Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާޑެއްދޫ އެއާޕޯޓް

3 އަހަރަށް 2018 ވަނަ އަހަރު ކާޑެއްދޫ އެއާޕޯޓަށް ތެޔޮ ފޯރުކޯށްދޭން ކޮންޓްރެކްޓު ހަވާލުކުރީ ހުއްދަ ނުހޯދާ – އޮޑިޓް

ކޮންމެ އަހަރަކު 3 މިލިއަން ރުފިޔާއަށްވުރެ ގިނަ ތެޔޮ ކާޑެއްދޫ އެއާޕޯޓަށް ބޭނުންވާނެކަމަށް އަންދާޒާ ކުރެވިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 އެޕްރީލު 2022 | ހުކުރު 07:12
ކާޑެއްދޫ އެއާޕޯޓް - އެއާޕޯޓަށް ތެޔޮ ފޯރުކޮށްދިނުމަށް ހަވާލުކުރީ މާލިއްޔަތު ގަވާއިދާއި ޚިލާފަށް

ކާޑެއްދޫ އެއާޕޯޓް - އެއާޕޯޓަށް ތެޔޮ ފޯރުކޮށްދިނުމަށް ހަވާލުކުރީ މާލިއްޔަތު ގަވާއިދާއި ޚިލާފަށް

ކާޑެއްދޫ އެއާޕޯޓަށް 3 އަހަރު ދުވަހުގެ މުއްދަތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުމުގެ ކޮންޓްރެކްޓު ވަކި ފަރާތަކަށް ހަވާލުކުރި އިރު، އެކަން ކުރުމަށް ޓެންޑަރ ބޯޑަށް ހުށަހަޅައި ހުއްދަ ހޯދާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގެ ޖަދުވަލު 1 ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ޕްރޮކިއުމަންޓެއްގެ އަގު 2,500,000 (ދެ މިލިޔަން ފަސް ލައްކަ) ރުފިޔާއަށްވުރެ ބޮޑުނަމަ، އެ ކަމެއް ކުރުމަށް ހުއްދަ ދޭނީ ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި، އެ ބޯޑުގެ ނިންމުމާއި އެއްގޮތަށް އެ އޮފީހުގެ އެންމެ އިސްވެރިޔާ ކަމަށެވެ. ނަމަވެސް، ރީޖަނަލް އެއާޕޯޓްސް އޮފީހުގެ ދަށުން ހިންގާ ކާޑެއްދޫ އެއާޕޯޓަށް 3 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުމުގެ ކޮންޓްރެކްޓު ވަކި ފަރާތަކާއި ހަވާލުކުރުމުގެ ކުރިން، މި ކޮންޓްރެކްޓަކީ 2,500,000 (ދެ މިލިޔަން ފަސް ލައްކަ) ރުފިޔާއަށްވުރެ ބޮޑު ކޮންޓްރެކްޓެއް ކަމަށް އެނގިފައި ވިޔަސް، މި ކޮންޓްރެކްޓު ހަވާލުކުރުމުގެ ކުރިން ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި، އެ ބޯޑުގެ ނިންމުން ހޯދާފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ކޮންޓްރެކްޓް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް އާންމުކޮށް އިއުލާންކުރުމުން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަށް ދީފައިވާ މައުލޫމާތު ޝީޓުގައި، ކާޑެއްދޫ އެއާޕޯޓަށް ބޭނުންވާނެކަމަށް އަންދާޒާކޮށްފައިވާ ތެލުގެ އަދަދާއި، އޭރު ކާޑެއްދޫ އެއާޕޯޓަށް ތެޔޮ ގަންނަމުން އައިސްފައިވާ ރޭޓަށް ބަލާއިރު، ކޮންމެ އަހަރަކު 3 މިލިއަން ރުފިޔާއަށްވުރެ ގިނަ ތެޔޮ ކާޑެއްދޫ އެއާޕޯޓަށް ބޭނުންވާނެކަމަށް އަންދާޒާ ކުރެވިފައިވެއެވެ. އަދި މި ކޮންޓްރެކްޓް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ވެސް ހުށަހަޅާފައިވަނީ 2,500,000 (ދެ މިލިޔަން ފަސް ލައްކަ) ރުފިޔާއަށްވުރެ ބޮޑުކޮށެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ކާޑެއްދޫ އެއާޕޯޓަށް ބޭނުންވާ ތެޔޮ ގަތުމަށް 3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހަރަދު ރިޕޯޓުތަކުން އެނގެއެވެ. ކޮންޓްރެކްޓްގެ މުއްދަތު ކަމަށްވާ 3 އަހަރަށް ބަލާއިރު، މިއީ 9 މިލިއަން ރުފިޔާއަށް އަރާފާނެ ކޮންޓްރެކްޓަކަށް ވާތީ، މިއީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ފަދައިން ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި، އެ ބޯޑުގެ ނިންމުމެއް ހޯދަންޖެހޭފަދަ ކޮންޓްރެކްޓެއް ކަމަށް ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ ގަންނަން ޖެހޭ ތަކެތި ނުވަތަ ހޯދަން ޖެހޭ ޚިދުމަތުގެ އަގު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގެ ޖަދުވަލު 1 ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގަށްވުރެ (2,500,000 (ދެ މިލިޔަން ފަސް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، ތަކެތި ނުވަތަ ޚިދުމަތް ހޯދުމުގެ ކުރިން، ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން އެ ބޯޑުގެ ނިންމުމާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އިސްލާހުކުރަން ލަފާ ދީފައެވެ.

މި ރިޕޯޓާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅާލުމުން އެ މިނިސްޓްރީން ޖަވާބެއް ލިބޭ ގޮތެއް ވަނީ ނުވެފައެވެ. އަދި މިރިޕޯޓާއި ގުޅޭ ގޮތުން ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރ މުހައްމަދު ރިޒުވީ ވިދާޅުވީ އެ މަސައްކަތް ހަވާލުކުރި ފަރާތާއި ކަންތައް ދިޔަ ގޮތުގެ މައުލޫމާތު ހޯއްދެވުމަށްފަހު ހިއްސާކޮށްދެއްވާނެ ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓަށް ތެޔޮ ފޯރުކޮށްދިނުމަށް ބަޔަކާއި އެއިރު ހަވާލުކުރި އިރު ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. އަދި އެއިރު ރީޖަނަލް އެއާޕޯޓްސްގެ ވެރިޔަކަށް ހުންނެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލްއެވެ. ރީޖަނަލް އެއާޕޯޓްސް ހިންގަމުން އައީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިޕާޓްމަންޓެއްގެ ގޮތުގައެވެ.

ސާމީ އަގީލް އާއި ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަކޮށް، އެ މިނިސްޓްރީގެ 28 މުވައްޒަފުންތަކެއް ސޮއިކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެއެވެ. ސާމީ އަގީލްއާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، އޭނާ މީގެ ކުރިން މަސައްކަތްކުރައްވާފައިވާ މުއައްސަސާތަކުގައި، ކޮރަޕްޝަނާއި ފަސާދައިގެ އެތައް އަމަލެއް ހިންގަވާފައިވާ ބޭފުޅެއްގެ ގޮތުގައި ވަނީ ތުހުމަތުކޮށްފައެވެ.

އަދި ސާމީއާއި ގުޅޭ އެތައް މައްސަލައެއް މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ތަހުގީގުކޮށް އޭގެ ތެރެއިން ބައެއް މައްސަލަތަކަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށާއި ބައެއް މުވައްޒަފުންނަށް ބިރުދައްކައި ގާނޫނާއި ހިލާފަށް ބައެއް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ސީއެސްސީއަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.

ގދ. ކާޑެއްދޫކާޑެއްދޫ އެއާޕޯޓު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ގާސިމް އިބްރާހިމް އަކީ ވަޔާ އޮޔާ އެކު ދެކޮޅަށް ޖެހޭ ބަރުދަނެއް ނެތް ބޮނބިގަނޑެއް ކަހަލަ މީހެއް: ޔާމީން

ގާސިމް އިބްރާހިމް އަކީ ވަޔާ އޮޔާ އެކު ދެކޮޅަށް ޖެހޭ ބަރުދަނެއް ނެތް ބޮނބިގަނޑެއް ކަހަލަ މީހެއް: ޔާމީން

10 އޮކްޓޯބަރު 2025
ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

28 ސެޕްޓެމްބަރު 2025
ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

22 އޯގަސްޓު 2025
"ޤާސިމް ކުރިން ބުނީ ދިމްޔާތު އެޅީ ކޮޅުދާލިކޮޅަކުން ކަމަށް، މިއަދު އެ ވާހަކަ ނުދައްކަނީ 30 މިލިއަން ޑޮލަރުގެ ޓެކްސް މައާފުކޮށްދިނުމުން."

"ޤާސިމް ކުރިން ބުނީ ދިމްޔާތު އެޅީ ކޮޅުދާލިކޮޅަކުން ކަމަށް، މިއަދު އެ ވާހަކަ ނުދައްކަނީ 30 މިލިއަން ޑޮލަރުގެ ޓެކްސް މައާފުކޮށްދިނުމުން."

22 އޯގަސްޓު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު