Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވިލް ސްމިތާމެދު ފިޔަވަޅު އެޅުން

ކުރިޔަށް އޮތް 10 އަހަރު ބާއްވާ އޮސްކާރ އެވޯރޑްސްގައި ވިލް ސްމިތަށް ބައިވެރިއެއްނުވެވޭނެ

އެކަޑަމީގެ ބަޔާނާ ގުޅިގެން ވިލް ސްމިތު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެކަޑަމީގެ ނިންމުން ގަބޫލުކުރާކަމަށާއި އެނިންމުމަށް އިހުތިރާމްކުރާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 އެޕްރީލު 2022 | ހޮނިހިރު 02:19
މިއަހަރުގެ އޮސްކާރ އެވޯރޑް ހަފްލާތެރެއިން

މިއަހަރުގެ އޮސްކާރ އެވޯރޑް ހަފްލާތެރެއިން

މިއަހަރުގެ އޮސްކާރ އެވޯރޑް ހަފްލާގައި ހޮލީވުޑްގެ މަޝްހޫރު ތަރި ވިލް ސްމިތު, އެވޯރޑް ހަފްލާ ހުށަހަޅައިދޭން ހުރި ކްރިސް ރޮކްގެ ކޯތާފަތް މަތީ ޖެހި މައްސަލާގައި ކުރިޔަށް އޮތް 10 އަހަރު ދުވަހު ބާއްވާ އޮސްކާރ އެވޯރޑްސްގައި އޭނާއަށް ބައިވެރިނުވެވޭގޮތަށް ހޮލީވުޑް ފިލްމް އެކަޑަމީން ނިންމައިފިއެވެ.

މީގެ 12 ދުވަސްކުރިން ހިނގައިދިޔަ މިހާދިސާއާ ގުޅޭގޮތުން އެކަޑަމީ އޮފް މޯޝަން ޕިކްޗަރ އާރޓްސް އެންޑް ސައިންސްގެ ބޯޑުން މިނިންމުން ނިންމާފައި މިވަނީ އެކަޑަމީން ވިލް ސްމިތު އިސްތިއުފާދިންތާ ހަފްތާއެއް ފަހުންނެވެ.

ލައިވްކުރަމުންދިޔަ މިހަފްލާގެ ތެރެއިން ވިލް ސްމިތު ހިންގި މިއަމަލާ ގުޅިގެން އެކަޑަމީގެ ރައީސް ޑޭވިޑް ރުބިންއާއި ޗީފް އެގްޒެކެޓިވް ޑޯވްން ހުޑްސަން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ, 94 ވަނަ އޮސްކާރ އެވޯރޑް ހަފްލާއަކީ ގިނަ އަދަދެއްގެ ބަޔަކު ފާއިތުވި އަހަރު ކޮށްފައިވާ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްކަމަށެވެ. ނަމަވެސް ވިލް ސްމިތު މިހަފްލާގައި ހިންގާފައިވާ އަމަލުގެ ސަބަބުން އެކަންކަމަށް ހިޔަނިއެޅިފައިވާކަމަށާއި, މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އެކަޑަމީގެ ބަޔާނާ ގުޅިގެން ވިލް ސްމިތު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ, އެކަޑަމީގެ ނިންމުން ގަބޫލުކުރާކަމަށާއި އެނިންމުމަށް އިހުތިރާމްކުރާކަމަށެވެ. ވިލް ސްމިތު ވަނީ އޭނާ އެވޯރޑް ހަފްލާގައި ކުރި ކަންތަކާ ގުޅިގެން ކްރިސް ރޮކްގެ ކިބައިންނާއި އޮސްކާރގެ ޕްރޮޑިއުސަރުންނާއި އެވޯރޑަށް ނޮމިނޭޓްވި ފަރާތްތަކުގެ ކިބައިންނާއި ބެލުންތެރިންގެ ކިބައިން މައާފަށް އެދިފައެވެ.

އޮސްކާރ އެވޯރޑް ހަފްލާތަކުން ބާކީކުރުމުގެ އިތުރުން އެކަޑަމީގެ ހުރިހާ އިވެންޓްތަކާއި ޕްރޮގްރާމްތަކުގައިވެސް ކުރިޔަށް އޮތް 10 އަހަރު ބައިވެރިނުވެވޭގޮތަށް އެކަޑަމީން ވަނީ ނިންމާފައެވެ.

ނަމަވެސް މި ދުވަސްތަކުގެ ތެރޭގައި ވިލް ސްމިތު އޮސްކާރއަށް ނޮމިނޭޓް ވާނެކަމެއް ނުވަތަ ނޫން ކަމެއް އެކަޑަމީން ހާމަކޮށްފައެއްނުވެއެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

01 އެޕްރީލު 2017
އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!
21 މާރިޗު 2017

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

21 މާރިޗު 2017
ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ
19 މާރިޗު 2017

ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

19 މާރިޗު 2017
ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ
13 މާރިޗު 2017

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

13 މާރިޗު 2017
ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ
08 މާރިޗު 2017

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު