Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕްލާސްޓިކް އަލުން ބޭނުންކުރުން

ކޮންގޯއަށް ދިމާވެފައިވާ ޕްލާސްޓިކް މައްސަލަ އާމްދަނީ ލިބޭނެ ފުރުސަތަކަށް

އެ ސިޓީން ދުވާލެއްގެ މައްޗަށް 600 ޓަނުގެ ކުނި އުފައްދާ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 8 އެޕްރީލު 2022 | ހުކުރު 07:35
ކޮންގޯ ޕްލާސްޓިކުން ތަޣައްޔަރުވެފައި

ކޮންގޯ ޕްލާސްޓިކުން ތަޣައްޔަރުވެފައި

ކޮންގޯގެ ސިޓީއެއް ކަމަށްވާ ބުކާވޫގައި ދުވާލެއްގެ މައްޗަށް އެތައް ހާސް ޕްލާސްޓިކް ފުޅިއެއް ދަނީ ރުސީޒީ ކޯރަށް އުކަމުންނެވެ. މިއާއެކު މީގެ ހަތް އަހަރު ކުރިން އެގައުމުގައި ކަރަންޓު އުފެއްދުމެއް ބޭނުންކުރާ ހައިޑްރޯޕަވަރ ސްޓޭޝަންގެ ޓަރބައިންތައް ބެދި، އެތައް މަހެއް ވަންދެން އެތަން ބަންދުކުރަން ވަނީ ޖެހިފައެވެ. އަދި މުޅި ސިޓީން ކަރަންޓު ކެނޑި އަނދިރީގައި އެތައް ދުވަހެއް ވަންދެން އުޅެން ޖެހުނެވެ.

އެ ސިޓީއަށް ދިމާވެފައިވާ ޕްލާސްޓިކުގެ މި މައްސަލަ އެލީ މަޕެންޒީ މަތަބާރޯއަށް ފެނުނީ ރަނގަޅު ނަތީޖާއެއް ނެރުމަށް ބޭނުންކުރެވޭނެ އެސެޓެއްގެ ގޮތުގައެވެ. އާމްދަނީ ހޯދުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެވޭނެ ފުރުސަތެއްގެ ގޮތުގައެވެ.

މީގެ 7 އަހަރުކުރިން އޭނާގެ ކުންފުނި އެފްޑީއޭ ގްރޫޕުން ވަނީ ޕްލާސްޓިކު ފުޅިއާއި އަދިވެސް މިނޫން އެކި ބާވަތުގެ ކުނި ބޭނުންކޮށްގެން މަގުތަކުގެ ދުވާރުގައާއި، ބޮޑެތި ސަރަހައްދުތަކުގައި ޖަހަން ގައު ހެދުމުގެ މަސައްކަތް ފަށާފައެވެ. މިއީ އަގު ހެޔޮ އަދި ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށް ވަރުގަދަކޮށް ތައްޔާރުކުރާ ގައު ތަކެކެވެ.

މަޕެންޒީ ބުނިގޮތުގައި އޭރު އެ ސިޓީގައި ތިމާވެށި ރައްކާތެރިކުރާނެ ގޮތެއްވެސް އަދި ރައްކާތެރިކޮސް ކުނި ނައްތާލެވޭނެ ގޮތެއްވެސް ނެތެވެ.

އެ ސިޓީގެ މޭޔަރ މެސްޗަކް ބިލޫބީ އުލެންގަބޫ ވިދާޅުވި ގޮތުގައި ބުކާވޫގައި ދިރިއުޅޭ 1.6 މިލިއަން މީހުން ކުނި އަޅާނެ ރަނގަޅު ތަނެއް އެ ސިޓީގައެއް ނެތެވެ. އެ ސިޓީގައި ދިރިއުޅޭ މީހުން ދުވާލެއްގެ މައްޗަށް 600 ޓަނުގެ ކުނި އުފައްދާ ކަމަށާއި، އެހެންނަމަވެސް ކުނި އަޅާނެ އިންތިޒާމުތައް ރަނގަޅަށް ހަމަޖެހިފައިނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުނައިޓެޑް ނޭޝަންސްގެ އެންވަޔަރަންމެންޓް ޕްރޮގްރާމުން އަންދާޒާކުރާ ގޮތުގައި އެ ސަރައްހައްދުގައި އުފައްދާ ކުނީގެ 70 އާއި 80 އިންސައްތައާ ދެމެދުގެ ކުންޏަކީ އަލުން ބޭނުންކުރެވޭނެ ކުންޏެވެ. އެހެންނަމަވެސް ރީސައިކަލް ކުރަމުންދަނީ އެންމެ 4 އިންސައްތަ ކުނި ކަމުގައި ޔޫއެންއިން ބުނެފައިވެއެވެ.

މަޕެންޒީގެ ކުންފުނީގެ މި މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ކޮންމެ ދުވަހަކުވެސް ބޮޑެތި ކުނި ފަރުބަދަތައް ހެދޭވަރަށް އެ ސަރަހައްދުން ޕްލާސްޓިކް އެއްކުރެއެވެ. އަދި ފެކްޓްރީއަށް ގެންގޮސް އެ ޕްލާސްޓިކުތައް ވިރުވައި، ހެކްޒަގަންއެއްގެ ފަރުމާއަށް އިންނަ ތަތްގަނޑަކަށް އެ ވިރުވި ޕްލާސްޓިކުތައް އަޅައެވެ. އަދި އެ ހިކުމުން ތަތްގަނޑުން ނަގައި ވިއްކަން ލައެވެ.

މަޕެންޒީގެ ކަސްޓަމަރެއް ބުނި ގޮތުގައި މި ގައުތައް އާންމުކޮށް ހުންނަ ސިމެންތި ގަލަށްވުރެ އަގު ހެޔޮ، ސާފުކުރަން ފަސޭހައެވެ. އަދި މިކަމުން ތިމާވެށި ހިމާޔަތްކުރަން އެހީވެދޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

18 މެއި 2017
ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

12 މެއި 2017
"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް

"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް

17 އެޕްރީލު 2017
ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

14 މާރިޗު 2017
" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

10 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު