Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއދ ގެ އާންމު މަޖިލިސް

އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑްކޮށްފި

7 އެޕްރީލު 2022 | ބުރާސްފަތި 17:13

58 ގައުމަކުން ވޯޓުގައި ބައިވެރިއެއްނުވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 7 އެޕްރީލު 2022 | ބުރާސްފަތި 17:13
ބުރާސްފަތި ދުވަހު އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓަކުން ވަނީ އެ ޖަމްއިއްޔާގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑްކުރަން ނިންމާފައި

ބުރާސްފަތި ދުވަހު އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓަކުން ވަނީ އެ ޖަމްއިއްޔާގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑްކުރަން ނިންމާފައި

އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑްކޮށްފިއެވެ.

ބުރާސްފަތި ދުވަހު އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓަކުން މިވަނީ, އެ ޖަމްއިއްޔާގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑްކުރަން ނިންމާފައެވެ. އެގޮތުން މިނިންމުން ނިންމާފައިވަނީ ރަޝިއާއިން ޔޫކްރެއިންނަށް އަރައި އެގައުމުގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުންކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން އިސްވެއޮވެ މި މައްސަލަ އާންމު މަޖިލީހަށް ހުށަހަޅާފައިވާއިރު، ރަޝިއާ ސަސްޕެންޑުކުރުމަށް 93 ގައުމަކުން ވަނީ ވޯޓުލާފައެވެ. ރަޝިއާ ސަސްޕެންޑްނުކުުރުމަށް 24 ގައުމަކުން ވޯޓުލާފައިވާއިރު، 58 ގައުމަކުން ވޯޓުގައި ބައިވެރިއެއްނުވެއެވެ.

އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑްކުރުމަށް އާންމު މަޖިލީހުގެ 193 މެމްބަރު ގައުމުގެ ތެރެއިން ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވެއެވެ. ވޯޓުގައި ބައިވެރިނުވާ ގައުމުތައް ނުގުނާނެއެވެ.

އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނުން މެމްބަރުން ސަސްޕެންޑް ކުރުމަކީ ވަރަށް މަދުން ނޫނީ ނުވާކަމެކެވެ. 2011 ވަނަ އަހަރު އެކައުންސިލުން ލީބިޔާ ވަނީ ސަސްޕެންޑްކޮށްފައެވެ. އެއީ ގައުމުގައި މުޒާހަރާކުރި އާންމުންނާ ދެކޮޅަށް ނަހަމަ ގޮތުގައި ބާރުގެބޭނުންކުރުމާ ގުޅިގެންނެވެ.

ބުރާސްފަތި ދުވަހު އދ ގެ އާންމު މަޖިލީހުން ނިންމި ނިންމުމަކީ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް އަރައި ހަމަލާދޭން ފެށުމާއެކު, އެމަޖިލީހަށް ހުށަހެޅި އަދި ބަލައިގަނެވުނު ތިން ވަނަ ރިޒޮލިއުޝަނެވެ. މި ރިޒޮލިއުޝަނަކީ "ގްރޭވް ކޮންސަރން އެޓް ދަ އޮންގޮއިންގ ހިއުމަން ރައިޓްސް އެންޑް ހިއުމެނިޓޭރިއަން ކްރައިސިސް އިން ޔޫކްރެއިން"ގެ ނަން ދީފައިވާ ރިޒޮލިއުޝަނެކެވެ. މި ރިޒޮލިއުޝަންގައި ބޮޑަށް ފާހަގަކޮށްފައިވަނީ ޔޫކްރެއިނުގައި ރަޝިއާގެ އަސްކަރިއްޔާއިން ހިންގާކަމަށް ތުހުމަތުކުރެވޭ ލާއިންސާނީ ޖަރީމާތަކެވެ.

ރަޝިއާއިން ބުނަމުންދަނީ އެގައުމުން ޔޫކްރެއިންގައި ކުރިއަށް ގެންދަނީ އަސްކަރީ އޮޕަރޭޝަނެއް ކަމަށާއި, އާންމުންނަށް އަމާޒުވާނެހެން ހަމަލާތައް ނުދޭކަމަށެވެ. އަދި އެގައުމާ ދެކޮޅަށް މިގޮތަށް ނިންމޭ ކަންތައްތަކުގައި ވޯޓުލާ ގައުމުތަކާއި ވޯޓުގައި ބައިވެރިނުވާ ގައުމުތަކަކީ އެގައުމާ ގުޅުން ކަނޑާލަން ބޭނުންވާ ގައުމުތަކުގެ ގޮތުގައި ބަލާނެ ކަމުގެ އިންޒާރު ރަޝިއާއިން ވަނީ ބުނެފައެވެ.

އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑްކޮށްފައި ވާއިރު، އެގައުމަކީ އެކައުންސިލްގައި އެންމެ ގިނައިން ބަސްބުނެ ހެދި އެއްގައުމެވެ. މިސަސްޕެންޝަނާއެކު ކައުންސިލްގައި ވާހަކަދެއްކުމުގެ ފުރުސަތާއި ވޯޓުލުމުގެ ފުރުސަތު ރަޝިއާއަށް ގެއްލިގެންދިޔައީއެވެ. ނަމަވެސް ރަޝިއާގެ ޑިޕްލޮމެޓުންނަށް އަދިވެސް ކައުންސިލްގެ ބަހުސްތަކަށް ހާޒިރުވެވޭނެއެވެ. މީގެ ސަބަބުން ޕްރޮކްސީ މެދުވެރިކޮށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ރަޝިއާއިން ކުރާނެކަމަށް ޑިޕްލޮމެޓަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ މަހު މިކައުންސިލުން ވަނީ ރަޝިއާއިން ޔޫކްރެއިންގައި ހިންގާކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ މައްސަލަތައް ބެލުމަށް އިންވެސްޓިގޭޝަނެއް ހުޅުވާލާފައެވެ.

އާންމު މަޖިލީހުގައި ވޯޓު ނެގުމުގެ ކުރިން ވާހަކަދައްކަވަމުން އދ ގެ ޔޫކްރެއިން ސަފީރު ވަނީ, އާނއެކޭބުނެ ވޯޓުދީފިނަމަ އެއީ ހިއުމަން ރައިޓްސް ކައުންސިލާ ޔޫކްރެއިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރަން ލެވޭ ވޯޓެއް ކަމަށާއި, ނޫނެކޭ ބުނެފިނަމަ އެއީ ކުށެއް ނެތް މީހުން ގަސްތުގައި މެރުމަށް ދެވޭ ވޯޓެއްކަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ އަސްކަރިއްޔާއިން އެތައް ސަތޭކަ އާންމުންނެއް ބުޗާގައި މަރާފައިވާކަމުގެ ތުހުމަތު ޔޫކްރެއިނުން ކުރުމާއެކު ރަޝިއާ ސަސްޕެންޑްކުރާނެކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ރަޝިއާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ސަފީރު ވިދާޅުވީ, މިއީ ޑްރާމާ ކުޅެންވީ ވަގުތު ނޫންކަމަށާއި ހުޅަނގުގެ ގައުމުތަކާއި އެގައުމުތަކަށް ވާގިވެރިވާ ގައުމުތަކުން ދަނީ އިންސާނީ ހައްގުތަކުގެ އާކިޓެކްޗަރ ހަލާކުކުރުމަށް މަސައްކަތްކުރަމުން ކަމަށެވެ. އަދި ރަޝިއާގެ ބޮލުގައި އަޅުވަމުންދާ ދޮގު ތުހުމަތުތަކަށް އެގައުމުން ހަރުއަޑުން ނޫނެކޭ ބުނާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ރަޝިއާއާ ދެކޮޅަށް ނެގި ވޯޓު ތަކުގައި ޗައިނާއިން ބައިވެރިވެފައި ނުވިނަމަވެސް މިފަހަރުގެ ވޯޓުގެ ބައިވެރިވެ އެގައުމުން ވަނީ ރަޝިއާ ސަސްޕެންޑްކުރުމާ ދެކޮޅަށް ވޯޓުދީފައެވެ. ޗައިނާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ މިފަދަ ވޯޓެއް މިހާ އަވަސްއަވަހަށް ކުއްލި ގޮތަކަށް ނަގައި, ވަކި ކޮޅެއް ނެގުމަށް ގައުމުތަކަށް ޕްރެޝަރު ކުރުމަކީ މިހާރުވެސް ގޯސްވެފައިވާ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވާނެ ކަމެއް ކަމަށާއި, މިއީ އަލިފާނަށް ތެޔޮ އެޅުން ފަދަ ކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް