Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޭސްޓް ޓު ވެލްތު

ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑް ފޯރ ވޭސްޓް ޓު ވެލްތު އިފްތިތާޙްކޮށްފި

ކޮންމެ ރަށެއްގަކޮންމެ ކައުންސިލެއްގަ މިކަން ކުރާނެގޮތުގެ މަޢުލޫމާތާއި މިކަން ކުރާނެ ވޯކްފޯސްއެއް އުފެދެން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 އެޕްރީލު 2022 | ބުދަ 10:50
ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑް ފޯ ވޭސްޓް ޓު ވެލްތު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ (ކ) އަދި އެމްއެންއެސްޑިއޭގެ ސީއީއޯ (ވ)

ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑް ފޯ ވޭސްޓް ޓު ވެލްތު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ (ކ) އަދި އެމްއެންއެސްޑިއޭގެ ސީއީއޯ (ވ)

އުކާލެވޭ ކުނިން ފައިދާހުރި ތަކެތި އުފެއްދުމަށާއި އާމްދަނީއެއް ހޯދުމަށް އަދި ކުނި މެނޭޖްކޮށް ވެށީގެ ސާފުކަން ކަށަވަރުކުރުމަށް ބޭނުންވާފަންނީ ހުނަރު އުނގަންނައިދިނުމަށް ނޭޝަނަލް ކޮމްޕިޓެންސް ސްޓޭންޑަރޑް ފޯރ ވޭސްޓް ޓު ވެލްތު އިފްތިތާޙް ކޮށްފިއެވެ.

ހޮޓެލްޖެންގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި މި ސްޓޭންޑަރޑް އިފްތިތާހް ކޮށްދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖްއެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ. ހަފްލާގެ ޝަރަފްވެރި މެހްމާން މިނިސްޓަރ ޝައުނާގެ ވާހަކައިގައި މުޅި ރާއްޖޭގައި އުފެދޭހުރިހާ ކުންޏެއް ރައްކާތެރި ގޮތުގައި މެނޭޖް ކުރުމަށް ހުނަރުވެރި ދިވެހިން އުފައްދަން ބޭނުން ވާކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގަކޮންމެ ކައުންސިލެއްގަ މިކަން ކުރާނެގޮތުގެ މަޢުލޫމާތާއި މިކަން ކުރާނެ ވޯކްފޯސްއެއް އުފެދެން ޖެހޭކަމަށް ވިދާޅުވިއެވެ.

މިއީ ވޯލްޑް ބޭންކުގެ މާލީ އެހީގައި ހިންގާ މޯލްޑިވްސް އެންހޭންސިންގް އެންމްޕްލޯޔަބިލިޓީ އެންޑް ރިޒިލިއަންސް (މީރާ) ޕްރޮޖެކްޓުގެދަށުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން އެކުލަވާލި ވޭސްޓް ޓު ވެލްތު ޓްރޭނިންގ ޕެކޭޖް ގައި ހިމެނޭ ސްޓޭންޑަރޑެވެ. މި ޓްރޭނިންގ ޕެކޭޖްގައި ސްޓޭންޑަރޑްގެ އިތުރުން މުޤައްރަރާއި، އެސަސްމަންޓް ރިސޯސް ފޮތާއި،ލާރނިންގ މެޓީރިއަލްސް އަދި ސްޓޫޑެންޓް ލޮގް ފޮތް ހިމެނޭއެވެ.

ވޭސްޓް ޓު ވެލްތު ޓްރޭނިންގް ޕެކޭޖަކީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގ ހިންގުމަށްޓަކައި އެމް.އެން.އެސް.ޑީ.އޭ.އިން އުފެއްދި 104 ވަނަ ޓްރޭނިންގ ޕެކޭޖެވެ. ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި އިތުރު 70 ނެޝަނަލް ކޮމްޕީޓެންސީސްޓޭންޑާރޑް ޕެކޭޖް އަލަށް ތަރައްޤީ ކުރުމަށާއި، އަދި މިހާރު ބޭނުން ކުރަމުންދާ 53 ސްޓޭންޑަރޑް މުރާޖަޢާކުރުމަށް ނިންމާފައިވެއެވެ.

16 މެއި 2021 ގައި ދިވެހިރާއްޖޭގެ މަތީތަޢުލީމުގެ ޤާނޫނު ތަސްދީޤުކުރުމުން މޯލްޑިވްސް ނެޝެނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީއުފައްދަވާ، ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމު ތަރައްޤީކޮށް، ރެގިއުލޭޓްކުރުން އެމް.އެން.އެސް.ޑީ.އޭ.ގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައިހިމެނެއެވެ.

ބުދަ ދުވަހު އިފްތިތާޙް ކުރެވުނު ނޭޝަނަލް ކޮމްޕިޓެންސް ސްޓޭންޑަޑް ފޯރ ވޭސްޓް ޓު ވެލްތު އަކީ ދިވެހިރާއްޖޭގެ ތަރައްޤީދެމެހެއްޓެނިވި ގޮތުގައި ކުރިއެރުވުމަށް އެމް.އެން.އެސް.ޑީ.އޭ. އިން ހިއްސާކުރި މުހިއްމު ވަސީލަތެއް ކަމުގައި އެމް.އެން.އެސް.ޑީ.އޭ. ގެޗީފް އެގްޒެކްޓިވް އޮފިސަރ އަޙްމަދު ނަޝީދު ވިދާޅުވިއެވެ. އެގޮތުން މި ސްޓޭންޑަރޑްގެ ދަށުން ކުނިން އާމްދަނީ އުފެއްދުމާއި ކުނިމެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ޢިލްމު އަދި މަސައްކަތުގެ އަޚްލާޤު ހުންނާންވީ ފެންވަރު ކަނޑައެޅިފައިވާ ކަމަށާއިތަމްރީނުން ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލްކުރާ ޤައުމީ ސަނަދެއް ދެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑް ފޯ ވޭސްޓް ޓު ވެލްތުމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީމިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

31 އޮކްޓޯބަރު 2023
ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

07 އޮކްޓޯބަރު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި

އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި

11 އޯގަސްޓު 2023

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު