Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

މައިކްރޯޕްލާސްޓިކަކީ 5 މިލިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮޅުތަކެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 8 އެޕްރީލު 2022 | ހުކުރު 04:51
މައިކްރޯޕްލާސްޓިކުކޮޅެއް

މައިކްރޯޕްލާސްޓިކުކޮޅެއް

މައިކްރޯޕްލާސްޓިކަކީ 5 މިލިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮޅުތަކެކެވެ. މިއީ އިންސާނުންގެ ލޮލަށް ފެންނަ ވަރަށްވުރެ ކުޑަ އެއްޗެެކެވެ. ޕްލާސްޓިޓިކަކީ އޭގެ އަމިއްލަ ޒާތުގައި ނެތި ދިއުމަށް އެތައް އަހަރެއް ނަގާ އެއްޗެކެވެ. އެ ތަކެތި ވީރާނާވެގެންދާއިރު ކަނޑާއި ވަޔާއި، ފަރުބަދަތަކާއި، ވެލިންނާއި، އިންސާނުން ކާން ބޭނުންކުރާ ތަކެތީގެ ތެރެއަށް މި މައިކްރޯޕްލާސްޓިކްތައް ދޫވެގެން ދެއެވެ. އެހާހިސާބުން ކޮންމެވެސް ގޮތަކަށް އިންސާނުންނާއި، ކަނޑުގެ ދިރުންތަކާއި، އެއްގައުމުގައި އުޅޭ ޖަނަވާރުތަކަށްވެސް މީގެ އަސަރު ކުރެއެވެ.

މީގެ ކުރިން ހަދާފައިވާ ދިރާސާތަކުންނާއި އަދި މިހާރުވެސް ހަދަމުންދާ ދިރާސާތަކުން ކަނޑުގައި އުޅޭ ދިރުންތަކުން މައިކްރޯޕްލާސްޓިކް ފެނިފައިވާކަން ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި އިންސާނުން އާންމު ދިރިއުޅުމުގައި ކެއުމަށް ބޭނުންކުރާ ބާވަތްތައްވެސް ހިމެނެއެވެ. މީގެ އިތުރުން އެކި ތަންތަނުން އުފައްދާ ކާ އެއްޗެހިންވެސް މައިކްރޯޕްލާސްޓިކް ދަނީ ފެންނަމުންނެވެ. މިގޮތަށް އިންސާނުން ބޭނުންކުރާ އެތައް އެއްޗަކުންނާއި، އިންސާނުން ދިރިއުޅޭ މާހައުލުން ވެސް މައިކްރޯ ޕްލާސްޓިކް ފެންނަމުންދާތީ އިންސާނުންގެ ހަށިގަނޑަށް މި ތަކެތި ވާސިލްވުމުގެ ފުރުސަތު އޮތްކަން ސައިންސްވެރިން ދިޔައީ ބުނަމުންނެވެ.

މާގިނަ ދުވަހެއް ނުވެ އިންސާނުންގެ ލޭގައި މައިކްރޯ ޕްލާސްޓިކް ހުރިތޯ ބެލުމަށް ހެދި ޓެސްޓަކުން އިންސާނުންގެ ލެއިން މައިކްރޯޕްލާސްޓިކް ވަނީ ފެނިފައެވެ. މި ދިރާސާއަށް 22 މީހެއްގެ ލޭގެ ސާމްޕަލް ނަގައި ބަލާފައިވާއިރު، މިސާމްޕަލްތައް ބެލިބެލުމުގައި ގާތްގަނޑަކަށް 80 އިންސައްތަ މީހުންގެ ލެއިން ވަނީ މައިކްރޯ ޕްލާސްޓިކް ފެނިފައެވެ. މީގެތެރެއިން ދެބައިކުޅަ އެއްބައި ސާމްޕަލުން ވަނީ ޕީއީޓީ ޕްލާސްޓިކް ފެނިފައެވެ. މިއީ އެކިކަހަލަ ބުއިންތައް ބަންދުކުރާ ފުޅި އުފެއްދުމުގައި ބޭނުންކުރާ ވައްތަރެއްގެ ޕްލާސްޓިކެކެވެ. ތިންބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުންގެ ލޭގެ ސާމްޕަލުން ޕޮލިސްޓްރީން ފެނިފައިވެއެވެ. މިއީ ކާނާއާއި އެހެން ތަކެތި ބަންދުކޮށްފައި ހުންނަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ބާވަތުގެ ޕްލާސްޓިކެކެވެ.

އެއަށްފަހު ސައިންސްވެރިން ގެންދަނީ މައިކްރޯޕްލާސްޓިކްގެ އަސަރު އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކަށް ކުރޭތޯ ބަލަމުންނެވެ. މި ދިރާސާގެ ތެރެއިން ފުއްޕާމޭގެ ޓިޝޫއިން ސާމްޕަލް ނަގައި ވަނީ ޓެސްޓު ހަދާފައެވެ. މި ޓެސްޓުން އިންސާނުންގެ ފުއްޕާމޭގެ އެންމެ އެތެރެއިން މައިކްރޯޕްލާސްޓިކް ފެނިފައިވާކަމަށް މިމަހުގެ 7 ވަނަ ދުވަހު ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. މިގޮތުން އިންސާނުންގެ ފުއްޕާމެއިން 12 ވައްތަރެއްގެ މައިކްރޯޕްލާސްޓިކް ފެނިފައިވާކަމަށްް ސައިންސްވެރިން ބުނެފައިވެއެވެ. މީގެ ތެރޭގައި ނައިލޯނާއި، ރެސިންސް ފަދަ މައިކްރޮޕްލާސްޓިކް ހިމެނޭކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ދެނެގަތުމަށް ހަދާފައިވާ ދިރާސާތަކުން އެކަނިވެސް މިކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ހާމަކޮށްދެއެވެ. އިތުރު ގުނަވަންތަކަށް މީގެ އަސަރު ކޮށްފައިވޭތޯ ބެލުމަށް ސައިންސްވެރިން ދަނީ ދިރާސާތައް ހަދަމުންނެވެ. އެއީ އަދިވެސް އިތުރު ގުނަވަންތަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ސައިންސްވެރިން ދެކޭތީއެވެ. އިންސާނުން ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ މައިކްރޯޕްލާސްޓިކުގެ ނުރައްކަލާ ކުރިމަތިލާންޖެހިދާނެ ދުވަހަކަށް ވާއިރު މިހާރުން ފެށިގެން މިކަމުން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ ކަންކަން އެބަހުއްޓެވެ. މިކަމުން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ދިރާސާތަކުން ދައްކަނީ ނުރައްކާތެރި ޕްލާސްޓިކާ ދުރުވެ ތިބުމެވެ. އަދި ކާ އެއްޗެހި ބޭނުންކުރުމުގައި އިތުރަށް ސަމާލުކަމެއް ދިނުމާއި، އުޅޭ މާހައުލު ކޮންމެ ދުވަހަކުވެސް ސާފުކުރުމަށްވެސް ލަފާދެއެވެ.

ކޮންމެ އަހަރަކު މުޅި ދުނިޔެއިން 300 މިލިއަން މެޓްރިކް ޓަނުގެ ޕްލާސްޓިކު އުފައްދައެވެ. މީގެ 80 އިންސައްތަ ޕްލާސްޓިކަކީ ރައްކާތެރިގޮތުގައި ނައްތާނުލެވި، ދުނިޔޭގެ މާހައުލަށް ދޫވާ ތަކެއްޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު