Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރާއި ޕާޓީ ނުހިނގާ ކަމަށް ބުނެ އެއްބަޔަކު އަނެއް ބަޔެއްގެ ބޮލުގައި އަޅުވާ އިލްޒާމު

އެތެރޭގެ އިންތިޚާބު ފޯރިގަދަވާންވެސް ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 18 އެޕްރީލު 2022 | ހޯމަ 07:12
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން

ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެތެރެ އޮތީ ކެކި ކެކި އޮންނަ ތެޔޮ ގަނޑެއް ހެންނެެވެ. އެހާވެސް ހޫނެވެ. އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް އިތުރަށް ކެކެނީއެެވެ.

ރިޔާސީ އިންތިޚާބެއްގައި ދެ ޕާޓީއެއްގެ ދެމެދުގައި އޮންނަ ވާދަވެރިކަމަށްވުރެ، ޗެއަރޕާސަންގެ އިންތިޚާބުގެ ވާދަވެރިކަން ބޮޑެވެ. އެއް ޕާޓީން އަނެއް ޕާޓީއަށް ނުގޮވާ ވަރަށް އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް އެއްޗެހި ގޮވަނީއެވެ. އެއް ކެންޑިޑޭޓަކު ޕާޓީއަށް ފާޑު ކިޔުމުގައެވެ. އަނެއް ކެންޑިޑޭޓަކު ސަރުކާރަށް ފާޑު ކިޔުމުގައެވެ. ހުރިހާ އިންތަކެއް ހުރަސްކޮށްގޮސް މުޅިންވެސް އޮތީ ވަގަށް ގޮވުމެވެ.

ޕާޓީގެ އެތެރޭގައި ދެ ފެކްޝަނެއް އޮތްކަން މިއީ މިހާރު ދެން ވަރަށް ސާފުކަމެކެވެ. އެހެންކަމުން ޚިޔާލު ތަފާތުވުން ހުންނާނެކަން ގަބޫލުކުރެވެއެވެ. އެކައްޗެއް ކިޔައިގެން، އޮތް ޕާޓީ ރޫޅި، ޕާޓީ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވަން ފެށުމުން މިއީ އެތެރޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ކުރާ ސިޔާސީ މަސައްކަތަކަށްވުރެ ބޮޑަށް ޒާތީ ކަމެއްގެ ގޮތުގައި މީހުން ސިފަކުރެއެވެ. ކޮންމެއަކަސް ދެ ފެންކަޝަންގެ ބަހުގެ ހަމަލާތަކަށް ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން އަަދި ކެމްޕެއިން ޓީމުން އަންނަނީ ރައްދު ދެމުންނެވެ.

މި އިންތިޚާބުގައި ވާދަކުރައްވާ މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް އަމާޒުކޮށް މަޖިލީހުގެ ޖަލްސާތަކުގައިވެސް ފިއްތުންތައް ކުރިމަތި ކުރުވާ މަންޒަރުވެސް ފެނެއެވެ. ސަރުކާރު ނުހިނގާ ކަމަށް ބުނެއެވެ. މިނިސްޓްރީ ތެރެއިން ވައްކަން ކުރަމުން އަންނަ ކަމުގެ ތުހުމަތުތަކެވެ. ސަރުކާރުން އެއްވެސް ކަމެއް ރަނގަޅަށް ނުހިނގާ ކަމަށް ބުނެ ސަރުކާރަށް ޕްރެޝަރު ކުރުމުގައި އިދިކޮޅަށްވުރެ ބޮޑަށް ހިފާލައެވެ. ކެމްޕެއިންގެ ޖޯޝާއި ފޯރީގައި އެކަކު އަނެކަކަށް ވަގަށް ގޮވައި، ޕާޓީގެ ބޯވައަކަށްވެސް ހަދަނީއެވެ. އެއްވެސް މިނެއް އިމެއް ނެތެވެ. މިއިންތިޚާބުގައި ވާދަކުރައްވާ އަނެއް ކެނޑިޑޭޓް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އިންތި، ވިދާޅުވަނީ މިއީ ވަޒީރުކަމުގެ ބާކީ އޮތް ދޮޅު އަހަރަށް ހޮވާ ޗެއަރޕާސަނެއް ނޫން ކަމަށެވެ. އަދި މިއީ ވަޒީރުންގެ މެދުގައި އޮންނަ ރީތީގެ މުބާރާތެއް ނޫން ކަމަށެވެ. ޕާޓީގެ އުސޫލްތަކާއި އަސާސްތައް ބައިބައިކޮށް ޕާޓީ ރޫޅާލުމުގެ ފުރުސަތު އާއްމު މެމްބަރުން ނުދޭނެ ކަން ޔަގީން ކަމަށާއި އިންތިޚާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންތި ވިދާޅުވެއެވެ. އެމްޑީޕީގެ މެމްބަރުން ވައްކަމާއި ޚިޔާނާތަށް ފުރުސަތު ނުދޭނެ ކަމަށާއި، ފަހު ނޭވަޔަށް ދަންދެން ޕާޓީގެ އުސޫލްތައް ހިފަހައްޓާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

މި ބަސްތައް ސީދާ ފައްޔާޒަށް އަމާޒުވާއިރު، އިކޮނޮމިކް މިނިސްޓްރީ ތެރެއިން ވައްކަން ކުރާ ކަމުގެ ތުހުމަތު އިންތި ކުރައްވައެވެ. މި އިންތިޚާބާއި ދިމާކޮށް ވަކި މީހަކަށް ތާއީދުކުރާ ވިޔަފާރިވެރިންނަށް ވަކި ގޮތެއް ހަދަމުން އަންނަކަމަށް އިންތިގެ ޓީމުން އަންނަނީ ހުއްޓުމެއްނެތި ބުނަމުންނެވެ. ސަރުކާރުން މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ ކަމަށް އިންތިގެ ޓީމުން ގަބޫލްކުރެއެވެ. އިންތިގެ ޓީމުން ބުނަމުންދަނީ، މި ކަންބޮޑުވުންތަކަކީ ޕާޓީގެ އާއްމު މެމްބަރުންގެ ކަންބޮޑުވުންތައް ކަމަށެވެ. އެމްޑީޕީ ވެރިކަމުގައި އޮވެ ޕާޓީގެ މެނިފެސްޓޯގައިވާ ކަންކަމަށް ސަރުކާރުން އަޅާނުލާ ކަމަށްވެސް އިންތި ވިދާޅުވެއެވެ. ގައުމުން ނައްތާލުމަށް އެމްޑީޕީން ވަކާލާތު ކުރި ވައްކަމާއި ކޮރަޕްޝަން އިއާދަ ވަމުންދާއިރު ސަރުކާރުން އެކަމަށް އަޅާނުލާ ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި، ފައްޔާޒަށް ތާއީދު ކުރައްވާ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، ތިވައްކަން ކުރާނަމަ ފައްޔާޒަށް ތާއީދު ކޮށްގެން ނުހުންނަވާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ، ވަކި މީހަކަށް ތާއީދުކޮށް އެމީހެއްގެ ފަހަތުގައި ނުހުންނަނަމަ އެއީ ރަނގަޅު މީހަކަށް، އިސްލާހަށް މަސައްކަތްކުރި މީހަކަސްވެސް ނުވަނީ ކަމަށެވެ. އަދި ޕަޓީގެ މެމްބަރަކަށްވެސް ވަނީ ވަކި މީހަކަށް ތާއީދު ކުރުމުން ކަމަށެވެ. އަސްލަމް ވިދާޅުވީ ޕާޓީ އިސްލާހުވާން ޖެހޭ ކަމަށެވެ. މިހާރު ޕާޓީ އޭގެ ޒާތުގައި ނުހިނގާ ކަަމަށެވެ. އަސްލަމް ވިދާޅުވީ، މިހާރު މިއޮތީ އެވަގުތު ޖެހިފައި ކަމަށެވެ. އެކަމަށް ވާހަކަދައްކާ މީހުން ޕާޓީގެ ބޯވައެއް ކަމަށް ވެފައި، ވަކި މީހަކަށް ތާއީދުކޮށް, ވަކި މީހަކު ވިދާޅުވާ ގޮތް ހަދާ އެންމެން ބޯވައެކޭ ބުނުން ބަލައި ނުގަނެވޭ ކަމަށެވެ. އޭނާ ވިދާޅުވީ، ޕާޓީއަށް އަލަށް ވަންނަ ކޮންމެ މީހަކީވެސް ޕާޓީގެ އަސާސީ ގަވާއިދުން ލިބިގެންވާ ހައްގުތައް ލިބިގެންވާ މީހުން ކަމަށެވެ. އެހެންކަމުން އެ އިލްޒާމު ނޭޅުވޭނެ ކަމަށެވެ.

މި ހުރިހާ ވާހަކައެއްގެ ތެރެއިން އާންމު މެމްބަރުންވެސް "ކޮންފިއުޒް" ވާވަރު ވެއެވެ. ސަރުކާރާއި ޕާޓީ ނުހިނގާ ކަމަށް ބުނެ އެއް ބަޔަކު އަނެއް ބަޔަކު ބޮލުގައި އިލްޒާމު އެޅުވުމުގައި ދޫ ނުދެއެވެ. އެތެރޭގެ އިންތިޚާބު ފޯރިގަދަވާންވެސް ޖެހެއެވެ. އެހެންނަމަވެސް އެކަކު އަނެކަކުގެ އަބުރާ އިއްޒަތް ކަތިލައި، ދެން ފަހުން އެކަކު އަނެކަކަށް ބަލާލަން ނުކެރޭވަރު ކުރުމަކީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ހިތު ހުރި އެއްޗެއް ދެބައި މީހުން ގޮވުމަށްފަހު ދެން އެކަތި ގަނޑަކަށްވެ މަސައްކަތް ކުރެވޭނެތޯ ސުވާލު އުފެދެއެވެ. މި އިންތިޚާބު ނިމި ގައުމީ ބޮޑު އިންތިޚާބެއްގައި އެއް މޭޒެއްގެ ދޮށުގައި އެއްކައްޗެއް ކިޔައި ކަންކަން ނިންމޭނެބާއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު