަމަ، ގައުމުގެ އޮޑި ފަރަށް އަރާނެކަމާމެދު ޝައްކެއްނެތެވެ. އެކަން ދުނިޔޭގެ އެހެން ގައުމުތަކުގެ ހާލަތަށް ބެލުމުންވެސް އެނގިގެންދާކަމަށް ސަލީމް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އަވައްޓެރި ލަންކާއަށް ދިމާވެފައިވާ ހާލަތުގެ މައްޗަށް ސަލީމްގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ލަންކާއަކީ ރާއްޖެއަށްވުރެ މާ ފުދިގެން އުޅުނު ގައުމެއް ނަމަވެސް، މިއަދު ލަންކާގައި ކަރަންޓާއި، ކާބޯތަކެއްޗާއި، ބޭހާއި، އަސާސީ ޚިދުމަތްތަކަށް ޖެހިފައިވާކަން ސަލީމް ފާހަގަ ކުރެއްވިއެވެ.

ސަލީމް ވިދާޅުވީ، ކޮވިޑުގެ ހާލަތު ފެށުނުއިރު ރާއްޖެއާއި ލަންކާވެސް އޮތީ އެއްހާލަތެއްގައި ކަމަށެވެ.

ރާއްޖެއިން މި ހުރަސްތަކުން އަރައިގަތުމުގެ ސަބަބަކީ, ގައުމުގެ ރައީސްގެ ވިސްނެވުމާއި، ހަރުދަނާ ފިޔަވަޅުތައްކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އައިގޮތަށް ވޯރލްޑް ބޭންކުންވެސް ތައުރީފުކޮށްފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތް ބޭރުގެ ފަރާތްތަކުންވެސް ފާހަގަކުރާކަމަށް ސަލީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮވިޑުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު 33 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އިގުތިސާދު ކުރިއަރައި, ކޮޅަށް ޖެހެމުން ދިޔަކަން ވޯރލްޑް ބޭންކުންވެސް ފާހަގަކުރާކަމަށް ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތު ކުރިއާއަޅާބަލާއިރު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާކަމާއި، އާމްދަނީ އިތުރުވެފައިވާކަމާއި، ފަގީރުކަމުގެ ނިސްބަތް ރަނގަޅުވަމުންދާކަންވެސް ވޯރލްޑް ބޭންކުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖެހެން މި ސަރުކާރުން ދޫކޮށްނުލާނެކަމަށެވެ.

ސަލީމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި ވަގުތު، ސަރުކާރުން އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވިކަންވެސް ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ އިގުތިސާދު ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސްރައީސް ސާލިހު

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

07 ނޮވެމްބަރު 2025
ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު