Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަވައްޓެރި ފުލުހުންގެ ޚިދުމަތް

ރަށްރަށުގައި ޕޮލިސް ޕޯސްޓުތައް ޤާއިމުކުރާނެ ތަންތަނާމެދު ކައުންސިލްތަކާއެކު މަޝްވަރާކުރަނީ

17 އެޕްރީލު 2022 | އާދީއްތަ 06:07

އަމާޒަކީ 2023 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އެޕްރީލު 2022 | އާދީއްތަ 06:07
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދުއާއި، ޝިފާން ރަޝީދު ރާއްޖެޓީވީގެ ފަލަސުރުޚީ ޕޮރޮގްރާމުގައި ވާހަކަފުޅުދައްކަވަނީ

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދުއާއި، ޝިފާން ރަޝީދު ރާއްޖެޓީވީގެ ފަލަސުރުޚީ ޕޮރޮގްރާމުގައި ވާހަކަފުޅުދައްކަވަނީ

ރަށްރަށުގައި ޕޮލިސް ޕޯސްޓުތައް ޤާއިމު ކުރާނެ ތަންތަނާމެދު ކައުންސިލްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތާއި، އަވައްޓެރި ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދުއާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޝިފާން ރަޝީދު ވަނީ މައުލޫމާތުދެއްވާފައެވެ.

Advertisement - newsAdvertisement

ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޝިފާން ވިދާޅުވީ، 2023 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ޕޮލިސް ޕޯސްޓު ޤާއިމުކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ.

އެގޮތުން ފުލުހުން ރެކްރޫޓު ކުރުމާއި، ރަށްރަށުގައި ޕޮލިސް ޕޯސްޓުތައް ޤާއިމު ކުރާނެ ތަންތަން ކައުންސިލާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ 112 ރަށުގައި ފުލުހުން މަރުކަޒުވެގެން ޚިދުމަތް ދެމުންގެންދާކަމަށް ޝިފާން ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކާއި ޕޮލިސް ޑެސްކުތައް ހިމެނެއެވެ. އެހެންނަމަވެސް ދެން ހުރި ރަށްރަށުގައިވެސް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ބޭނުންތެރިކަމަށް އަލިއަޅުވާލައްވައި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ މޮޑެލްއަކީ ކޮންމެ ރައްޔިތަކަށްވެސް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފަސޭހައިން ފުރުސަތު ހުޅުވާލެވިގެންދާ މޮޑެލްއެއް ކަމަށެވެ.

އަވައްޓެރި ފުލުހުންގެ އަސާސްތަކުގެ މައްޗަށް އަލިއަޅުވާލައްވާ ރަޝީދު އިތުރަށް ވިދާޅުވީ، "އިތުބާރު، އިހުތިރާމް، އެކުގައި، އަމާން" މިއީ މި ޚިދުމަތުގެ މައިގަނޑު އަސާސްތައް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ޚިދުމަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހައިން ލިބޭނެ ޚިދުމަތަކަށް ވާން ޖެހޭ ކަމުގައެވެ.

މިހާރު ރާއްޖޭގައި ޕޮލިސް ސްޓޭޝަން ޤާއިމުވެފައިވަނީ 85 ރަށުގައެވެ. މީގެއިތުރުން ދެން ހިމެނެނީ ޕޮލިސް ޕޯސްޓުތަކާއި ޑެސްކުގެ ގޮތުގައި ޚިދުމަތް ދެމުންދާ ރަށްރަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް