Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމައިކަލް ޓެޓޭ

މައިކަލް ޓެޓޭ: އުކާލެވޭ ބިއްލޫރުކުނިން ތަފާތު ރީތި އުފެއްދުންތައް އުފައްދާ ފަރާތެއް

11 އެޕްރީލު 2022 | ހޯމަ 14:26

މައިކަލް އޭނާގެ މަސައްކަތް ކުރަނީ އުކާލެވޭ ބިއްލޫރި ކުނި ބޭނުންކޮށްގެން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 އެޕްރީލު 2022 | ހޯމަ 14:26
މައިކަލް ޓެޓޭ އޭނާ އުފައްދާފައިވާ ބިއްލޫރި ވާސް އެއް ހިފައިގެން

މައިކަލް ޓެޓޭ އޭނާ އުފައްދާފައިވާ ބިއްލޫރި ވާސް އެއް ހިފައިގެން

މައިކަލް ޓެޓޭ އަކީ ގާނާގައި ބިއްލޫރިން ތަފާތު ސާމާނު އުފެއްދުމުގެ މަސައްކަތް ރަސްމީގޮތެއްގައި ކުރާ ހަމައެކަނީ މީހާއެވެ. 2012 ވަނަ އަހަރު ފްރާންސް އަދި ނެދަލޭންޑްސް އިން މިހުނަރު ދަސްކުރުމަށްފަހު އަނބުރާ ގައުމަށް އައިސް ގައުމުގައި އެމަސައްކަތް ކުރަން އޭނާ ބޭނުންވިއެވެ.

މައިކަލް އޭނާގެ މަސައްކަތް ކުރަނީ އުކާލެވޭ ބިއްލޫރި ކުނި ބޭނުންކޮށްގެންނެވެ. މިގޮތަށް އުކާލެވޭ ބިއްލޫރި ކުނި އޭނާ ބޭނުންކުރަނީ ގާނާގައި އުކާލެވޭ ބިއްލޫރި ކުނި މަދުކުރުމާއި ބޭކާރު ގޮތުގައި ކުރެވޭ އިމްޕޯޓުތައް މަދުކުރުމަށް އެހީވުމުގެ ގޮތުންނެވެ.

މައިކަލް ބުނާގޮތުން ނަމަ ބިއްލޫރި އަކީ ވަރަށް ރީތި އެއްޗެކެވެ. މިގޮތަށް ބޭނުންނުކޮށް އުކާލެވޭ ބިއްލޫރިންވެސް ދެވަނަ ފަހަރަށް ބޭނުންކުރާނެ ތާފާތު ރީތި އެއްޗެހި އުފެއްދޭނެއެވެ.

ބިއްލޫރި އަށް ހޫނުކޮށް އެއަށް ފުމެގެން އޭގެއިން ތަފާތު އެއްޗެހި އުފެއްދުމަކީ މައިކަލްގެ ޕެޝަންކަމުގައި އޭނާ ބުނެއެވެ. އަދި މިކަމަކީ އޭނާގެ ހިތުން ވަރަށް ބޮޑު ޖާގައެއް ހޯދާފައިވާކަމެއް ކަމަށާއި އަބަދުވެސް ހުންނަނީ އެ މަސައްކަތްކުރާ ހިތުންކަން މައިކަލް ފާހަގަކުރެއެވެ.

މިގޮތަށް ބިއްލޫރިން މަސައްކަތްކުރާއިރު، ފުރަތަމަ ބޭނުންކުރާ ބިއްލޫރި ކޮޅަށް، ވަކި އާލާތެއް ބޭނުންކޮށްގެން ފުމުމުން އޭތިބޮޑުވެ ތަފާތު ބަައްޓަންތަކަށް ހެދޭކަން މައިކަލް ފާހަގަކުރެއެވެ. އަދި މިގޮތަށް އެކި ކުލަކުލައިގެ އުފެއްދުންތައް އުފެއްދޭކަން އޭނާ ފާހަގަކުރެއެވެ. އެގޮތުން ބައެއްފަހަރު ރަތްކުލަޔާ ކަޅުކުލައިން، ބައެއް ފަހަރު ފެހި ކުލައިން އަދި ބައެއް ފަހަރު ހުދު ނުވަތަ ރީދޫ ބިއްލޫރީގެ އުފެއްދުންތައް އުފެއްދޭކަމަށް މައިކަލް ބުނެއެވެ.

އަމިއްލަ އަތުން މިތަކެތި އުފައްދާއިރު އޭގެ ނިޝާންތައް މައިކަލްގެ އަތުން ހުރީ ފެންނާށެވެ. ބޭނުންކޮށްފައި އުކާލެވޭ ބިއްލޫރުފުޅިން ގޭތެރެ ޒީނަތްތެރިކުރަން ބޭނުންކުރެވޭނެ ތަފާތު ސާމާނު މައިކަލް އުފައްދާއިރު، މިތަކެތި އުފެއްދުމުގެ މަސައްކަތް އޭނާ ކުރަނީ 1،500 ސެލްސިއަސް ހޫނު ގަދަ އަލިފާން ބޭނުންކޮށްގެންނެވެ. އަލިފާނުން ރައްކާތެރިވުމަށް އޭނާގެ އަތަށް އަންގިއެއް ފަދަ އެއްޗެއް ވެސް ނުލައްވައެވެ. ބޭނުންކުރަނީ ތެއްމާލާފައިވަ ނޫސް ކަރުދާކޮޅެކެވެ.

މައިކަލްގެ އުންމީދަކީ ގާނާއިން އިމްޕޯޓް ކުރާ ބޭރުގެ ބިއްލޫރި މަދުކުރުމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެގައުމުން ކޮންމެ އަހަރު 300 މިލިއަން ޑޮލަރުގެ ބިއްލޫރި އާއި ސެރަމިކް ތަކެތި އެތެރެ ކުރެއެވެ. މީގެ ތެރެއިން 80 އިންސައްތައަށް ވުރެ ގިނަ މުދަލަކީ ޗައިނާއިން އެތެރެކުރާ މުދަލެވެ.

މައިކަލް ބުނަނީ ގާނާގެ ބައެއް ކުންފުނިތަކުން ބިއްލޫރި ރީސައިކަލް ކުރިޔަސް ގިނަ އަދަދެއްގެ ބިއްލޫރި ކުނި ގައުމުގެ އެކު ސަރަހައްދުތަކުން ފެންނަން ހުންނަ ކަމަށެވެ. އޭނާގެ މަސައްކަތްކުރުމަށް ބިއްލޫރި ހޯދަން ވަކި ކަލެކްޝަން ޕްރޮސެސްއެއް ނުގެންގުޅޭ ކަމަށާއި ވަކި ސަރަހައްދުތަަކަކަށް ބިއްލޫރި ކުނި ފުންޏަކަށް ޖެހި ގިނަވެފައި އޮންނަތަން ދެކެން ބޭނުންނުވާ ކަމަށް އޭނާ ބުނެއެވެ.

10 އަހަރުގެ ބުރަ މަސައްކަތާއެކު މައިކަލްގެ ވިޔަފާރި މިހާރު ވަނީ ފުޅާވާން ފަށާފައެވެ. މިމަސައްކަތް ކުރާނެ ގޮތް އޭނާ އެހެން މީހުންނަށް ކިޔައިދެމުން އަންނަ އިރު، މިހާރު އޭނާގެ ދަށުން މަސައްކަތްކުރާނެ މުވައްޒަފުންވެސް ތިބެއެވެ. މައިކަލްގެ އަމާޒަކީ ވީހާވެސް ގިނަ ޒުވާނުންނަށް މި ހުނަރު ދަސްކޮށްދީ ވަޒީފާގެ ފުރުސަތު ދިނުމެވެ.

މިހާރަށް ވުރެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތްވެސް ކުރަން ބޭނުންވާކަން މައިކަލް ފާހަގަކުރާއިރު، އޭނާގެ ވިޔަފާރީގެ އުފެއްދުންތައް ގާނާ އާއި އައިވަރީ ކޯސްޓުގެ ސްވެނިއަރ ފިހާރަތަކުން ލިބެން ހުރެއެވެ. އަދި ހުޅަނގާ އެމެރިކާގެ ބައެއް އަރޓް ގެލެރީތަކުންވެސް މައިކަލްގެ އުފެއްދުންތައް ވަނީ ޖާގަހޯދާފައެވެ.

މައިކަލް ޓެޓޭ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ޖޫން 2018

ވާރލްޑް ކަޕު ބެލުމަށް އަނބިމީހާ ހުއްދަ ނުދިނުމުން މެކްސިކޯގެ ރައްޔިތަކު މެޗް ބެލިގޮތް ވަރަށް ތަފާތު!

19 ޖޫން 2018
ވާރލްޑް ކަޕު ބެލުމަށް އަނބިމީހާ ހުއްދަ ނުދިނުމުން މެކްސިކޯގެ ރައްޔިތަކު މެޗް ބެލިގޮތް ވަރަށް ތަފާތު!
22 މެއި 2018

ޑިސްކޯ މިހާރު މުޅިން ތަފާތު ކަމެއްގައި!

22 މެއި 2018
ޑިސްކޯ މިހާރު މުޅިން ތަފާތު ކަމެއްގައި!
21 މެއި 2018

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

21 މެއި 2018
ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20 މެއި 2018

ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!

20 މެއި 2018
ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!
04 މާރިޗު 2018

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!
19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
07 ސެޕްޓެމްބަރު 2017

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟
30 އޯގަސްޓު 2017

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް
20 ޖޫން 2017

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް