Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނުގެ މަސްރަހު

2 ދުވަސްތެރޭގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދު 4ށް

މިފަހަރު އިސްރާއީލުން ބަޑިޖަހައި ޝަހީދުކޮށްލާފައިވަނީ އުމުރުން 17 އަހަރުގެ މުހައްމަދު ޒަޚަރްނެހް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 އެޕްރީލު 2022 | ހޯމަ 18:03
ފަލަސްތީނުގެ ރައްޔިތުން އިސްރާއީލު ސިފައިންނާ ކުރިމަތިލަނީ

ފަލަސްތީނުގެ ރައްޔިތުން އިސްރާއީލު ސިފައިންނާ ކުރިމަތިލަނީ

އިސްރާއީލުން ދެ ދުވަސްތެރޭގައި ޝަހީދުކޮށްލި ފަލަސްތީނުގެ އާންމުންގެ އަދަދު ހަތަރަކަށް އަރައިފިއެވެ.

މިފަހަރު އިސްރާއީލުން ބަޑިޖަހައި ޝަހީދުކޮށްލާފައިވަނީ އުމުރުން 17 އަހަރުގެ މުހައްމަދު ޒަޚަރްނެހްއެވެ. އޭނާ ޝަހީދުކޮށްލާފައިވަނީ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމުގައިވާ ޖެނީންގައެވެ. އޭނާގަޔަކަށް ބަޑިޖަހާފައިވަނީ އާދިއްތަ ދުވަހުއެވެ. އޭނާ ޝަހީދުވިކަމުގެ ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

އާދިއްތަ ދުވަހު މުހައްމަދަށް އިސްރާއީލު ސިފައިން ހަމަލާދީފައިވަނީ ރާދް ހާޒިމްގެ އާއިލީ މީހުންނަށް ޓާގެޓްކޮށް ދެމުންދާ ހަމަލާތަކުގައެވެ. އުމުރުން 28 އަހަރުގެ ރާދް ހާޒިމްއަކީ ތެލްއަވީވްގައި އިސްރާއީލުގެ ތިން މީހުން މަރާލި މީހެކެވެ. އެއާއެކު އިސްރާއީލު ސިފައިން ވަނީ އޭނާ ޝަހީދުކޮށްލުމަށް ބޮޑު އޮޕަރޭޝަނެއް ކުރިޔަށްގެންގޮސްފައެވެ.

ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ ފަލަސްތީނުގެ ނިއުސް އެޖެންސީ ކަމުގައިވާ "ވަފާ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި, މުހައްމަދަށް އިސްރާއީލުން ހަމަލާދީފައިވަނީ މަސައްކަތް ނިންމުމަށްފަހު ރޯދަ ވީއްލުމަށް ގެޔަށް ދިޔަ މަގުމަތީގައެވެ.

ހޯމަ ދުވަހު އިސްރާއީލުގެ ސިފައިން ވަނީ ޖެނިންގެ ވަށައިގެންވާ ސަރަހައްދުތަކުގައި ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. ފާއިތުވި ތިން ހަފުތާތެރޭގައި ފަލަސްތީނުގެ 14 މީހުން ޝަހީދުކޮށްލާފައިވެއެވެ.

އިސްރާއީލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ އަންހެނަކު ޝަހީދުވި މައްސަލައެއް ވަނީ ހޫނުވެފައެވެ. އެކަމާގުޅިގެން އީޔޫގެ ޑިޕްލޮމެޓިކް މިޝަނުން ބުނެފައިވަނީ ހާލަތާ ނުބައްދަލު ބާރު އިސްރާއީލުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް (ވަކިން ޚާއްސަކޮށް ހަތިޔާރުނެތް އާންމުންނަށް) އަމާޒުކޮށް ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ފަލަސްތީންއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު