Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

ޔޫކްރެއިންގެ 2،500އާ 3،000އާ ދެމެދުގެ އަދަދެއްގެ ސިފައިން ވަނީ ހަނގުރާމާގައި މަރުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 16 އެޕްރީލު 2022 | ހޮނިހިރު 08:26
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ކުރިއަށްދާތާ މިހާރު ހަތް ހަފުތާ ވެއްޖެ

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ކުރިއަށްދާތާ މިހާރު ހަތް ހަފުތާ ވެއްޖެ

ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި އެގައުމުގެ 3،000އެއްހާ ސިފައިން މަރުވެފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ރައީސް ޒެލެންސްކީއާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން, ޔޫކްރެއިންގެ 2،500އާ 3،000އާ ދެމެދުގެ އަދަދެއްގެ ސިފައިން ވަނީ ހަނގުރާމާގައި މަރުވެފައެވެ. އަދި އެގައުމުގެ 10،000 ސިފައިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އާންމުންގެ ތެރެއިން ކިހާ އަދަދެއްގެ ބަޔަކު މިހާތަނަށް މަރުވެފައިވާކަމެއް ހާމަކޮށްފައި ނުވާކަމަށް ރޮއިޓަރސްއިން ބުނެއެވެ.

ހުކުރު ދުވަހު ޒެލެންސްކީ ވަނީ ރަޝިޔާގެ އަސްކަރިއްޔާގެ 19،000އާ 20،000 ދެމެދުގެ އަދަދެއްގެ ސިފައިން މިހާތަނަށް މަރުވެފައިވާކަމަށް ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ. ނަމަވެސް މިދިޔަ މަހު ރަޝިޔާއިން ވަނީ އެހާތަނަށް އެގައުމުގެ އަސްކަރިއްޔާއިން މަރުވެފައި ވަނީ 1،351 ސިފައިން ކަމަށާއި 3،825 ސިފައިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން ހާމަކޮށްފައެވެ.

ދެ ގައުމުން ހާމަކުރަމުންދާ ނަންބަރުތަކަކީ ސައްހަ ނަންބަރުތަކެއްތޯ ކަށަވަރު ނުކުރެވޭކަން ރޮއިޓަރސްއިން ފާހަގަކުރެއެވެ.

ހުކުރު ދުވަހު ރަޝިޔާއިން ވަނީ ކިއެވްއަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދީފައެވެ. އެގޮތުން ކިއެވް ކައިރީ ހުންނަ ވިޒަރ ފެކްޓަރީއަށް މިސައިލް ހަމަލާތަކެއް ދީފައިވާނެކަން ފާހަގަކޮށް ރަޝިޔާއިން ވަނީ, އެ ފެކްޓްރީއަކީ މިސައިލް އުފެއްދުމާއި މަރާމާތު ކުރުމުގެ މަސައްކަތްކުރާ ފެކްޓްރީއެއްކަމަށް ބުނެފައެވެ. ރަޝިޔާގެ ހަމަލާތައް މިގޮތަށް އަމާޒުވެފައި މިވަނީ, ބުރާސްފަތި ދުވަހުގެ އެގައުމުގެ ހަނގުރާމަމަތީ މަނަވަރު "މޮސްކްވާ" އަޑިއަށްދިއުމުގެ ހާދިސާއަށް ފަހުއެވެ.

ޔޫކްރެއިން ވަނީ އެގައުމުގެ މިސައިލް ހަމަލާއެއް އަމާޒުވެ ބްލެކް ސީގައި އޮތް ރަޝިޔާގެ މަނަވަރު އަޑިއަށް ގޮސްފައިވާކަމަށް ބުނެފައެވެ. ނަމަވެސް ރަޝިޔާއިން ބުނަނީ މޮސްކްވާ އަޑިއަށް ދިޔައީ މަނަވަރުގައި ރައްކާކޮށްފައިހުރި ވަޒަންތަކެއް ގޮވައި, ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ކަމަށެވެ. އަދި މަނަވަރުގައި ހަރަކާތްތެރިވަމުންދިޔަ 500ށްވުރެ ގިނަ މީހުން ސަލަމާތްކުރެވިފައިވާ ކަމަށެވެ.

އެމެރިކާއިން ބުނަނީ ރަޝިޔާގެ މަނަވަރަށް ޔޫކްރެއިންގެ ދެ މިސައިލް ހަމަލާ އަމާޒުވެފައިވާކަމަށެވެ. އަދި އެހަމަލާގައި މަނަވަރު އަޑިއަށް ގޮސްފައިވާއިރު، މަނަވަރުގައި ހަރަކާތްތެރިވަމުންދިޔަ މީހުންގެ ތެރެއިން ބަޔަކަށް އަނިޔާ ލިބި މަރުވެފައިވާނެކަމަށް އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ.

ހޮނިހިރު ދުވަހު ޔޫކްރެއިނުން ބުނީ ރަޝިޔާގެ ހަނގުރާމަމަތީ މަނަވަރުތައް ބްލެކްސީގައި ހަރަކާތްތެރިވަމުން ދިއުމަކީ ރަޝިޔާއިން އެގައުމަށް ދެމުންދާ ހަމަލާތައް އިތުރުކުރުމުގެ ފުރުސަތު އޮތްކަމެއްކަމަށެވެ. އަދި ސީ އޮފް އަޒޮވްގައި މަރިއަޕުލްގެ ބަނދަރު ސަރަހައްދުގައި ހަރަކާތްތެރިވާ ރަޝިޔާގެ އަސްކަރީ މަނަވަރުތަކުގެ އަދަދު އިތުރުވަމުންދާކަން ޔޫކްރެއިނުން ފާހަގަކުރެއެވެ.

ހުކުރު ދުވަހު ރަޝިޔާއިން ދިން އިންޒާރުތަކަށްފަހު, ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތު ކިއެވްއަށް އަމާޒުކޮށް އެގައުމުން ހަމަލާތައް ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ, ދެކުނާއި އިރުމަތީގައި ކުރިއަށްދާ ކުރިމަތިލުންތަކަކީ ފަސޭހައިން މޮޅުވެވޭނެ ކުރިމަތިލުންތަކެއް ނޫންކަމަށާއި, އެގައުމުގެ އަސްކަރިއްޔާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންދިޔަ ނަމަވެސް ރަޝިޔާގެ ސިފައިން އެގައުމުން ބާލަން ބޭނުންނަމަ މިއަށްވުރެ ބޮޑަށް މަސައްކަތްކުރަންޖެހޭކަމަށެވެ.

ޒެލެންސްކީ ވަނީ ޔޫކްރެއިނަށް ވާގިވެރިވާ ގައުމުތަކުން އެގައުމަށް އިތުރު ހަތިޔާރުތައް ފޮނުވުމަށް އެދިވަޑައިގެންފައެވެ. އަދި ރަޝިޔާގެ ތެލަށް ބައިނަލްއަގުވާމީ އެމްބާގޯއެއް އިއުލާނުކުރުމަށްވެސް ޒެލެންސްކީ ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ޒެލެންސްކީ ވަނީ, ރަޝިޔާއަކީ "ސްޓޭޓް ސްޕޮންސަރ އޮފް ޓެރަރިޒަމް"ގެ ގޮތުގައި ކަނޑައެޅުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަރިހުން އެދިވަޑައިގެންފައި ކަމަށް ވޮޝިންގްޓަން ޕޯސްޓުން ވަނީ ރިޕޯޓުކޮށްފައެވެ. މިކަމާގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނަކު ވަނީ އެގައުމުން ޕުޓިންއަށް ދަތިކުރުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް ވިދާޅުވެފައެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު