Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ޝޭހްބާޒް ޝަރީފް

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އިދިކޮޅުން ހުށަހެޅީ ޝަހްބާޒް ޝަރީފް

10 އެޕްރީލު 2022 | އާދީއްތަ 13:52

ޕާކިސްތާނުގެ އައު ބޮޑުވަޒީރު ހޮވުމަށް ވޯޓުލުން ތަވާލުކޮށްފައި ވަނީ ހޯމަ ދުވަހަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 އެޕްރީލު 2022 | އާދީއްތަ 13:52
 ޝަހްބާޒް ޝަރީފް ވަނީ ބޮޑުވަޒީރުގެ މަގާމަށް ކުރިމަތިލެއްވުމަށް އާދިއްތަ ދުވަހު ނަން ހުށަހަޅުއްވާފައި

ޝަހްބާޒް ޝަރީފް ވަނީ ބޮޑުވަޒީރުގެ މަގާމަށް ކުރިމަތިލެއްވުމަށް އާދިއްތަ ދުވަހު ނަން ހުށަހަޅުއްވާފައި

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އިދިކޮޅުން ޝަހްބާޒް ޝަރީފް ހުށަހަޅައިފިއެވެ.

ރޮއިޓަރސްގައި ޕާކިސްތާން މުސްލިމް ލީގު-ނަވާޒް ޕާޓީ އާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން ޝަހްބާޒް ޝަރީފް ވަނީ ބޮޑުވަޒީރުގެ މަގާމަށް ކުރިމަތިލެއްވުމަށް އާދިއްތަ ދުވަހު ނަން ހުށަހަޅުއްވާފައެވެ.

ޝަހްބާޒް ޝަރީފް އަކީ ކުރިން ތިން ފަހަރެއްގެ މަތިން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި އިމްރާން ޚާންގެ އިތުބާރުނެތް ކަމުގެ ވޯޓަށް ފަހު ދެން ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް ލަފާކުރެވޭ ބޭފުޅަކީ ޝަހްބާޒް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޕާކިސްތާނުގެ އައު ބޮޑުވަޒީރު ހޮވުމަށް ވޯޓުލުމަށް ތާވަލުކޮށްފައި ވަނީ ހޯމަ ދުވަހަށެވެ.

ޕާކިސްތާނުގެ 75 އަހަރުގެ ތާރީހުގައި އެއްވެސް ބޮޑުވަޒީރަކަށް ފަސް އަހަރުގެ ދައުރު ފުރިހަމަކުރެއްވިފައި ނުވާއިރު، އިމްރާން ޚާން އަކީ އިތުބާރުނެތްކަމަށް ވޯޓުނަގައި މަގާމުން ވަކިކުރެވުނު ފުރަތަމަ ބޮޑުވަޒީރުކަމަށް ރޮއިޓަރސް އިން ވަނީ ރިޕޯޓުކޮށްފައެވެ.

އިމްރާން ޚާންގެ އިތުބާރުނެތްކުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު އޭނާ ވަނީ އެމައްސަލަ މަޖިލީހުން ބޭރުކޮށްލަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ގާނޫނުހަދާ މަޖިލީސް އުވާލައްވާފައިވެސްވެއެވެ. ނަމަވެސް ހޮނިހިރު ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ނެގުނު ވޯޓުން އިމްރާން ޚާންގެ އިތުބާރުނެތް ކަމަށް 342 މެމްބަރުން ހިމެނޭ މަޖިލީހުގެ 174 މެމްބަރުން ވަނީ ވޯޓުލާފައެވެ.

އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކިކުރުމާ ގުޅޭގޮތުން އިމްރާން ޚާން އަދި ވަކިއެއްޗެއް ވިދާޅުވެފައި ނެތް ނަމަވެސް އޭނާ ވަނީ މަޑުން ނުހުންނަވާނެ ކަމަށް މިވޯޓު ނެގުމުގެ ކުރިން ވިދާޅުވެފައެވެ. އަދި އޭނަގެ ސަޕޯޓަރުންނަށް ވަނީ މަގުމައްޗަށް ނުކުމެ ހިޔާލުފާޅުކުރުމަށް ގޮވާލައްވާފައެވެ.

ބޮޑުވަޒީރުކަމަށް ކުރިމަތިލައްވާ ޝަހްބާޒް ޝަރީފް ވަނީ އިމްރާން ޚާން މަގާމުން ވަކިކުރެވިގެން ދިއުން މިއީ އައު ފެށުމަކަށް ލިބުނު ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ. އައު ދުވަހަކަށް އިރު އަރާފައިވާ ކަމަށާއި އިދިކޮޅުގެ މި ކޯލިޝަނުން ޕާކިސްތާން އަލުން އާރާސްތުކުރާނެ ކަމަށް ވިދާޅުވިއެވެ.

ޝަހްބާޒް ޝަރީފް ވަނީ މީގެ ކުރިން ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައެވެ. އަދި އޭނާ އަކީ ޗައިނާގެ ތާއިދު ލިބިވަޑައިގަންނަވާ ސިޔާސީ ލީޑަރެކެވެ.

ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޝަހްބާޒް ޝަރީފްގެ ފުރަތަމަ މަސައްކަތަކަށް ވާނީ ހުޅަނގާ އެމެރިކާއާއެކު ހީނަރުވެފައިވާ ގުޅުން އަލުން އިޔާދަކުރެއްވުމެވެ. އަދި ޕާކިސްތާނުގެ އަސްކަރިއްޔާއާ ސަރުކާރާ ދެމެދު އޮތް ގުޅުން ރަނގަޅުކުރުމުގެ މަސައްކަތްވެސް ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

އިމްރާން ޚާން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި އިރު އޭނާއަށް އަސްކަރިއްޔާގެ ތާއިދު އޮތް ނަމަވެސް އިގުތިސާދީ މައްސަލަތަކާއި އަދި އެނޫންވެސް ސަބަބުތަކާހުރެ ގުޅުން ވަނީ ހީނަރުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 އޯގަސްޓު 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި

01 އޯގަސްޓު 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި
01 އޯގަސްޓު 2017

ޕާކިސްތާނުގެ އާ ބޮޑު ވަޒީރަކަށް ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ހައްގާން އައްބާސީ ވަޑައިގަންނަވަނީ

01 އޯގަސްޓު 2017
ޕާކިސްތާނުގެ އާ ބޮޑު ވަޒީރަކަށް ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ހައްގާން އައްބާސީ ވަޑައިގަންނަވަނީ
31 ޖުލައި 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!

31 ޖުލައި 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!
29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
28 ޖުލައި 2017

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި
28 ޖުލައި 2017

ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި
25 ޖުލައި 2017

ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

25 ޖުލައި 2017
ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު
24 ޖޫން 2017

މައްސަލަ ހައްލުކުރަން ހުށަހެޅީ ހަމަނުޖެހޭ ޝަރުތުތަކެއް: ޤަތަރު

24 ޖޫން 2017
މައްސަލަ ހައްލުކުރަން ހުށަހެޅީ ހަމަނުޖެހޭ ޝަރުތުތަކެއް: ޤަތަރު
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް