Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕާކިސްތާންގެ އައު ބޮޑުވަޒީރު އައްޔަނުކުރުން

އައު ބޮޑުވަޒީރާއެކު ޕާކިސްތާން ރައްޔިތުން އުންމީދުކުރަނީ ނަތީޖާ ފެންނާނެ ކަމަށް

ރައްޔިތުން މިހާރު އުންމީދު ކުރަނީ އެގައުމުގެ އުފުލެމުންދާ އިންފްލޭޝަން ރޭޓް ސަރުކާރުން ކޮންޓްރޯލް ކުރާނެ ކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 12 އެޕްރީލު 2022 | އަންގާރަ 13:29
ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް

ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް

ޕާކިސްތާންގެ ތާރިހުގައި ފުރަތަމަ ފަހަރަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އިމްރާން ޚާން ބޮޑުވަޒީރުކަމުން ވަކިކުރެއްވުމަށް ފަހު މިހާރު މިވަނީ އައު ބޮޑުވަޒީރަކު އައްޔަން ކުރެވިފައެވެ. އެއީ ޝަހްބާޒް ޝަރީފް އެވެ. އެގައުމުގެ އާންމު ރައްޔިތުން އުންމީދު ކުރަނީ އައު ބޮޑުވަޒީރާއެކު ގައުމަށް ދިމާވެފައިވާ އިގުތިސާދީ މައްސަލަތަކަށް ހައްލު ލިބޭ މަންޒަރު ފެނިގެންދާނެ ކަމަށެވެ.

ޕާކިސްތާންގެ އިގުތިސާދީ ހާލަތު ގޯސްވެ ޕާކިސްތާން ރުޕީސްގެ އަގު މިއިން ދުވަހަކުވެސް ނުވެއްޓޭ ވަރަށް ވެއްޓިފައިވާއިރު، އެގައުމުގެ ސެންޓްރަލް ބޭންކުން ވަނީ އިންޓެރެސްޓް ރޭޓް ވަރަށް ބޮޑަށް މަތިކޮށްފައެވެ. ރައްޔިތުން މިހާރު އުންމީދު ކުރަނީ އެގައުމުގެ އުފުލެމުންދާ އިންފްލޭޝަން ރޭޓް ސަރުކާރުން ކޮންޓްރޯލް ކުރާނެ ކަމަށެވެ. އިގުތިސާދު ދަށަށް ދިއުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ދަތިތަކުން އަރައިގަތުމުގެ މަގު ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.

ޕާކިސްތާންގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަނީ ސަރުކާރާ ހަވާލުވަނީ ކޮން ޕާޓީއަކުން ކަމާމެދު މާބޮޑަށް ސަމާލުކަން ނުދެވޭ ކަމަށެވެ. ސަރުކާރާ ހަވާލުވެފައި ވަނީ ޕީޕަލްސް ޕާޓީ، ނޫނީ މުސްލިމް ލީގު ތޯ އެއީ އާންމު ރައްޔިތުންނަށް އެންމެ މުހިންމު ކަންތައް ނޫން ކަމަށް އެގައުމުގެ ބައެއް ރައްޔިތުން ބުނެއެވެ. އެ ރައްޔިތުން ބުނަނީ ކޮންމެ ސަރުކާރެއް އޮތަސް ބޭނުން ވަނީ ގައުމުގެ ހާލަތު ރަނގަޅުވެ ކުރިއަރައިގެންދާ މަންޒަރު ބަލަން ކަމަށެވެ. އެގޮތުން މިހާރު އެންމެ ދެކެން ބޭނުންވަނީ އިންފްލޭޝަން ރޭޓް ދަށަށް ދާނެ ދުވަސް ކަމަށާއި، މިއީ މަދު ފައިސާ ލިބޭ ފަގީރު އާއިލާތައް ދިރިހުރުމަށް އެންމެ މުހިންމު ކަންތައް ކަމަށް ރައްޔިތުން ފާހަގަކުރެއެވެ.

އާންމު ރައްޔިތުން ބުނަނީ އިމްރާން ޚާން އަކީވެސް ރަނގަޅު ބޭފުޅެއް ކަމަށާއި އެހެން ނަމަވެސް މާގިނަ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ. މީގެ ކުރިން ޝަހްބާޒް ޝަރީފްގެ ބޭބޭފުޅު، ނަވާޒް ޝަރީފްގެ ވެރިކަންވެސް ފެނިފައިވާ ކަމަށާއި އޭރު ގައުމުގައި ތަރައްގީ އާއި ކުރިއެރުން ފެނުނު ކަމަށާއި އެހެންކަމުން މިފަހަރު ޝަހްބާޒް ޝަރީފް އާއެކު އެފަދަ ކުރިއެރުންތައް ފެންނާނެ ކަމަށް ރައްޔިތުން ދަނީ އުންމީދު ކުރަމުންނެވެ.

އިމްރާން ޚާން، 2018 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވީ އެގައުމުގައި އުފެދިފައިވާ ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތްކުރެއްވުމާއި ގައުމަށް ދިމާވެފައިވާ އިގުތިސާދީ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ވައުދާއެކުއެވެ. ނަމަވެސް މިކަމަށް މާބޮޑު މަސައްކަތެއް ކުރެވުނު ތަން ނުފެނުނު އިރު، ފާއިތުވި ދުވަސްތަކުގައި ވަކިން ހާއްސަކޮށް ކޮވިޑް-19 އާއެެކު ޕާކިސްތާނުގެ އިގުތިސާދަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރާމެދު އާންމުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލުނެވެ.

އިމްރާން ޚާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިދިކޮޅު ޕާޓީތަކުން ބޭރުގެ ފަރާތްތަކާ ގުޅިގެން އޭނާ ވެރިކަމުން ދުރުކުރުމަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ. ވަކިން ހާއްސަކޮށް އެމެރިކާއިން އިމްރާން ޚާން ވެރިކަމުގައި ބަހައްޓަން ބޭނުންނުވާކަމަށާއި ސަބަބަކީ ރަޝިޔާ އާއި ޗައިނާ އާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ ކަންކަމަށް ޕާކިސްތާނުގެ ތާއީދު ނުލިބޭތީކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމެރިކާއިން ވަނީ އިމްރާން ޚާންގެ މިވާހަކަތައް ދޮގުކޮށް އެކަމުގެ ހެކި ދެއްކުމަށް ގޮވާލާފައެވެ. އަދި އިތުބާރުނެތްކަމުގެ ވޯޓުނެގުން މަޖިލީހުގައި ކުރިއަށް ގެންގޮސް، އެންމެ ފަހުން އިމްރާން ޚާން ވަނީ މަގާމުން ވަކިކުރެވިފައެވެ.

އިމްރާން ޚާން އަށް ފަހު ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ޝަހްބާޒް ޝަރީފް އައްޔަނު ކޮށްފައި ވަނީ ހޯމަ ދުވަހު އެވެ. މަގާމާ ހަވާލުވެވަޑައިގެން ވާހަކަދައްކަވަމުން ޝަހްބާޒް ވަނީ ޕާކިސްތާންއަށް ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ގައުމު މިހާރު ވެއްޓިފައި މިއޮތް އަޑިގަނޑުން އަރައިގަންނަން ބޭނުން ނަމަ ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ ކަމަށް ޝަހްބާޒް ވިދާޅުވެފައިވާއިރު، މިހާލަތުން އަރައިގަންނަށް އެންމެން އެއްކޮށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ޝަހްބާޒް ވަނީ ފާހަގަކުރައްވާފައެވެ. މިފެށިގެން ދަނީ ޕާކިސްތާންގެ ތަރައްގީގެ އައު ސަފްހާއެއް ކަމަށްވެސް ޝަހްބާޒް ވިދާޅުވިއެވެ.

އެގޮތުން މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ޝަހްބާޒް ވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ 10 އިންސައްތަ އިތުރުކުރަން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. އަދި އެގައުމުގެ އެންމެ ކުޑާ އުޖޫރަ 25،000 ރުޕީސްއަށް އިތުރުކުރަން ނިންމާފައިވާކަންވެސް ވަނީ އިއުލާނުކުރައްވާފައެވެ. މިކަންތައްތައް ތަންފީޒުކުރެވިގެން ދިއުމާމެދު ރައްޔިތުންގެ މެދުގަގައި ޝައްކުތަކެއް ހުރި ނަމަވެސް ރައްޔިތުން އުންމީދު ދޫކޮށެއް ނުލައެވެ.

މަގާމާ ހަވާލުވެޑައިގަތުމަށްފަހު ވާހަކަދައްކަވަމުން ޝަހްބާޒް ޝަރީފް ވަނީ އެންމެ ފަހުން މަގާމުގައި ހުންނެވި އިމްރާން ޚާންގެ ސަރުކާރުން ގައުމުގެ އިގުތިސާދާ މެދު ވަރަށް ބޮޑަށް އިހުމާލެވެފައިވާ ކަމަށާއި އިގުތިސާދު އަލުން އާރާސްތުކުރުމަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ޕާކިސްތާންޝޭހްބާޒް ޝަރީފް

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު