Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޖީ އޮފީސް

"ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި ގަވާއިދުގައި މުއްދަތުތައް ތަންފީޒުކުރާ ގޮތަކީ އަޖާއިބުވަނިވި ކަމެއް"

ޖިނާއީ މައްސަލައެއް ތަޙްޤީޤު ކުރުމަށް ފުލުހުންނަށް މުއްދަތުތަކެއް ހުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2022 | ބުރާސްފަތި 08:46
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ

ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި ގަވާއިދުގައި މުއްދަތުތައް ތަންފީޒުކުރާ ގޮތަކީ އަޖާއިބުވަނިވި ކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަދި ޑިރެކްޓަރ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލެއްވުމާއި ގުޅިގެން އޭނާގެ ބްލޮގްގައި ޝާއިއު ކުރެއްވި ލިއުމެއްގައެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވި ގޮތުގައި ޖިނާއީ މައްސަލައެއް ތަޙްޤީޤު ކުރުމަށް ފުލުހުންނަށް މުއްދަތުތަކެއް ހުރެއެވެ. މިސާލެއްގެ ގޮތުން، މީހަކު ބަންދުކޮށްފައި ހުރިނަމަ، 30 ދުވަސް ކަނޑައެޅިފައިވާއިރު، ބަންދުން ދޫކޮށްލައިފިނަމަ، 45 ދުވަސް ލިބިގެންވެއެވެ.

ހަމައެއާއެކު، ތަޙްޤީޤުކުރުމުގެ މުއްދަތު އިތުރުކުރެވޭ ގޮތެއްވެސް އޮންނައިރު، އެގޮތުން ލިބޭ މުއްދަތެއްގައި ތަޙްޤީޤު ނިންމައި، ޕީޖީ އޮފީހަށް ނުފޮނުއްވިއްޖެނަމަ، އެ މައްސަލައެއްގައި ޕީޖީ އޮފީހުން ދަޢުވާއެއް ނުކޮށްދޭކަމަށް ޝަމީމް ވިދާޅުވިއެވެ. އެހިސާބުން އެ މައްސަލަ ޕީޖީ އޮފީހުން އަނބުރާ ފޮނުވާލަނީއެވެ.

ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި ގަވާއިދުގައި މުއްދަތުތައް ތަންފީޒުކުރާ ގޮތަށް ބަލާއިރު، ޕީޖީ އޮފީހަށް މައްސަލަ ލިބޭ ދުވަހުން ފެށިގެން، ދައުވާ ކުރުމަށްވެސް ލިބެނީ ވަކި މުއްދަތެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. އެ މުއްދަތުގެ ތެރޭގައި ދައުވާ ނުކުރެވިއްޖެނަމަ، އެމައްސަލަ ޝަރްޢީ ކޯޓަކުން ބަލައެއް ނުގަނެއެވެ. އެއީ ކިތަންމެ ޙައްސާސް، ކިތަންމެ އުނދަގޫ މައްސަލައެއްކަމަށް ވިޔަސް އެހިސާބުން އެ މައްސަލައެއް ބަލައި ނުގަންނަ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި އުސޫލުން ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި، ކޯޓުތަކުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަމުގެ މުއްދަތުތަކެއްވެސް ހިމެނޭއިރު، އެކަމާއި ގުޅިގެން ޝަމީމް އިތުރު ތަފްސީލަކަށް ވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް ޝަމީމް ވަނީ ދާދި ފަހުން ޕީޖީ އޮފީހުން އަނބުރާ ގެންދެވި މައްސަލައަކަށް އަލިއަޅުވާލައްވާފައެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ، ޝަރީޢަތުގެ މަޖިލީހުގައި ކުށަށް އިޢުތިރާފު ވެފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. ޤާނޫނު ބުނާ ގޮތުން، އެ ޙާލަތުގައި ބާއްވަންޖެހެނީ އަވަސްނިޔާއިން ޙުކުމް ކުރުމުގެ ޝަރީޢަތަކަށްވާއިރު، އެކަން ކުރަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 139 (ށ) ގައި އޮތް މުއްދަތަކީ 5 ދުވަސްކަމަށް ޝަމީމް ވިދާޅުވިއެވެ.

އެހެންނަމަވެސް، އެ މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުމެއް ނުބޭއްވި، ޝެޑިއުލްވެސް ނުކުރައްވައި، އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާއިރު، އެ މައްސަލައިގައި ތުހުމަތު ކުރެވުނު މީހާ އެކަމުގެ ޝަކުވާކުރާކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މިހާރު އެ މައްސަލަ އަނބުރާ ގެންގޮސްފައިވާނެކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫނާއި ޚިލާފަށް ރައީސް މައުމޫން ބޮޑުލާރިއެއްގައިވެސް ޖެހިވަޑައިނުގަންނަވާނެ: ޤާސިމް

ޤާނޫނާއި ޚިލާފަށް ރައީސް މައުމޫން ބޮޑުލާރިއެއްގައިވެސް ޖެހިވަޑައިނުގަންނަވާނެ: ޤާސިމް

22 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު

ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު

14 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

13 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަމުން ގޮސް، އެންމެފަހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަމުން ގޮސް، އެންމެފަހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި

13 ޖޫން 2017
 ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ބްރޯޑްކޮމް އިން އެދިއްޖެ

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ބްރޯޑްކޮމް އިން އެދިއްޖެ

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު