Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާއިން ބުނަނީ ސުލްހައިގެ ވާހަކަތަކުގައި ޔޫކްރެއިން އަށް އެއްގޮތަކަށް ވާހަކަނުދެއްކޭ ކަމަށް

އެއްފަހަރު އެއްބަސްވެފައިވާ ކަންތައްތަކުގައިވެސް ޔޫކްރެއިނުން ދަނީ ވިސްނުން ބަދަލުކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 18 އެޕްރީލު 2022 | ހޯމަ 12:49
ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޮވް

ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޮވް

ސުލްހައިގެ މަޝްވަރާތަކުގައި ޔޫކްރެއިން އެކި ފަހަރު ވާހަކަދައްކަނީ އެކި ގޮތްގޮތަށް ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ކްރެމްލިނުން ހޯމަ ދުވަހު ވަނީ ސުލްހައިގެ ވާހަކަތަކުގައި ޔޫކްރެއިނަށް އެއްގޮތަކަށް ވާހަކަ ނުދެއްކޭ ކަމަށް ބުނެފައެވެ. އަދި އެގައުމުން މި މައްސަލަ ހައްލުކުރުމަށް ކުރެވިފައިހުރި މަޝްވަރާތަކުގައިވެސް އެއް ފަހަރު އެއްބަސްވެފައި ހުރި ކަންކަމުގައި ވިސްނުން ބަދަލުކުރާކަމަށް ކްރެމްލިން އިން ވަނީ ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޮވް ވަނީ ދެގައުމުގެ މަންދޫބުން ސުލްހައިގެ މަޝްވަރާތައް ކުރިއަށް އެބަ ގެންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޔޫކްރެއިންގެ ފަރާތުން އެންމެ ބޭނުންވާ ވަރަށް އެއްބާރުލުން ނުލިބޭ ކަމަށާއި އެއްފަހަރު އެއްބަސްވެފައިވާ ކަންތައްތަކުގައިވެސް ވިސްނުން ބަދަލުކުރަމުން އަންނަ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވަނީ ޔޫކްރެއިނުން އެކިފަހަރު އެކި ގޮތަށް ވާހަކަދައްކަމުން ގެންދާތީ ސުލްހައިގެ މަޝްވަރާތަކުން އެއްވެސް ކަހަލަ ކުރިއެރުމެއް ނުފެންނަކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިނަށް ހަމަލާދޭން ފަށާފައި ވަނީ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ. މިއާއެކު ހުޅަނގުން ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފަށާފައި ވާއިރު އެގައުމުތަކުން ދަނީ ޔޫކްރެއިން އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާޑްމިޓްރީ ޕެސްކޮވް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު