Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން

ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭނީ ފަޒްނީ

މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުޅުވުމަށް ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ބޭއްވި ޖަލްސާވެސް ވަނީ އިޝާރާތުގެ ބަހުރުވައިން ގެނެސްދީފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 އެޕްރީލު 2022 | ބުރާސްފަތި 13:59
މަރިޔަމް ފަޒްނީ

މަރިޔަމް ފަޒްނީ

އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުޅުވުމަށް ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ބޭއްވި ޖަލްސާވެސް ވަނީ އިޝާރާތުގެ ބަހުރުވައިން ގެނެސްދީފައެވެ. އަދި މިއަހަރު މަޖިލީހުން ކުރާ ބައެއް މަސައްކަތްތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭނެކަން އެއިދާރާއިން ވަނީ މީގެކުރިން ބުނެފައެވެ.

ހޯމަ ދުވަހުން ފެށިގެން ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު, އެކަން ކުރިޔަށްގެންދާނީ މަރިޔަމް ފަޒުނީއެވެ. ފަޒުނީއަކީ މީގެކުރިން ގިނަ އިވެންޓްތަކެއް އިޝާރާތުގެ ބަހުރުވައިން ގެނެސްދީފައިވާ ފަރާތެކެވެ. ވަކިން ޚާއްސަކޮށް ކޮވިޑް-19ގެ މައުލޫމާތުތައް ގެނެސްދިނުމުގައި ފަޒުނީ ފެނިގެން ގޮސްފައިވެއެވެ. މިފަހަރު ފަޒުނީ ޖަލްސާތައް ގެނެސްދެމުންދާނީ ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފެއްގެ ގޮތުގައެވެ.

އިޝާރާތުގެ ބަހުރުވައިން މަޖިލީހުގެ މަސައްކަތްތައް ގެނައުމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ, އެންމެ ފުރަތަމަ މިގޮތަށް ގެނެސްދޭނީ ޖަލްސާތަކާއި މުހިންމު އިވެންޓްތައް ކަމަށެވެ. ފަހުން ކޮމިޓީތައްވެސް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭނެކަމަށް ޒިޔާއު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތައް ހުރިހާ އެންމެންނަށްވެސް އެނގޭނެ ގޮތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން, މަޖިލީހުން ވަނީ މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ބައްދަލުކޮށް އެކަން ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދިނުމަށް ނިންމާފައިމިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ޔޫތު ޕާލަމެންޓްގައި ބައިވެރިވި, އަޑުއެހުމުން މަހުރޫމްވެފައިވާ ކުއްޖެއް ކަމުގައިވާ ނާއިޝް, އޭނާފަދަ އަޑުއިވުމުން މަހުރޫމްވެފައިވާ ޒުވާނުންނަށް މަޖިލީހުގެ މަސައްކަތްތައް ދެނެގަނެވޭނެ ގޮތެއް ވާނެތޯ ކުރި ސުވާލަކާ ގުޅިގެންނެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދުވަހު ވިދާޅުވީ އެކަން ހަމަޖެއްސުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ތަނެކެވެ. އެގޮތުން ކޮންމެ ހަފުތާއަކުވެސް ތިން ދުވަހު ޖަލްސާތައް ބާއްވާއިރު ކޮމިޓީ ބައްދަލުވުންތައް ހަފުތާގެ ހުރިހާ ދުވަހަކުހެން ކުރިޔަށް ގެންދެއެވެ.

މަޖިލީހުން ކުރާ މަސައްކަތްތައް އިޝާރާތުގެ ބަހުރުވައިން ގެނައުމަށް ނިންމާފައިވާއިރު, އެކި އިދާރާތަކުން ނެރޭ ވީޑިއޯތަކާއި ބައެއް މުހިންމު އެންގުންތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކާއި ސަރުކާރުން ބާއްވާ މުހިންމު ޖަލްސާތަކާއި އަދި ހުކުރު ޚުތުބާ ފަދަ ގިނަ މީހުން ބަލާ ވީޑިއޯތައް އިޝާރާތުގެ ބަހުރުވައިންވެސް ގެނެސްދެމުންދެއެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު