Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

އަހަރުގެ މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

17 އެޕްރީލު 2022 | އާދީއްތަ 07:21

މިއީ ފާއިތުވި 2021 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ބޮޑު ކުރިއެރުމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 އެޕްރީލު 2022 | އާދީއްތަ 07:21
ފަތުރުވެރިން

ފަތުރުވެރިން

އަހަރުގެ މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އޭޕްރީލް 14 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންނާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނުން މައްޗަށް އަރާފައިވާކަމަށެވެ. މިއީ ފާއިތުވި 2021 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ.

އަހަރުގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މިވަގުތު ފަތުރުވެރިން ރާއްޖެ އަންނަ މާކެޓްތަކުގެ ތެރެއިން ޓޮޕް މާކެޓުގެ ގޮތުގައި އޮތީ އިނގިރޭސިވިލާތެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދިގު ތާރީޚުގައި ފަތުރުވެރިކަމުގެ ޓޮޕް މާކެޓުގެ ގޮތުގައި އިނގިރޭސިވިލާތް ހިމެނުނު ފުރަތަމަ ފަހަރެވެ. މިކަން ޓޫރިޒަމް މިނިސްޓްރީންވެސް ވަނީ ފާހަގަކޮށްފައެވެ.

ގިނަ ދުވަސްތަކެއްވަންދެން އެންމެ ގިނައިން ފަތުރުވެރިން އަންނަ ޓޮޕް މާކެޓުގެ ގޮތުގައި އޮތީ ރަޝިއާއެވެ. މިހާރު ރަޝިއާ މާކެޓު އޮތީ ދެވަނައިގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮވިޑް-19ގެ ހާލަތުގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ މާކެޓުގެ ގޮތުގައި އޮތީ ޗައިނާއެވެ. 2019 ވަނަ އަހަރު ޗައިނާއިން 284،029 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތާއެކު ޗައިނާ ބޯޑަރު ބަންދުކޮށް އެގައުމުން ފަތުރުވެރިން އައުން ވަނީ އެއްކޮށް ހުއްޓިފައެވެ. އެއަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން 166،030 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ތިންވަނައަށް އިޓަލީން 136،343 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެ އިތުރުން ޖަރުމަނު އިނގިރޭސިވިލާތް، ރަޝިއާ، ފްރާންސް، އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނެއެވެ.

ކޮވިޑް-19 އާއެކު ރާއްޖޭގެ ބޯޑަރު އެއްކޮށް ބަންދުކޮށް ފަތުރުވެރިކަން ހުއްޓިފައި އޮތް މުއްދަތުގައި ސަރުކާރުން މަސައްކަތްކޮށްފައިވަނީ އޮންލައިންކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރުމަށެވެ. މިގޮތުން އައު މާކެޓުތަކުގައި ރާއްޖެ އިޝްތިހާރުކުރަން މަސައްކަތްކުރުން ފާހަގަކޮށްލެވެއެވެ. މި މަސައްކަތާއެކު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އެކި ގައުމުތަކުން ފަތުރުވެރިން އަންނަން ފަށައި، މިހާރު ފަތުރުވެރިން އަންނަ މާކެޓުތަކުގެ އެންމެ ކުރީގައި އޮތީ ކޮވިޑް-19 ގެ ކުރިން މި ލިސްޓުގެ ފަހަތުގައި އޮތް މާކެޓުތަކެވެ.

މިއަހަރަކީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރަށް ވުމާއެކު ސަރުކާރުން މަސައްކަތްކުރަމުންގެންދަނީ މިއީ ކާމިޔާބު އަހަރަކަށް ހެދުމަށެވެ. އަދި ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ އަދަދަށް ފަތުރުވެރިން ގެނައުމަށެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް