Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިޔާ ހަނގުރާމަ

ޔޫކްރެއިނަށް އަސްކަރީ އެހީގެ ގޮތުގައި އިތުރު 750 މިލިއަން ޑޮލަރު ދޭން އެމެރިކާއިން ނިންމައިފި

ޔޫކްރެއިނަށް ފޯރުކޮށްދޭނެ ތަކެތި ފައިނަލް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 13 އެޕްރީލު 2022 | ބުދަ 15:45
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

ޔޫކްރެއިން ރަޝިޔާ ހަނގުރާމަ އާއި ގުޅިގެން ޔޫކްރެއިނަށް އަސްކަރީ އެހީގެ ގޮތުގައި އިތުރު 750 މިލިއަން ޑޮލަރު ދޭން އެމެރިކާއިން ނިންމައިފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އެމެރިކާ ސަރުކާރުން ޔޫކްރެއިނަށް 750 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭން ނިންމައި ވަރަށް އަވަހަށް އެކަން އިއުލާނުކުރާނެ ކަމަށް އެނޫހަށް ކަށަވަރުކޮށްދީފައި ވަނީ ސަރުކާރުގެ އޮފިޝަލެކެވެ.

އެގޮތުން މިއެހީ ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމާފައި ވަނީ ޕްރެޒިޑެންޓަލް ޑްރޯޑައުން އޮތޯރިޓީގެ ދަށުން ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ރައީސް ބޭނުންފުޅުވުމުން މަޖިލީހުގެ ހުއްދަ ހޯދަން މަސައްކަތްނުކޮށް އެމެޖެންސީ ހާލަތްތަކުގައި ފޯރުކޮށްދެވޭ އެހީއެވެ.

ރޮއިޓަރސްއަށް މައުލޫމާތުދިން އޮފިޝަލަކު ވަނީ ޔޫކްރެއިނަށް ފޯރުކޮށްދޭނެ ތަކެތި ފައިނަލް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ބުނެފައެވެ. އެގޮތުން ޔޫކްރެއިނަށް ފޯރުކޮށްދެވޭ އަސްކަރީ ސާމާނުގެ ތެރޭގައި ގްރައުންޑް އާޓިލެރީ ސިސްޓެމްސް ހިމެނޭނެ ކަމުގައި ރިޕޯޓުތައް ފާހަގަކުރެއެވެ.

މިއެހީ އާއި ގުޅޭގޮތުން ވައިޓް ހައުސްގެ ސީދާ ކޮމެންޓެއް ލިބިފައި ނުވާކަމަށް ރޮއިޓަރސް އިން ބުނެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ވައިޓް ހައުސްއިން ވަނީ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށިފަހުން މިހާތަނަށް އެހީގެ ގޮތުގައި ޔޫކްރެއިނަށް 1.7 ބިލިއަން ޑޮލަރުގެ ސެކިއުރިޓީ އެހީ ފޯރުކޮށްދެވިފައިވާ ކަމަށް ބުނެފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިންއެމެރިކާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު