Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނަސްގެ މަރުގެ މައްސަލަ

އަނަސްގެ މަރު: ޖުނައިޙް ބޭސްފަރުވާއަށް ދޫކޮށްލާފައި ހުރި މުއްދަތު އިތުރުކޮށްފި

12 އެޕްރީލު 2022 | އަންގާރަ 09:05

އޭނާ ލޮލުގެ ފަރުވާގެ ރިވިއުއަށް އަނެއްކާވެސް ރާއްޖެއިން ބޭރަށް ދާން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އެޕްރީލު 2022 | އަންގާރަ 09:05
އަނަސްގެ މަރުގެ މައްސަލަ އާއި ގުޅިގެން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގެ ތެރެއިން

އަނަސްގެ މަރުގެ މައްސަލަ އާއި ގުޅިގެން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގެ ތެރެއިން

އަނަސްގެ މަރުގެ ދައުވާ ލިބޭ ޖުނައިޙް އަބްދުﷲގެ ބޭސްފަރުވާގެ ކަންކަމުގައި މައްސަލަތަކެއް ހުރުމާއެކު، ޝަރުތުތަކާއެކު ބަންދުން ދޫކޮށްފައި ހުރި މުއްދަތު އިތުރުކޮށްފިއެވެ.

ޖުނައިޙުގެ ބޭސްފަރުވާގެ ކަންކަމަށް ބަލާއިރު، ކަރެކްޝަންސްގެ ލަސްތަކެއް ހުރިކަން ފާހަގަވާކަން ބަޔާންކޮށް ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުންނިންމީ20 ޖެނުއަރީ 2022 ގައެވެ. އެއީ އޭނާ ލޮލުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އަންގާރަ ދުވަހު ބޭއްވި ބަންދު މުރާޖައާ އަޑުއެހުމުގައި އޭނާ ލޮލުގެ ފަރުވާގެ ރިވިއުއަށް އަނެއްކާވެސް ރާއްޖެއިން ބޭރަށް ދާން ޖެހޭތީ އޭނާ ބަންދުން ދޫކޮށްލާފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް ދިފާއުން އެދުނެވެ. ދިފާއީ ވަކީލު ވިދާޅުވި ގޮތުގައި އޭނާގެ ލޯ އިންފެކްޓު ވެފައިވާތީ، ޖަލަށްލުމަކީ އެކަން އިތުރަށް ގޯސްވެދާނެ ސަބަބެކެވެ.

މިހާރު ހެކިބަސްވެސް ނަގާ ނިމިފައިވާއިރު، ބޭސްފަރުވާގެ ކަންކަމަށް ރިއާޔަތް ކުރައްވައި، އަދި އޭނާގެ ޚާއްސަ ޙާލަތަށް ބަލައި ދައުލަތުގެ ސުޕަވިޝަންއެއްގެ ދަށުން ނަމަވެސް އޭނާ ޖަލު ބަންދުން ދޫކޮށްލުމަށް ދިފާއީ ވަކީލު އެދިލެއްވިއެވެ.

އެހެންނަމަވެސް ދައުލަތުން ވަނީ އެކަމަށް އިއުތިރާޒު ކޮށްފައެވެ. އެގޮތުން ބޭސްފަރުވާއަށް ދާން ޖެހުމުން ބަންދަށް ލުއި ދެވިދާނެކަން ދައުލަތުގެ ވަކީލާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވި ގޮތުގައި އޭނާއަށް ބޭސްފަރުވާއަށް ދިއުމަށް މީގެ ކުރިންވެސް ފުރުސަތު ދެވިފައިވެއެވެ. އަދި އޭނާ ބަންދުން ދޫކޮށްލާފައި ބަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށް ވަކީލާ ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވި ގޮތުގައި، ބޭސްފަރުވާއަށް އޭނާ ބަންދުން ދޫކޮށްލީވެސް ކަރެކްޝަންސްއިން އޭނާގެ ފަރުވާއާމެދު އިހުމާލު ވެފައިވާތީއެވެ. އެފަދަ ކަމެއް ތަކުރާރުވުމުގެ ފުރުސަތުވެސް އޮތްކަން ފާހަގަކުރައްވައި ގާޒީ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ މުއްދަތު އިތުރު 30 ދުވަހަށް ސަސްޕެންޑް ކުރައްވާފައެވެ.

އަނަސްގެ މަރުކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް