Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް

އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ރިޕޯޓެއް އާންމުކުރަނީ

ރިޕޯޓް ޝާއިއުކުރާނެ ދުވަހެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 އެޕްރީލު 2022 | ބުދަ 02:16
އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ބަލަން އުފެއްދެވި ރިޔާސީ ކޮމިޝަން ކަމުގައިވާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އިން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ރިޕޯޓެއް ޝާއިއުކުރާގޮތަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ، އެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤުޞަދުގައި 17 ނޮވެމްބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަން ވަނީ މިއަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހު އުވާލައްވާފައެވެ.

އުވާލާފައިވާ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ހޯދުމަށް އާންމުންގެ މީހަކު އެދުމުން ރައީސް އޮފީހުން ދީފައިވާ ޖަވާބަކީ ރިޕޯޓެއް ޝާއިއުކުރާނެކަމަށެވެ. ނަމަވެސް ރިޕޯޓް ޝާއިއުކުރާނެ ދުވަހެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާއި މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ތަހުޤީގު ކުރުމުގައި ހަރަކާތްތެރިވާ އެއް ފަރާތަކީ އެސެޓް ރިކަވަރީ ކޮމިޝަން ކަމަށެވެ. އަދި އެ ކޮމިޝަންގެ މެންޑޭޓްގައިވާ ތަހުޤީގުތައް އެންމެ ބޮޑަށް ސީދާ ކުރެވުނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތްތައް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސާލިޙު އިތުރަށް ވިދާޅުވީ، މިހާތަނަށް ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުޤީގުކޮށް ޤާނޫނީ މަރުހަލާތައް ފެށުމަށް އޭސީސީއަށް ހުށައެޅުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. 

އޭގެފަހުން އެކުލަވާލެވުނު އޭސީސީގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބައްދަލުކުރައްވާ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ، އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރިއަށް ދާނެ ގޮތް ހޯދިއްޖެ ކަމަށެވެ. އެކަމަށް ޚާއްސަ ޓީމެއް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ. އެ މައްސަލައިގެ ދެބައެއް ތަހުގީގު ކުރަމުން އަންނަކަން ފާހަގަކުރައްވާ ސަލާމް ވިދާޅުވީ، ރަށްތަކުގެ މައްސަލައާއި، އެމްއެމްޕީއާރްސީގެ ލިސްޓްގެ މައްސަލަ ވަކިވަކިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ސަލާމް ވިދާޅުވީ، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުން އެތަނުން ބަލަމުން ދިޔަ މައްސަލަތައް އޭސީސީއަށް ޓްރާންސްފަރު ކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާކަމަށްވެސް ސަލާމް ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން ޖުމުލަ 220 މިލިއަން ޑޮލަރު (3.3ބިލިއަން ރުފިޔާ) ދައުލަތައް ލިބެންޖެހެއެވެ. އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތެރެއިން ރަށްތައް ދޫކޮށްފައި ހުރީ، އޭރަކު އައި މީހަކު ހިތައް އެރި ގޮތަކަށް ކަމަށާއި، ރަށްތައް ދޫކުރި ފަރާތްތަކުގެ ތެރޭގައި ހަމަހަމަ އުޞޫލެއް ގެންގުޅެފައި ނުވާކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ރައީސް އޮފީސްޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއޭސީސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު