Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިޔާއިން އިތުރު އެހީ

އިންޑިޔާގެ އެހީ އިތުރު 7 މަޝްރޫއު އަކަށް

މި ހަތް މަޝްރޫއު އާއިއެކު އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިން ރާއްޖެގައި ހިންގާ މަޝްރޫއުތަކުގެ އަދަދު 27ށް އަރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 7 އެޕްރީލު 2022 | ބުރާސްފަތި 00:18
އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ގްރާންޓް އެސިސްޓަންސް ސްކީމްގެ ދަށުން އިތުރު ހަތް މަޝްރޫއަކަށް ފަންޑުކުރަން ނިންމައިފި އެވެ.

މި މަޝްރޫއުތަށް އިއުލާނު ކުރެވިފައި ވަނީ އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ދާދި ފަހުން ކުރެއްވެވި ދަތުރުފުޅުގައެވެ. 132 މިލިއަން އިންޑިއަން ރުޕީސް (27 މިލިއަން ދިވެހި ރުފިޔާ) ހިނގާނެ ކަމަށް އަންދާޒާކުރެވޭ މި ހަތް މަޝްރޫއު ވަނީ ރާއްޖޭގެ ހަތް އަތޮޅަަކަށް ބަހާލެވިފައެވެ. އެއީ ހދ, ނ, ކ, އދ, ތ, ގއ, އަދި އައްޑޫ ސިޓީގައެވެ. މި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ ސިއްހީ ދާއިރާ އާއި، ޒުވާނުން ކުރިއެރުވުމާއި ތަރިކަ ދިރުވައި ރައްކާތެރި ކުރުމަށް ކަމަށް އިންޑިއާ ހައިކޮޝަނުން ބުނެއެވެ.

Advertisement - newsAdvertisement

އެގޮތުން ފައިސާ ހަރަދު ކުރާނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމު ކުރުމަށާއި ނ. ލަންދޫ މާބުދުގެ މަަސައްކަތާއި ތ. ދިޔަމިގިލި ގަނޑުވަރުގައި ސައިޓް މިއުޒިއަމް ތަރައްގީ ކުރުމަށާއި މަނަދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށާއި ހުޅުމާލެ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯރތޮޓިކްސް ފެސިލިޓީ ތަރައްގީ ކުރުމަށާއި އދ. ދިގުރަށުގައި ޒުވާނުންގެ މަރުކަޒުގެ މަސައްކަތަށާއި ގއ. ގެމަނަފުށީގައި ޒުވާނުންގެ މަރުކަޒަށާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތް ޔުނިޓެއް ގާއިމް ކުރުމުގެ މަސައްކަތަށެވެ.

މި ހަތް މަޝްރޫއާއިއެކު އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިން ރާއްޖެގައި ހިންގާ މަޝްރޫއުތަކުގެ އަދަދު 27 އަށް އަރާނެއެވެ. މި މަޝްރޫއުތަކުގެ އިތުރުން އިންޑިއާއިން ފޯރުކޮށްދޭ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން އިތުރު 18 މަޝްރޫއުއެއްވަނީ ރާއްޖެއަށް ކަނޑައަޅާފައެވެ. މީގެ ތެރެއިން 15 މަޝްރޫއު ވަނީ މިހާރު ނިންމާ އިފްތިތާހު ކޮށްފައެވެ.

އެޗްއައިސީޑީޕީ ތައް ފަރުމާކުރުމުގައި އިސްކަންދީފައިވަނީ އެރަށެއްގެ ބޭނުންތަކަށް ބަލައިގެންކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުނެއެވެ. މީގެތެރެއިން ގިނަ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުންނެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު