Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް

ލަންކާގައި ހިނގަމުންދާ ހަމަނުޖެހުމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރޭ: މައުސޫމް

5 އެޕްރީލު 2022 | އަންގާރަ 02:27

ލަންކާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ޕާޓްނަރެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 އެޕްރީލު 2022 | އަންގާރަ 02:27
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކޮންމެވެސް ވަރަކަށް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ސްރީލަންކާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕާޓްނަރެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާއި، ސްރީލަންކަން އެއާލައިނަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ދެ ބައިވެރިން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގިނަ ގައުމުތަކުން އަންނަ ފަތުރުވެރިން ސްރީލަންކާ މަގުން ރާއްޖެ އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކޮށްފައިވާކަމަށެވެ. އެހެންކަމުން މި ހަމަނުޖެހުންތައް ހުއްޓުން ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ އަސަރެއް ކުރާނެ ކަމެއް ކަމުގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

މިވަގުތު ރަޝިޔާ އަދި ޔޫކްރެއިން މާކެޓަށްވެސް ބޮޑު ލޮޅުމެއް އައިސްފައިވުމާއެކު އެހެނިހެން މާކެޓުތަކަށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ފަށަން ވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖެއާއި ކައިރިން ބޮޑު މާކެޓެއް އޮތުމަކީ އެކަމުން ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ އެހެން މާކެޓުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދަންޖެހޭ ކަމަށެވެ. ރާއްޖެއިން ފަތުރުވެރިކަން ކުރިއަރުވަން ކުރަމުންދާ މަސައްކަތަކީ ވާދަވެރި މަސައްކަތެއް ކަމަށާއި، އެހެންނަމަވެސް މިއަދު ރާއްޖެ އޮތީ މުޅި ދުނިޔޭގެ އެއްވަނަ މާކެޓުގެ ގޮތުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަކީ އެހެން ހުރިހާ ގައުމަކާއި އަޅާ ބަލާއިރުވެސް ތަފާތު ފަތުރުވެރިކަމެއް ކަމަށާއި، މިކަންކަމާއެކު އެހެން މާކެޓުތަކުގެ މަގުބޫލުކަން ހޯދުމުގެ ފުރުސަތު ލިބިގެންދާކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރަށް ވާތީ މިއަހަރަކީ އާދަޔާ ޚިލާފަށް ކާމިޔާބު އަހަރަކަށް ވާން ބޭނުންވެވަޑައިގަންނަވާ ކަމަށާއި، ގޮންޖެހުންތަކާއެކުވެސް އެކަން އެގޮތަށް ވާނެ ކަމަށް ޔަގީންކުރައްވާކަމުގައި ޓޫރި މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް