Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯއިން މަސް ކިރުން

އާދިއްތައިން ފެށިގެން، ދޯންޏަކުން 7 ޓަނުގެ މަސް ކިރާގޮތަށް މިފްކޯއިން ނިންމައިފި

ކިއު ތަރުތީބުން ހުރިހާ ދޯނިތަކުގެ މަސް ކިރައިނިމިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2022 | ހޮނިހިރު 11:24
މަސްބާނާ މިންވަރު މިހާރުވެސް ހުރީ އެއްވަރެއްގައި

މަސްބާނާ މިންވަރު މިހާރުވެސް ހުރީ އެއްވަރެއްގައި

އާދިއްތަ ދުވަހުން ފެށިގެން ދޯންޏަކުން 7 ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯއިން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން މިފްކޯއިން ބުނީ، ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުންދާ ކަމަށެވެ. ވުމާއެކު، މަސްކިރައި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ، ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން, 6 އޭޕްރީލް 2022ން ފެށިގެން މަސް ގަންނަމުން ދިޔައީ ކިއު ތަރުތީބުން ކޮންޓްރޯލްކޮށްގެން ކަމަށެވެ.

އެހެންނަމަވެސް، އައިސް އަޅާފައި ހުރި ދޯނިތަކުގައި ހުރި މަސް ހަލާކުވެދާނެތީ, އަވަސްކުރުމުގެ ގޮތުން, 12 އޭޕްރިލް 2022އިން ފެށިގެން ކޮންޓްރޯލް ކުރުމަކާނުލައި މަސް ކިރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް، 16 އޭޕްރީލް 2012ގެ ނިޔަލަށް ކިއު ތަރުތީބުން ހުރިހާ ދޯނިތަކުގެ މަސް ކިރައި ނިމިފައިވާކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.

މިފްކޯއިން ބުނާ ގޮތުގައި މަސްބާނާ މިންވަރު އެއްވަރެއްގައި ހުރުމާއެކު، ކެޕޭސިޓީއާ އެއްވަރަށް މެނޭޖްކޮށްގެން ކުރިއަށް ގެންދިއުމަށްޓަކައި، 17 އޭޕްރީލް 2022ން ފެށިގެން, ދޯންޏަކުން 7 ޓަނުގެ މަސް ކިރާގޮތަށް އެ ކުންފުނިން މިހާރު ވަނީ ނިންމާފައެވެ.

މިފްކޯއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަވަސް ޚިދުމަތް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ އެކުންފުނިން ދެވޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށް ކަމަށް ވަނީ ބުނެފައެވެ.

މަސް ކިރުމުގައި ދިމާވަމުންދާ ދަތިތަކާއެކު, ކޫއްޑޫގައި އަންގާރަ ދުވަހު އިހުތިޖާޖެއްވެސް ކޮށްފައިވެއެވެ. ރައީސް އޮފީހުން އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަސްވެރިންނަށް އެއްބަސްވެވޭފަދަ ގޮތަކަށް ސަރުކާރުން އިމްޕްލިމެންޓޭޝަން ޕްލޭންއެއް ހަދާފައިވާކަމަށެވެ.

މައްސަލަ ހޫނުވެފައިވާއިރު ދާދިފަހުން ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވެސް ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ކޫއްޑޫއަށް ޒިޔާރަތްކުރައްވައި, މަސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މިފްކޯމަސްވެރިންމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު