Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯންޗު އެކްސިޑެންޓް

ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!

މިހާދިސާގައި އެންމެ ބޮޑަށް ޒަހަމްވި މީހާގެ ބޮލަށް ވަނީ ގެއްލުންތަކެއްވެފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 7 ޖޫން 2017 | ބުދަ 12:21
ލޯންޗު އެކްސިޑެންޓްގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދަނީ

ލޯންޗު އެކްސިޑެންޓްގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދަނީ

ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި އުޅަނދެއް ރީތިރަށް ރިސޯޓް ކައިރީ އޮތް އުޅަނދަކާ ޖެހިގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި ފަރުވާ ދެމުންދަނީ ހަ މީހުންނަށް ކަމަށާއި އައިސީޔޫގައި އޮތީ އެންމެ މީހެއް ކަމަށް އޭޑީކޭ އިން ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވީ، މި އެކްސިޑެންޓްގައި އަނިޔާވެގެން 14 މީހަކަށް އެ ހޮސްޕިޓަލުން ފަރުވާ ދިން ކަމަށެވެ.

އެހެން ނަމަވެސް މިހާރު ފަރުވާ ދެމުންގެން ދަނީ ހަ މީހުންނަށް ކަމަށާއި އެންމެންގެ ހާލުވެސް ރަގަޅުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ހަ މީހުންގެ ތެރެއިން، އައިސީޔޫގައި ފަރުވާ ދެމުންގެންދަނީ އެންމެ މީހަކަށް ކަމަށާއި، ކުރިން އައިސީޔޫގައި ފަރުވާ ދެމުންގެންދިޔަ ދެ މީހަކަށް މިހާރު ފަރުވާ ދެމުންގެންދަނީ ހައި ޑިޕެންޑެންސީގައި ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ތިބި ތިން މީހަކަށް ފަރުވާދެނީ ވޯޑުގައި ކަމަށް އައްފާލް ވިދާޅުވި އެވެ.

މި އެކްސިޑެންޓުގައި އެންމެ ބޮޑަށް ޒަހަމް ވެފައި ވަނީ ސަމާ އައިލެންޑް ރިސޯޓުގައި ވެއިޓަރެއްގެ ވަޒީފާގައި އުޅޭ ސ. މީދޫ ހަނދުވަރުމަތީގޭ، 30 އަހަރުގެ އަލީ ވަސީމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ވަނީ ވަސީމްގެ ބޮލަށާއި ބޮލުގެ ނާށިގަނޑަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކާ ގުޅިގެން އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

ސަމާ އައިލެންޑް ރިސޯޓުން މީގެ ކުރިން ބުނެފައި ވަނީ، އަނިޔާ ލިބުނު މުވައްޒަފުންގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުންގެ ލަފާ ދެއްވާފައިވާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް ސަމާ އައިލެންޑް ރިސޯޓްގެ ބަޔާނުގައި ވެއެވެ.

ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި ލޯންޗެއް ރީތިރަށް ރިސޯޓް ކައިރީ އޮތް އުޅަނދެއްގައި ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ފަރާތުގެ ވެސް އިހްމާލު އޮވެގެން ކަމަށް އެމްއެންޑީއެފް އިން މި ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފަ އެވެ.

އެއްވެސް އުޅަނދެއް ދުއްވަން އިންނަ މީހާއަށް ކޮންޓްރޯލް ނުކުރެވޭވަރަށް ބާރު ސްޕީޑްގައި ދުއްވުމަކީ ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބު ކަމަށާއި ދަތުރަށް ފެށުމުގެކުރިން އުޅަނދުގެ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށާއި މޫސުމަށް ބެލުމަކީ ފަރުވާކުޑަ ނުވުމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު