Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީގެ މަސައްކަތްތައް

ދައުލަތަށް ގެއްލިގެންދާ ފައިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް ގާނޫނީ ހުރަހެއް އޮތްތޯ ދަނީ ބަލަމުން - އޭސީސީ

11 އެޕްރީލު 2022 | ހޯމަ 09:58

ގެއްލިގެންދާ ފައިސާ ހޯދުމަށް ގުޅުން ހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 އެޕްރީލު 2022 | ހޯމަ 09:58
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ބައްދަލުކުރުން

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ބައްދަލުކުރުން

ދައުލަތަށް ގެއްލިގެންދާ ފައިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް ގާނޫނީ ހުރަހެއް އޮތްތޯ ބެލުމަށް ދިރާސާއެއް ހަދަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިިޓީގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވަނީ މަސައްކަތްތައް މިހާރު ރޭވިފައިވާ ގޮތުގެ ތަފްސީލް ދެއްވާފައެވެ. ޝާމިލް ވިދާޅުވީ، ކޮމިޝަންގެ މައިގަނޑު އަމާޒަކީ ދައުލަތަށް ގެއްލިގެންދާ ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ފުރިހަމައަށް ކުރުން ކަމަށެވެ. އެގޮތުން މިހާރު ގާނޫނީ ގޮތުން އެކަމަށް ހުރަހެއް އޮތްތޯ ބެލުމަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށާއި، އެ ދިރާސާގެ އަލީގައި ގާނޫނަށް އިސްލާހެއް ގެންނަން ޖެހޭނަމަ އެޓާނީ ޖެނެރަލާއެކު އެ މަޝްވަރާތައް ކުރައްވާނެ ކަަމަށެވެ. ހަމަ މިއާއެކު އައު އުސޫލުތަކެއް އެކުލަވާލަން ޖެހޭތޯވެސް މި ދިރާސާއިން ބަލާނެ ކަމަށް ވިދާޅުވިއެވެ. ޝާމިލް ވިދާޅުވީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިރާސާ ނިމޭނެ ކަމަށެވެ.

Advertisement - newsAdvertisement

ޝާމިލް ވިދާޅުވީ، ގެއްލިގެންދާ ފައިސާ ހޯދުމަށް ގުޅުން ހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އައު ބޯޑުން މިހާރު ފުލުހުންނާއި، ދައުލަތުގެ ޕްރޮސެކިއުޓަރުންނާ އެކުވެސް ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގެ ނަތީޖާ ރަނގަޅު ކަމަށް ޝާމިލް ވިދާޅުވިއެވެ.

އޭސީސީ ރަނގަޅަށް ހިނގައިގަތުމަށް ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ޝާމިލް ވިދާޅުވީ، މިހާރު ކުރު ރާސްތާ ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށެވެ. އޭގައި މައިގަނޑު 6 ކަމެއް އެކުލެވިފައިވާކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އޭސީސީއަކީ އޭގެ ޒާތުގައި އަމިއްލައަށް މަސައްކަތް ކުރެވެންޖެހޭ ތަނަކަށް ވާން ޖެހޭ ކަމަށެވެ. އެކަމަށް ކުރު ރާސްތާ ޕްލޭންގައި އަލިއަޅުވާލެވިފައިވާކަމަށާއި ޒަމާނީ ގޮތަށް މުއައްސަސާ ހިންގަން ބޭނުންވާ ފުރިހަމަ ވަސީލަތައްވެސް ނެތްކަމަށް ޝާމިލް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

ގާނޫނީ ވާޖިބު އަދާކުރުމަށް ކުރު މުއްދަތެއްގައި ނަތީޖާ ނެރުން އެއީ އެންމެ އިސްކަންދެއްވާނެކަން ކަމުގައި ޝާމިލް ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ، އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރިއަށް ދާނެ ގޮތް ހޯދިއްޖެ ކަމަށެވެ. އެކަމަށް ޚާއްސަ ޓީމެއް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ. އެ މައްސަލައިގެ ދެބައެއް ތަހުގީގު ކުރަމުން އަންނަކަން ފާހަގަކުރައްވައި ސަލާމް ވިދާޅުވީ، ރަށްތަކުގެ މައްސަލައާއި، އެމްއެމްޕީއާރްސީގެ ލިސްޓްގެ މައްސަލަ ވަކިވަކިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ސަލާމް ވިދާޅުވީ، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ކޮމިޝަނަށް ހުށއެޅޭ މައްސަލަތަކުގައި އިސްކަންދޭނެ އުސޫލަށް އަންނަ މަހު އަމަލު ކުރަން ފަށާނެ ކަމަށާއި، މިހާރު ކޮމިޝަންގައި އޮތް ބެކްލޮގް ކްލިއަރ ކުރުމަށްޓަކައި ތަހުގީގު ޓީމުތައް ބަހާލެވިފައިވާކަމުގައި ސަލާމް ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުން އެތަނުން ބަލަމުން ދިޔަ މައްސަލަތައް އޭސީސީއަށް ޓްރާންސްފަރު ކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާކަމަށްވެސް ސަލާމް ވިދާޅުވިއެވެ.

އައު މެމްބަރުން ކޮމިޝަނާއި ހަވާލުވެ މަސައްކަތް ފަށާފައިވަނީ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ އައު މެމްބަރުންނަކީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް، ނާއިބު ރައީސް އަބްދުއްސަލާމް އާއި ތާހާ މުހައްމަދު، ޝަޒްނާ ހާޝިމް އަދި ޝިޔާމާ މުހައްމަދު އެވެ.

އޭސީސީރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
28 އޮކްޓޯބަރު 2025

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް