Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގެ ބަޖެޓް ޑެފިސިޓް ކަވަރުކުރަން 50 ބިލިއަން ޑޮލަރު ހޯދަން ޖީ7 ގައުމުތަކުގައި އެދިއްޖެ

މަހަކަށް 7 ބިލިއަން ޔޫރޯގެ ޑެފިސިޓްގެ މަގުން 6 މަސްދުވަހަށް ގާތް ގަޑަކަށް 50 ބިލިއަން ޑޮލަރު ބޭނުންވާނެކަން ރައީސް ފާހަގަކުރައްވާފައިވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 އެޕްރީލު 2022 | އާދީއްތަ 14:57
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ

ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ އިގުތިސާދަށް އައިސްފައިވާ ލޮޅުމުގެ ސަބަބުން, އެގައުމުގެ އެގައުމުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް 50 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް އެގައުމުން ޖީ7 ގައުމުތަކުގައި އެދިއްޖެއެވެ.

ޔޫކްރެއިންގެ ރައީސަށް އިގުތިސާދީ ކަންތައްތަކާގުޅޭ ލަފާދެއްވުމުގައި މަސައްކަތްކުރައްވާ އޮލޭ އުސެންކޯ ވަނީ އެގައުމުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް ސުމެއް އިންސައްތައިގެ ކޫޕަން ބޮންޑު އިޝޫކުރުމަށް ވިސްނަވަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އެގައުމަށް 50 ބިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދިނުމަށް ޖީ7 ގައުމުތަކުގައި އެގައުމުގެ ރައީސް އެދިވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކޮންމެ މަހަކަށް 7 ބިލިއަން ޔޫރޯގެ ޑެފިސިޓްގެ މަގުން 6 މަސްދުވަހަށް ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރު ބޭނުންވާނެކަން ރައީސް ފާހަގަކުރައްވާފައިވާކަމަށް އޮލޭ ވިދާޅުވިއެވެ.

ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ފެށިގެން ދިޔައީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު, ރަޝިއާއިން އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިނަށް ހަމަލާދޭން ފެށުމުންނެވެ. ހަނގުރާމަ ފެށިގެން 7 ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، ޔޫކްރެއިނަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެގައުމުގެ ބޮޑެތި ސިޓީތަކުގެ އިންފްރާސްޓްރަކްޗަރއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އެގައުމުގެ އެތައް މިލިއަން ރައްޔިތުންނަކަށް ވަނީ ގައުމު ދޫކޮށް ދާން މަޖުބޫރުވެފައެވެ.

ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނަށް ދިމާވަމުންދާ ގޮންޖެހުންތަކަށް އެހީތެރިވުމަށް ޔޫރަޕުގެ ގައުމުތަކުން ދަނީ ވަރަށް ގިނަ އެހީ ފޯރުކޮށްދެމުންނެވެ. ޚާއްސަކޮށް އަސްކަރީގޮތުން ފޯރުކޮށްދެމުންދާ އެހީތައް ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި އެތައް މިލިއަން ޑޮލަރެއްވެސް ގައުމުތަކުން ވަނީ އަސްކަރީ އެހީގެ ގޮތުގައި ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ.

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު