Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާކިސްތާންގެ ސިޔާސީ މަސްރަހު

އިމްރާން ޚާން ދެން ކަންތައް ކުރައްވާނީ ކިހިނެއްބާ

8 އެޕްރީލު 2022 | ހުކުރު 08:14

ސުޕްރީމް ކޯޓުގެ ނިންމުމާއެކު މަޖިލިސް އަލުން ހުޅުވަން ޖެހޭނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 8 އެޕްރީލު 2022 | ހުކުރު 08:14
ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލިސް އުވާލީ ގާނޫނާއި ޚިލާފަށް ކަމަށް ބުރާސްފަތި ދުވަހު އެގައުމުގެ ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ ދެން ބޮޑުވަޒީރު އިމްރާން ޚާން ކުރިޔަށް ވަޑައިގަންނަވާނީ ކިހިނެއްތޯ؟ މިސުވާލެވެ.

އިޙްތިޔާރު ކުރެއްވޭނެ ޔަގީން ދެގޮތުން އެއްގޮތަކީ އަމިއްލަފުޅަށް އިސްތިއުފާދެއްވުމެވެ. އެއާއެކު މުޅި ސަރުކާރުވެސް އިސްތިއުފާދޭން ޖެހެއެވެ. އަނެއް ގޮތަކީ މަޖިލީހުގައި ނަގާނެކަން ޔަގީންވެފައިވާ އިތުބާރު ނެތްކަމުގެ ވޯޓާއި ކެރިގެން ކުރިމަތިލެއްވުމެވެ. މިވަގުތު އެންމެންވެސް އިންތިޒާރު ކުރަނީ ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ގޮތަށް މާދަމާ، ހޮނިހިރު ދުވަހު މަޖިލިސް އަލުން ހުޅުވާ މަސައްކަތް ފަށާނެ ވަގުތަށެވެ.

ޕާކިސްތާންގެ މަގްބޫލް ނޫހެއް ކަމަށްވާ "ދަ އެކްސްޕްރެސް ޓްރިބިއުން" ބުނާ ގޮތުން އިމްރާން ޚާނަށް އެންމެ ބޮޑަށް މަޝްހޫރުކަން ލިބިވަޑައިގެންފައިވަނީ ދެގޮތަކުންނެވެ. އެއީ ކަންތައް ކުރައްވާނެ ގޮތެއް ކުރިޔަށް ހާމަނުކުރެއްވުމާއި އަދި މީހުންގެ ސަމާލުކަން ހޯއްދަވަން އެނގިވަޑައިގަތުމެވެ.

އެއްބަޔަކު ގަބޫލު ކުރާ ގޮތުގައި ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ފަހުވެސް އިމްރާން ޚާނަށް ސިޔާސީ "އެނބުރި އައުމަކަށް" ފުރުސަތު އެބައޮތެވެ. އެއީ އޭނާ ކަންތައް ކުރައްވާ ގޮތެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.

ސުޕްރީމް ކޯޓުގެ އަމުރާއެކު ކުރެއްވި ޓްވީޓްގައި އިމްރާން ޚާން ވަނީ، ކްރިކެޓް މެޗަކަށް ނިސްބަތް ކުރައްވާ "ފަހުބޯޅަ" އަންނަންދެން މައިދާނުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު ބައެއް މީހުން ކުރާ ސުވާލަކީ ކްރިކެޓް މައިދާނުގައި އޭނާއަށް ކުރިން ލިބިވަޑައިގެންނެވި ލޯބި އަދިވެސް އެގޮތުގައި އެބައޮތްތޯ ކުރެވޭ ސުވާލެވެ.

އަނެއްސުވާލަކީ އިމްރާން ޚާންގެ ޕީޓީއައި ޕާޓީގެ މުސްތަގްބަލާއި ބެހޭގޮތުން އުފެދިފައިވާ ސުވާލެވެ. ޚާއްސަކޮށް އެގައުމުގައި ބޭރުގެ ނުފޫޒު އޮތްކަމަށް އެޕާޓީން ބުނި ބުނުން ސުޕްރީމް ކޯޓުން ގަބޫލުކޮށްފައިނުވާތީ އެޕާޓީން ދައްކާ ވާހަކަ ގަބޫލުކުރަން އާންމު ރައްޔިތުންނަށް ދެން ދަތިވާނެތީއެވެ.

ގެމްބްލް ކުރުމަށް ނިސްބަތްކޮށް އިދިކޮޅު ބައެއް ފަރާތްކުން ބުނާ ގޮތުގައި އިމްރާން ޚާނަކީ އަބަދުވެސް ސްޓޭކް ނުވަތަ ފައިސާ ނެތި ގެންބްލް ކުރައްވާ ބޭފުޅެކެވެ. މާނައަކީ ބޭރުގެ ނުފޫޒުގެ ވާހަކަ އަކީވެސް ހަގީގަތެއްނެތި ދެއްކެވި ވާހަކަފުޅެކެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ސިޔާސީ ހަނގުރާމައިގައި ދެން އިމްރާން ޚާނަށް އޮތް ގޮތަކީ ބަލި ގަބޫލުކުރެއްވުމެވެ.

ނަމަވެސް ޕާކިސްތާންގެ އިންސްޓިޓިއުޓް އޮފް ލެޖިސްލޭޓިވް ޑިވެލޮޕްމަންޓް އެންޑް ޓްރާންސްޕޭރަންސީގެ ރައީސް ބިލާލް މެހްބޫބް ދެކޭގޮތުގައި އިމްރާން ޚާން އަދި ޕީޓީއައި އަށް އޮތް ތާއީދު އަދި މިވަގުތު، ކުރުމުއްދަތަކަށް ނަމަވެސް އޮންނާނެއެވެ. އިމްރާން ޚާން އަކީ ދެއްވަން ބޭނުންފުޅު ސިޔާސީ މެސެޖްތައް ދެއްވުމުގައި ކާމިޔާބު ބޭފުޅެއްކަމަށާއި ކުރިޔަށް ކަންތައް ވާނެ ގޮތެއް އެނގޭނީ ދެން އެޕާޓީން އަޅާ ފިޔަވަޅުތަކުން ކަމުގައި އޭނާ ބުނެފައިވެއެވެ.

އެޕާޓީގެ އިސްފަރާތްތަކާއި ހަވާލާދީ ލިބޭ ރިޕޯޓްތައް ބުނާ ގޮތުން މިއަދު، ހުކުރު ދުވަހު އަނެއްކާވެސް "ސަޕްރައިސް" އެއް އިއުލާން ކުރައްވަން އިމްރާން ޚާން ވަނީ ތައްޔާރުވެފައެވެ. މިކަމުގެ ތަފްސީލް އަދި ހާމަވެފައި ނުވި ނަމަވެސް މިއަދުވަނީ ފެޑަރަލް ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ. އަދި ހަމަ މިއަދު އިމްރާން ޚާން ގައުމާއި މުޚާތަބުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިތަގްރީރްގައި ޕާޓީގެ ނިންމުން ހާމަކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.   

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

29 މެއި 2018

ޓްރަމްޕާއި ކިމްގެ ބައްދަލުވުން: މިފަހަރު ކަންކަން ވާނީ ކިހިނެއްބާ؟

29 މެއި 2018
ޓްރަމްޕާއި ކިމްގެ ބައްދަލުވުން: މިފަހަރު ކަންކަން ވާނީ ކިހިނެއްބާ؟
11 މެއި 2018

ރައީސް ޔާމީންގެ އެކުވެރި، ހުދުމުތާރު، ކޮރަޕްޓް ވެރީންގެ ވެރިކަންތައް ނިމުމަކަށް! ރައީސް ޔާމީންގެ ވެރިކަން ނިމޭނީ ކޮންގޮތަކަށް؟

11 މެއި 2018
ރައީސް ޔާމީންގެ އެކުވެރި، ހުދުމުތާރު، ކޮރަޕްޓް ވެރީންގެ ވެރިކަންތައް ނިމުމަކަށް! ރައީސް ޔާމީންގެ ވެރިކަން ނިމޭނީ ކޮންގޮތަކަށް؟
25 ޖެނުއަރީ 2018

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

25 ޖެނުއަރީ 2018
ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި
26 އޮކްޓޯބަރު 2017

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް
11 ސެޕްޓެމްބަރު 2017

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!
04 އޯގަސްޓު 2017

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!
28 ޖޫން 2017

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!
18 މެއި 2017

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް