Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުސްކުޅި މައިންބަފައިން

މުސްކުޅި މައިންބަފައިން ބެލުން ގިނަ މީހުންނަށް ބޮޑުވޭނެއް؟

18 އެޕްރީލު 2022 | ހޯމަ 03:43

މުސްކުޅިވެފައި ތިބޭ މައިންބަފައިން މިއަދު ދުނިޔޭގައި ތިބިއިރު އެމީހުންގެ އަގުވަޒަން ކުރަން އެބަޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 އެޕްރީލު 2022 | ހޯމަ 03:43
ކުޑައިރު އިނގިލީގައި ހިފައިގެން އެމީހުން އަހަރުމެންނަށް މަގު ދައްކާ

ކުޑައިރު އިނގިލީގައި ހިފައިގެން އެމީހުން އަހަރުމެންނަށް މަގު ދައްކާ

ކުޑައިރު ދަރިފުޅަށް ހެޔޮ މަގު ދައްކަނީ މައިންބަފައިންނެވެ. އިނގިލީގައި ހިފައި، ހެވާ ނުބައި ވަކިކޮށްދެނީ އެ މައިންބަފައިންނެވެ. އެހެންނަމަވެސް އެ މައިންބަފައިން މުސްކުޅިވުމުން އެމީހުންނާއި މެދު ވެވޭ އިހުމާލު ބޮޑެވެ. އެމީހުން ބެލުން ދަރިންނަށް ވަނީ ގިނަ ފަހަރަށް ބޮޑު ވޭނަކަށެވެ. މުސްކުޅިވެފައި ތިބޭ މައިންބަފައިންނަކީ އެއްވެސް ބަޔެކޭ ހީނުކުރެވޭ ފަހަރުވެސް އާދައެވެ. އެމީހުންނަށް ދަރިންގެ އަޅާލުމާއި އޯގާތެރިކަން އެންމެ ބޭނުންވާ ދުވަހު އެމީހުން ބާކީކޮށް، ނިކަމެތިކޮށް، އެއްލާލައެވެ.

ކުޑައިރު އިނގިލީގައި ހިފައިގެން އެމީހުން އަހަރުމެންނަށް މަގު ދައްކައެވެ. މަގުން ކައްސާލައިފިނަމަ ހެޔޮ މަގަށް އަނބުރާ ރުޖޫއަވަންދެން، އަލިމަގު ދައްކާ އެމަގަށް ދިޔުމަށް ހިތްވަރުދެއެވެ. އެކަމަކު މިއަދު އެމީހުން އަހަރުމެންގެ އިނގިލީގައި ހިފަން ބޭނުންވުމުން، އެ އިނގިލި ދިއްކޮށް ނުލެވޭތާ އެމީހުން ދުނިޔޭގެ ދިރި ތިބިތޯވެސް ބަލާނުލެވެއެވެ.

ސަރުކާރުން އެމީހުންނަށް ދޭ ފައިސާގެ ދަހިވެތި ކަމުގައި އެމީހުންނަށް ގޭގެ ކުޑަކޮޓަރިން ޖާގަ ދޭ ތަން ވެސް އެބަ ފެނެއެވެ. މިގޮތަށް އެމީހުންނަށް ލިބޭ ފައިސާގައި އެމީހުން ބަލަހައްޓަމުންދާއިރު ވެސް އެމީހުންނާއި ހިނިތުންވުމަށްފަހު ހިތްހެޔޮކަމާއެކު ބަހެއް ނުބުނެވޭތާ، ބުނެލާ ރަހުމްކުޑަ ބަސްތަކުން އެމައިންބަފައިންގެ ހިތްފަޅައިގެންދެއެވެ.

ކަންމިހެން ހުރިއިރު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. އެގޮތުން އިހުމާލުވެގެން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ނަގާ މީހުންނާއި އާއިލާއިން ނުބަލައިގެން އެތަނަށް ނަގާ މީހުންގެ އަދަދު ގިނައެވެ. ގިނަ ފަހަރަށް އެތަނަށް އެމީހާ ލުމަށްފަހު، އެމީހާގެ ހާލު ބަލާވެސް ނަހަދައެވެ. އެމީހާ އެދިގެން އާއިލާއަށް ގުޅަން މަސައްކަތް ކުރިޔަސް ގިނަ ފަހަރަށް ގުޅޭތަނެއްވެސް ނާދެއެވެ. ގިނަފަހަރަށް މަރުކަޒަށްލުމަށްފަހު އާއިލާއިން ހަވާލުވާ މީހުންގެ އަދަދު މަދުކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ހަމައެއާއެކު، މުސްކުޅިވެފައި ތިބޭ މައިންބަފައިން ދަރިން ދެކިލާ ހިތުން، އެމީހުންނާއި ވާހަކަދައްކާ ހިތުން ފޯނު ކުރިޔަސް އެންމެ ކުޑަމިނުން އެ ފޯނަށް ޖަވާބު ދެވޭ ތަންވެސް ނާންނަ ފަހަރު ދެއެވެ. މިއީ ހިތާމަވެރިކަމެކެވެ. މި މައުޟޫއަށް މި ރިޕޯޓް ލިޔަމުންދާއިރު ހަނދާންވަނީ ހަމަ އެންމެ ވާހަކައެކެވެ. އެއީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެމީހާ ވެއްދުމަށްފަހު ދެން ނެރެން ޖެހެނީ އެމީހާގެ ސަންދޯއް ކަމަށް ސަރުކާރުން ބުނި ވާހަކައެކެވެ.

މުސްކުޅިވެފައި ތިބޭ މައިންބަފައިން މިއަދު ދުނިޔޭގައި ތިބިއިރު އެމީހުންގެ އަގުވަޒަން ކުރަން އެބަޖެހެއެވެ. އެމީހުންނާމެދު ހިތްހެޔޮކަމާއި ލޯތްބާއެކު ހިތަށް އެބަޖެހެއެވެ. އެހެންނޫނީ ފަހުން ދެރަވިޔަސް، ގެއްލުނު ވަގުތެއް އަނބުރާ ނުލިބިދާނެއެވެ. ދުނިޔެ ދޫކުރާ ފަހުން އެމީހުންނާމެދު ކަންތައް ކުރެވުނު ގޮތުގެ މައްޗަށް ހިތާމަކުރަންޖެހޭ މިންވަރު އިތުރު ވެގެންވެސް ހިނގައިދާނެއެވެ.

މުސްކުޅި މައިންބަފައިން

އިތުރަށް ކިޔާލަން

03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
18 މާރިޗު 2017

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް