Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާއަށް ބޭރުގެ އެހީ ހޯދުން

އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް 3 ބިލިއަން ޑޮލަރުގެ ބޭރުގެ އެހީ ބޭނުންވާނެ – ލަންކާގެ ފިނޭންސް މިނިސްޓަރ

ލަންކާއިން ދައްކަން ޖެހިފައި ހުރި ދަރަނީގެ ސަބަބުން އެގައުމުގެ އަހަރު ދުވަހުގެ ދަރަނި 7 ބިލިއަން ޑޮލަރަށް އަރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 އެޕްރީލު 2022 | ހޮނިހިރު 14:17
ލަންކާގެ އައު ފިނޭންސް މިނިސްޓަރ އަލީ ސަބްރީ

ލަންކާގެ އައު ފިނޭންސް މިނިސްޓަރ އަލީ ސަބްރީ

ސްރީލަންކާގައި މިވަގުތު އޮތް ހަމަނުޖެހުމުން އަރައިގަނެ، ޒަރޫރީ ތަކެއްޗަށް އޮތް ދަތިކަންފިލުވާ، ވަކިން ހާއްސަކޮށް ތެލާއި ބޭސް އަދި އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް 3 ބިލިއަން ޑޮލަރުގެ ބޭރުގެ އެހީ ބޭނުންވާ ކަމަށް ލަންކާގެ އައު ފިނޭންސް މިނިސްޓަރ އަލީ ސަބްރީ ވިދާޅުވެއްޖެއެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި ކަރަންޓާއި، ބޭހާއި، ތެލާއި އަދި ޒަރޫރީ އާންމު ތަކެއްޗަށް ވަނީ ޖެހިފައެވެ. މިއާއެކު އާންމުން ރުޅިގަދަވެ މަގުތަކަށް ނިކުމެ މުޒާހަރަތައް ކުރަމުންއަންނަ އިރު، ރައީސް ގޮތަބަޔަ ރާޖަޕަކްސައަށް ވަނީ ނުއުފުލޭވަރުގެ ފިއްތުންތަކާއި ކުރިމަތިލާންޖެހިފައެވެ.

މަގާމާއި ދެވަނަ ފަހަރަށް ހަވާލުވެވަޑައިގަތުމަށްފަހު ރޮއިޓަރސް އަށް ދެއްވި އިންޓަރވިއުއެއްގައި ސަބްރީ ވިދާޅުވީ މިއީ ވަރަށް ގޮންޖެހުންބޮޑު މަސައްކަތެއް ކަމަށެވެ. ސަބްރީ މަގާމާއި ހަވާލުވެވަޑައިގެން ފުރަތަމަ ހަފްތާ ތެރޭގައި ގައުމަށް ބޭނުންވާ 3 ބިލިއަން ޑޮލަރު ހޯދުމަށްޓަކައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި މަޝްވަރާތައް ކުރުމަށްދަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން އިންޓަރނޭޝަނަލް ސޮވްރިން ބޮންޑު ރިސްޓްރަކްޗަރ ކުރުމާއި، ލޯންތައް ދެއްކުން ފަސްކުރުމުގެ އިތުރުން، ޖުލައި މަހުގައި ދައްކަން ޖެހޭ ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށް ބޮންޑް ހޯލްޑަރުންނާއި މަޝްވަރާ ކުރައްވަން ވަނީ ފައްޓަވާފައެވެ. އަދި ސަބްރީ ހުންނެވީ މިކަން ކުރެއްވޭނެ ކަމުގެ ބޮޑު އުއްމީދެއްގައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި، މި ހަފްތާ ތެރޭގައި ލަންކާއިން ދައްކަން ޖެހިފައި ހުރި ދަރަނީގެ ސަބަބުން އެގައުމުގެ އަހަރު ދުވަހުގެ ދަރަނި 7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ. މިއީ މިހާރު ހޯދަން މަސައްކަތް ކުރަމުން އަންނަ 3 ބިލިއަން ޑޮލަރު ހިމަނައިގެންނެވެ. ބޭރުގެ ސޮވްރިން ބޮންޑަށް ނުދެއްކި 12.55 ބިލިއަން ޑޮލަރު ހުރި އިރު، ބޭރުގެ ރިޒަރވްގެ ގޮތުގައި މާޗް މަހުގެ ނިޔަލަށް ހުރީ 1.93 ބިލިއަން ޑޮލަރު ކަމަށް ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސަބްރީ ވިދާޅުވީ ފުރަތަމަ އިސްކަމެއް ދެއްވަނީ ތެލާއި، ގޭހާއި ބޭސް އަދި ކަރަންޓް ލިބޭނެ އާންމު ހާލަތެއް ގެނެވޭނެ ގޮތެއް ހޯއްދެވުމަށް ކަމަށާއި، މިކަމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތަކަށް ޖަވާބެއް ލިބިގެންދާނެ ކަމަށެވެ.

ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ ފަރާތްތަކުން ހުއްޓާނުލާ މުޒާހަރާކުރަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. ވަކިން ހާއްސަކޮށް ވެރިރަށް ކޮލޮމްބޯގައި ކުރިއަށްގެންދާ މުޒާހަރާ ވަރަށް ހޫނެވެ. މިކަމުގެ ސަބަބުން ކޮވިޑް-19 އާއި ގުޅިގެން އަޑިއަޅާލާފައިވާ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ވަނީ ނިކަމެތިވެފައެވެ. ސަބްރީ ވިދާޅުވީ މުޒާހަރާއަށް އިހްތިރާމް ކުރައްވާ ކަމަށެވެ. ނަމަވެސް ނުރަނގަޅު ނަތީޖާ ނުކުންނަ ބީދައިން އެކަން ކުރުމަކީ ގެއްލުން ހުރި ކަމެއް ކަމަށެވެ.

ސަބްރީ ވިދާޅުވީ ވަފުދަކާއެކީ މި މަހުގެ 18 ވަނަ ދުވަހު އައިއެމްއެފްއާއި ބައްދަލު ކުރެއްވުމަށް އެމެރިކާގެ ވޮޝިންގްޓަން އަށް ވަޑައިގަންނަވާނެ ކަމަށާއި، އިގްތިސާދީ އަދި ގާނޫނީ އެޑަވައިޒަރުން ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި ކަނޑައަޅުއްވާ އެ ފަރާތްތަކާއެކު ބޭރުގެ ދަރަނިތައް އަލުން ރިސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ސަބްރީ ވިދާޅުވީ ޕަބްލިކް ފައިނޭންސް ރަނގަޅު ކުރުމަށްޓަކައި ކުރިއަށް އޮތް 6 މަސް ދުވަހަށް ޓެކްސް ބޮޑު ކުރުމާއި، ތެލުގެ އަގު ބޮޑުކުރުމުގެ އިތުރުން ގެއްލުމުގައި ހިންގަމުން އަންނަ ސަރުކާރުގެ ކުންފުނިތަކުގެ އޮނިގަނޑު ބަދަލުކުރައްވާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ލަންކާގެ މަޖިލީހުގައި ވާހަކަދައްކަވަމުން ސަބްރީ ވަނީ, ސަރުކާރު ބަދަލުކުރުމަށް ގޮވާލާ ގޮވާލުންތައް ހުއްޓާލުމަށްފަހު ހަމަވަމުންދާ ދަރަނިތައް ރީސްޓަރަކްޗަރ ކުރުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ދައުލަތުން ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ސޮވްރިން ދަރަނި މި ޖުލައި މަހަށް ހަމަވާކަން ފާހަގަކުރައްވައި, އިގުތިސާދު ހަމައަކަށް އެޅުވުމަށް މި ދަރަނި ރީސްޓްރަކްޗަރކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަލީ ސަބްރީ ވަނީ މިދަރަނި އަދާކުރުމަށް އެހީ ލިބޭތޯ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އަށް ވެސް ދާންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ވޯރލްޑް ބޭންކާއި އޭޑީބީގެ އެހީވެސް ބޭނުންވާކަމަށް ވިދާޅުވިއެވެ. މިއެހީތައް ބޭނުންނަމަ ގައުމުގައި ސިޔާސީ ހަމަޖެހުން ބޭނުންވާކަމަށާއި މި ހަމަޖެހުން ނެތްނަމަ މަޝްވަރާތައް ކުރަން ދާނީ ކޮންބައެއްތޯ އޭނާ ވަނީ ސުވާލުއުފައްދަވާފައެވެ.

ނަމަވެސް އިދިކޮޅުން އަދިވެސް ގޮވާލަމުންދަނީ ރައީސް ގޮތަބަޔާ ސަރުކާރުގެ އިސްތިއުފާއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީއަށް ހަތިޔާރު ވިއްކައިގެން އިނގިރޭސި ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ފައިދާ

ސައުދީއަށް ހަތިޔާރު ވިއްކައިގެން އިނގިރޭސި ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ފައިދާ

20 ސެޕްޓެމްބަރު 2017
ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް

ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް

04 ސެޕްޓެމްބަރު 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު