Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަފުށީ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

ތިލަފުށީ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތް މިނިސްޓަރ ޝައުނާ ބައްލަވާލައްވައިފި

14 އެޕްރީލު 2022 | ބުރާސްފަތި 16:19

މި ޕްރޮޖެކްޓަށް ޖުމްލަ 304 މިލިއަން ޑޮލަރު ޚަރަދުވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 14 އެޕްރީލު 2022 | ބުރާސްފަތި 16:19
ތިލަފުށީ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތް މިނިސްޓަރ ބައްލަވާލެއްވުން

ތިލަފުށީ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތް މިނިސްޓަރ ބައްލަވާލެއްވުން

ތިލަފުށީގައި ކުނިމެނޭޖް ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާގޮތް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ބައްލަވާލައްވައިފިއެވެ.

މިއީ އޭޑީބީގެ ހިލޭ އެހީއާއި, ކޮންސެޝަނަލް ލޯނާއި, އޭއައިއައިބީގެ ކޮންސެޝަނަލް ލޯން އެހީއާއި, ޖަޕާން ފަންޑް ފޯ ޕަވަރޓީ ރިޑަކްޝަންގެ ހިލޭ އެހީގެ އިތުރުން ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައި މިނިސްޓަރ ޝައުނާ ވަނީ, މި މަސައްކަތުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. މިނިސްޓަރ ޝައުނާ ގެންދަވަނީ ދޭތެރެދޭތެރެއިން ތިލަފުއްޓަށް ވަޑައިގެން ކުނި މެނޭޖްކުރުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބައްލަވަމުންނެވެ. މިނިސްޓަރގެ މިދަތުރުފުޅުގައި ވެމްކޯގެ އިސްވެރިންނާއި މިނިސްޓްރީގެ ވޭސްޓް ޑިޕާރޓްމެންޓްގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށީގެ ތާރީޚުގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު ކޮންޓްރެކްޓެވެ. މި ޕްރޮޖެކްޓަށް ޖުމްލަ 304 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. މިއީ ދެފިޔަވައްސަކަށް ބަހާލައިގެން ހިންގޭ މަޝްރޫއެކެވެ. ފުރަތަމަ ފިޔަވަހީގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ތިލަފުށިން ފެންނަ ބޮޑު ގޮނޑު އެއްފަރާތްކޮށް, އެތަނުގެ ހާބަރު ހަދައި, މުސްތަގުބަލުގައި ކުނި ގެނެސް ބާލާނެ ސަރަހައްދު ވަނީ ތަރައްގީކޮށް ނިމިފައެވެ. ކުނި ގެނެސް, ކިރައި, ބައިބައި ވަކިކޮށް, ޝްރެޑް ކުރުމަށްފަހު އިންސިނެރޭޓް ކުރުމަށް ބޭލް ކުރެވޭއިރު ޒަމާންތަކެއްވަންދެން ތިލަފުށީ ގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ކ، އއ، އދ އަދި ވ އަތޮޅުގެ ހުރިހާ ރަށެއްގައި ކުނިކޮށި ގާއިމުކޮށް މަރާމާތު ކުރެވޭނެއެވެ. ކުނި މެނޭޖްކުރުމަށްޓަކައި އުޅަނދާއި އިކުއިޕްމަންޓް ފޯރުކޮށްދެވޭއިރު, މާލެއާއި ވިލިމާލެ އަދި ހުޅުމަލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމުކުރެވިގެންދާނެއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓްގައި ވެސް މިހާރުވަނީ ސޮއިކޮށްފައެވެ. އަދި މި ސަރަހައްދުގައި ހުރި ކުނި ތިލަފުއްޓަށް ގެންދިއުމަށް އުޅަނދުތައް ގަތުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.   

ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ވޭސްޓް އެނަރޖީ ޕްލާންޓް ގާއިމުކުރުމެވެ. ވޭސްޓް އެނަރޖީ ޕްލާންޓް ގާއިމުކުރުމަށް މިހާރުވަނީ ސްޕެއިންގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ އުރްބާސާއާއެކު ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. މި ޕްލާންޓް ހިންގުމަށް އުރްބާސާއާއެކު ސޮއިކޮށްފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ.

ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ. މި ފެސިލިޓީ އޮޕަރޭޓްކުރުމުގައި ހިންގުމަށްދާ ޚަރަދު ހޯދުމަށް ހަމަޖެހިފައިވަނީ މިފެސިލިޓީން އުފައްދާ ކަރަންޓާއި, އަދި ކުނި އަންދައިގެން ލިބޭ ބޮޓޮމް އޭޝް (އަޅި) ރިސައިކަލްކޮށް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއިންނެވެ.

މި މަސައްކަތް 2023 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ މައްސަލައަށް ހައްލުވާނނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީމިނިސްޓަރ އައިމިނަތު ޝައުނާހަސަން އަބްދުއްރަހްމާން ކުނި މެނޭޖްކުރުން

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
22 އޮކްޓޯބަރު 2025

ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

22 އޮކްޓޯބަރު 2025
ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި
22 އޮކްޓޯބަރު 2025

ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

22 އޮކްޓޯބަރު 2025
ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި
18 އޮކްޓޯބަރު 2025

ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު

18 އޮކްޓޯބަރު 2025
ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު
14 ސެޕްޓެމްބަރު 2025

ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!

14 ސެޕްޓެމްބަރު 2025
ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!
14 ސެޕްޓެމްބަރު 2025

ތިލަފުށީ ލޮރީ އެކްސިޑެންޓްގައި ހައްޔަރުކުރި މިީހާ ހެކިނެތުމުން ދޫކޮށްލައިފި

14 ސެޕްޓެމްބަރު 2025
ތިލަފުށީ ލޮރީ އެކްސިޑެންޓްގައި ހައްޔަރުކުރި މިީހާ ހެކިނެތުމުން ދޫކޮށްލައިފި
13 ސެޕްޓެމްބަރު 2025

ލޮރީއެއް ދަށުވެ، ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް ފަރުވާ ދެނީ ވޯޑުގައި: އައިޖީއެމްއެޗް

13 ސެޕްޓެމްބަރު 2025
ލޮރީއެއް ދަށުވެ، ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް ފަރުވާ ދެނީ ވޯޑުގައި: އައިޖީއެމްއެޗް
03 މެއި 2025

ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

03 މެއި 2025
ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި
06 އޮކްޓޯބަރު 2024

ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި

06 އޮކްޓޯބަރު 2024
ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް