Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުށާއި ހަނޑުލުގެ ފެކްޓްރީ

ފުށާއި ހަނޑުލުގެ ފެކްޓްރީ އަންނަ އަހަރު މެދުތެރޭގައި އޮޕަރޭޓްކުރަން ފެށޭނެކަމަށް އުންމީދުކުރަން: އަމްރު

16 އެޕްރީލު 2022 | ހޮނިހިރު 08:04

މިއަހަރު ފެކްޓްރީގެ އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އެޕްރީލު 2022 | ހޮނިހިރު 08:04
އެސްޓީއޯ އެމްޑީ އަމްރު

އެސްޓީއޯ އެމްޑީ އަމްރު

އެސްޓީއޯއިން ކުޅުދުއްފުށީގައި އެޅުމަށް ނިންމާފައިވާ, ފުށާއި ހަނޑުލުގެ ފެކްޓްރީގެ އޮޕަރޭޝަން އަންނަ އަހަރު މެދުތެރޭގައި ފެށޭނެކަމަށް އުންމީދުކުރައްވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ރަޝާދު ވިދާޅުވެއްޖެއެވެ.

ފެކްޓްރީ އެޅުމަށް ބިން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީ ޕޯޓް ސަރަހައްދުންނެވެ. އަދި މިއަހަރު ފެކްޓްރީގެ އަމަލީ މަސައްކަތް ފެށުމަށްވެސް ވަނީ ނިންމާފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ, ބިން ހަމަޖައްސާފައި ވީނަމަވެސް އަދި ރަސްމީކޮށް އެސްޓީއޯއާ އެ މަސައްކަތް ހަވާލުކޮށްފައި ނުވާކަމަށެވެ. އަދި އެކަމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާއިރު, އެތަނުގެ މަސައްކަތް ކުރިޔަަށް ގެންދިޔުމަށް ބޭރުގެ ބަޔަކާ ހަވާލުކުރުމަށް ވިސްނަމުން ދާކަމަށްވެސް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ގޮތަށް ބަލާއިރު ރާއްޖެއިން ބޭރުން ވީޓް ގްރެއިން، އެތެރެކޮށްގެން އެކި ގްރޭޑްތަކުގެ ކޮލެޓީގެ ފުށް ތައްޔާރު ކުރެވޭނެއެވެ. އޭނާ ވިދާޅުވީ, ތައްޔާރުކޮށްފައިވާ ފުށް, ބަސްތާގައި އެތެރެކުރުމުން މާގިނަ ދުވަހު އެތަކެތި ރައްކާނުކުރެވޭ ކަމަށާއި, ކާޑުގެ ބާވަތްތައް ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށެވެ. އަދި ގުދަނުގައި ޖާގަ ދަތިކަމަށާއި ބަސްތާތައް ގިނައިން ގެންނަނަމަ ހަލާކުވާކަމަށެވެ.

އޭނާ ވިދާޅުވީ, ހަނޑޫ ބަސްތާ ވެސް ގިނަ ދުވަހު ނުބެހެއްޓޭތީ, ވިސްނުން ހުރީ ފެކްޓްރީއަށް ގަނޑުކޮށް ހަނޑޫ ގެނެސް، ވަކި ޓެމްޕަރޭޗަރއެއްގައި ބެހެއްޓުމަށް ކަމަށެވެ. އަދި މިއީ އެއްވެސް ގޮތަކަށް ވިޔަފާރި އުސޫލުން ފައިދާ ހޯދުމަށް އެސްޓީއޯއިން ކުރާ މަސައްކަތެއް ނޫންކަމަށާއި, މިއީ ރައްޔިތުންނަށް ކާނާގެ ރައްކާތެރިކަން ހޯދުމަށް ކުރާ މަސައްކަތެއް ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު މިހެން ވިދާޅުވެފައިވާއިރު, ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވަނީ ރާއްޖޭގެ ސްޓޭޕްލް ފުޑް ފެކްޓްރީ ކުޅުދުއްފުށި ސިޓީގައި އެޅުމަކީ އެ ސިޓީއަށް މިވަގުތު ބޭނުންވެފައި އޮތް އިކޮނޮމިކް ޖަމްޕް ޖެހުމަށް ނުހަނުބޮޑު ފުރުސަތަކަށް ވެގެންދާނެކަމަށް ގަބޫލުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މޭޔަރު ވިދާޅުވީ މިފަދަ ފެކްޓްރީއެއް އެސިޓީގައި ގާއިމުވެގެން ހިނގައްޖެނަމަ, އިގުތިސާދީ އިތުރު ދޮރުތަކެއް ރަށުގެ ރަައްޔިތުންނަށް ހުޅުވިގެންދާނެކަމަށާއި, މުޅިރާއްޖެއަށް ބޭނުންވާ ފުށާއި ހަނޑޫ ކުޅުދުއްފުށިން ސަޕްލައިކުރަން ފެށުމުން (ސީދާ ގޮތުންނާއި ނުސީދާގޮތުން) ރަށުގައި ހިންގާ ވިޔަފާރިތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ

އަދި މިއީ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިގެންދާ މުހިންމު މަސައްކަތެއް ކަމަށާއި, އެސްޓީއޯއިން މި ފެކްޓްރީ ގާއިމުކުރުމަށް ކުޅުދުއްފުށި ޚިޔާރުކުރުމަކީ މި ސިޓީ ވިޔަފާރީގެ ހަބެއްގެ ގޮތުގައި ތަރައްގީވުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު އުންމީދެއްކަމަށް މޭޔަރު ވިދާޅުވިއެވެ.

ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)ހުސެއިން އަމްރު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

12 ޑިސެމްބަރު 2025
ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު
29 ނޮވެމްބަރު 2025

ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

29 ނޮވެމްބަރު 2025
ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު
19 އޮކްޓޯބަރު 2025

ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު

19 އޮކްޓޯބަރު 2025
ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
27 ސެޕްޓެމްބަރު 2025

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
01 ފެބުރުއަރީ 2025

އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި

01 ފެބުރުއަރީ 2025
އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި
21 ސެޕްޓެމްބަރު 2024

ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ޒަމާނެއް ސާފުކޮށްދޭން ޖެހޭ: އަމްރު

21 ސެޕްޓެމްބަރު 2024
ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ޒަމާނެއް ސާފުކޮށްދޭން ޖެހޭ: އަމްރު
26 އޯގަސްޓު 2024

ޑޮލަރ އެކްސްޖޭންޖް ވިޔަފާރި ތެރޭގައި ތިބީ ބިދޭސީން، އެކަން އިސްލާހުކުރަން ޖެހޭ - އަމްރު

26 އޯގަސްޓު 2024
ޑޮލަރ އެކްސްޖޭންޖް ވިޔަފާރި ތެރޭގައި ތިބީ ބިދޭސީން، އެކަން އިސްލާހުކުރަން ޖެހޭ - އަމްރު
19 ޑިސެމްބަރު 2023

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!

19 ޑިސެމްބަރު 2023
އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް