Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ބިން ހިއްކުން

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށަން އަދި ތިން ހަތަރު މަސް ނަގާފާނެ – މިނިސްޓަރު އަސްލަމް

އީއައިއޭގެ ތެރެއިން ފާހަގަކުރެވުނު ވަރަށް ގިނަ ކަންތައްތަކަށް އެޑްރެސް ކުރަންޖެހިފައި އަދިވެސް އެޑްރެސް ކުރަންޖެހޭ ކަންކަން ހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 އެޕްރީލު 2022 | ބުދަ 07:32
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށަން ތިނެއް ނުވަތަ ހަތަރު މަސް ނަގާފާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޝަރީފް ކުރެއްވި ސުވާލަކީ، އައްޑޫ ސިޓީގެ ބިން ހިއްކުން ލަސްވެގެންދާތީ އައްޑޫ ސިޓީގެ ރައްޔިތުން ވަރަށް ބޮޑަށް ޝަކުވާކުރާ ކަމަށާއި، މިހާރު އެވޯޑްވެސް ކުރެވިފައި އޮތް އިރު، މަސައްކަތް ކުރެވޭނެ ތާރީހެއް ދެންނެވުމަށެވެ.

Advertisement - newsAdvertisement

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އެވޯޑެއް ނުކުރާ ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓުގައި ސޮއިކޮށްފައިވާނެ ކަމަށާއި، ކޮންޓްރެކްޓުގައި ސޮއިކުރުމާއި އެވޯޑް ކުރުމަކީ ދެކަމެއް ކަމަށެވެ. އަދި އެވޯޑްކުރިތާ ވަރަށް ދުވަސް ފަހުން ކޮންޓްރެކްޓުގައި ސޮއިކޮށްފައިވާ ކަމަށާއި، އެއީ އައްޑޫގައި ބިން ހިއްކުމާއި ގުޅޭ ގޮތުން ހެދި އީއައިއޭގެ ތެރެއިން ފާހަގަކުރެވުނު ވަރަށް ގިނަ ކަންތައްތަކަށް އެޑްރެސް ކުރަންޖެހިފައި އަދިވެސް އެޑްރެސް ކުރަންޖެހޭ ކަންކަން ހުރިކަމަށް ބަލާފައި އެ މަސައްކަތް ލަސްވެގެން ގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތް މިހާރު ކުރިއަށްދާނީ ވެން އޫޑް ކިޔާ ކުންފުންޏަކުން ކަމަށާއި، އެ ކުންފުނިން އައްޑޫގެ އެތެރެވަރިން ވެލި ނެގެން ހުރި ތަންތަނުގެ ތެރެއިން ކިތައް ތަނުން ވެލި ނަގަން ޖެހޭނެތޯ ބެލުމަށްޓަކައި ހަދަންޖެހޭ ސޭންޑް ސައިޓްގެ ސަރވޭ ކުރާނެ ކަމަށެވެ. އަދި އަންދާޒާ ކުރަނީ ތިން ހަތަރު މަސް ވެލި ޕަމްޕް ކުރުމަށްޓަކައި ނަގާނެ ކަމަށެވެ. ނަމަވެސް އޭގެ ކުރިން ބަންޑުވޯލް ޖަހަންޖެހޭ ތަންތަނުގައި ބަންޑުވޯލް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ވެން އޫޑް އިންޑިޔާ ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރެވޭނެއެވެ.

އެގޮތުން ހިތަދޫއަށް 90 ހެކްޓަރު ބިމާއި މަރަދޫ/މަރަދޫފޭދޫއަށް 16 ހެކްޓަރުގެ ބިމާއި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރޭއިން 8.3 ހެކްޓަރުގެ 3 ރަށަކާއި 4 ލޭން ޑިޓުއަރ ލިންކު ރޯޑުގެ ބްރިޖުގެ އެމްބޭންޓްމަންޓަށް 3.3 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫން 32.3 ހެކްޓަރުގެ ބިމާއި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން 5 ހެކްޓަރުގެ 2 ރަށް އިތުރުކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާއިރު، ހުޅުދޫއާއި މީދޫއަށް އިތުރުކުރާ 32.3 ހެކްޓަރުބިމުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 455 މީޓަރުގެ ބޮޑުހިލައާއި 332 މީޓަރުގެ ޖިއޯބޭގް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެއެވެ.

އަދި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން ހިއްކުމަށް ހަމަޖެހިފައިވާ 5 ހެކްޓަރުގެ 2 ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ޖުމްލަ 2004 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓްޖެހުން ހިމެނެއެވެ. 18 މަސްދުވަސް ތެރޭގައި ނިންމުމަށް ޙަވާލުކުރި މި މަޝްރޫއަކީ ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު