Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެޓަރެންސް ލީގު

ވެޓަރެންސް ލީގު: ފުރަތަމަ ފަހަރަށް އީގަލްސް މޮޅުވެއްޖެ

17 އެޕްރީލު 2022 | އާދީއްތަ 15:27

މެޗުން އީގަލްސް މޮޅުވީ 3-1 ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 17 އެޕްރީލު 2022 | އާދީއްތަ 15:27
ވެޓަރެންސް ލީގުގައި ޕޮލިސް ކްލަބާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ވެޓަރެންސް ލީގުގައި ޕޮލިސް ކްލަބާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

މައިލޯ އެފްއޭއެމް ވެޓަރެންސް ލީގު 2022 ގައި ކްލަބް އީގަލްސް ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލްކުރީ ޕޮލިސް ކްލަބް އާއި އީގަލްސްއެވެ. މި މެޗުން އީގަލްސް މޮޅުވީ 3-1 ންނެވެ. މެޗުގެ ހަތަރު ލަނޑު ވެސް ފެނުނީ ދެވަނަ ހާފުގައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޕޮލިހުންނެވެ. ދެވަނަ ހާފް ކުޅުން ފަށައިގެން ހަތް ވަނަ މިނިޓްގައި ޕޮލިހަށް ލީޑުނަގައިދިނީ މުހައްމަދު ނާޒިމްއެވެ.

އީގަލްސް މޮޅުވީ ފަހު 10 މިނިޓް ތެރޭ ތިން ލަނޑު ޖަހައިގެންނެވެ. މެޗުގެ 50 ވަނަ މިނިޓްގައި އީގަލްސްއަށް ނަތީޖާ އެއްވަރުކޮށްދިނީ އިބްރާހިމް އާރިފްއެވެ. އީގަލްސްއަށް މެޗުގެ 57 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އާރިފްއެވެ. މެޗުގެ ފަހު މިނިޓްގައި އީގަލްސްއަށް ތިން ޕޮއިންޓް ކަށަަވަރުކޮށްދިން ލަނޑު ޖެހީ އަހުމަދު ޝަރީފްއެވެ.

މި މޮޅާއެކު އީގަލްސް އޮތީ ލީގުގެ ހަތަރު ވަނައިގައެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކުއެވެ. ޕޮލިސް ކްލަބް ފުލުގައި އޮތީ ހަތަރު މެޗުންވެސް ބަލިވެގެންނެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ބާއްވަން ފަށާފައިވާއިރު އެފްއޭއެމްއާއި ގުޅިގެން މި ފަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ ކްލަބް އިވެންޓްސް އިންނެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްފައިވާ މުބާރާތުގައި ވާދަކުރަނީ 7 ޓީމެވެ. މުބާރާތުގައި ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުޞަތު ލިބެއެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާއެެވެ. މެޗު ފަށާނީ 16:30 ގައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް