Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔަމަން

ރޯދަމަހާއެކު ލިބުނު 2 މަސްދުވަހުގެ ހަމަޖެހުން ދާއިމީ ހަމަޖެހުމަކަށް ބަދަލުވުމަކީ ޔަމަނުގެ ރައްޔިތުންގެ އުންމީދު

މިއީ 2016 ވަނަ އަހަރުގެ ފަހުން އެގައުމުގައި ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވި ފުރަތަމަފަހަރު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 އެޕްރީލު 2022 | ހޯމަ 15:19
ޔަމަނުގެ ރައްޔިތުން ވަނީ ހަނގުރާމައިގެ ތެރޭގައި ހަތް އަހަރު ހޭދަކޮށްފައި

ޔަމަނުގެ ރައްޔިތުން ވަނީ ހަނގުރާމައިގެ ތެރޭގައި ހަތް އަހަރު ހޭދަކޮށްފައި

މެދުއިރުމަތީގެ ގައުމެއް ކަމަށްވާ ޔަމަން، ހަނގުރާމައިގެ ތެރޭގައި ހަތް އަހަރު ހޭދަކޮށްފައިވާއިރު، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއެކު އެގައުމުގައި ކުރިއަށްދިޔަ ހަމަލާ ބަދަލުކުރުންތަކަށް މިވަނީ ހުއްޓުމެއް އައިސްފައެވެ. އދ.ގެ އެހީއާއެކު އޭޕްރިލް ދެ ވަނަ ދުވަހުން ފެށިގެން ދެ މަސް ދުވަހަށް ހަމަލާބަދަލުކުރުންތައް މަޑުޖައްސާލެވުނުއިރު, މިއީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި، ބަޑަށްޖެހިފައިވާ ޔަމަންގެ އެތައް މިލިއަން ރައްޔިތުންނެއްގެ އުންމީދުގެ ހުޅުކޮޅު ދިއްލާލަދިން ކަމެކެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ހަމަލާބަދަލުކުރުން ހުއްޓާލުން އިއުލާނުކުރުން މިއީ 2016 ވަނަ އަހަރުގެ ފަހުން އެގައުމުގައި ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވި ފުރަތަމަ ފަހަރެވެ. މިއާއެކު ޔަމަންގެ އާންމު ރައްޔިތުން ވަނީ ސުލްހައިގެ މަޝްވަރާތަކާއެކު އެގައުމުގެ ހަނގުރާމަ އެއްކޮށް ހުއްޓާލައި ގައުމު އަލުން އާރާސްތުކުރާނެ ފުރުސަތު ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް ބުނެފައެވެ.

ބޮމާއި ބަޑީގެ ހަމަލާތަކުގައި އެތައް އަހަރެއް ވޭތުކޮށްފައިވާ ރައްޔިތުން މިހާރު އެދެމުންދަނީ ހަނގުރާމާގައި ވީރާނާވެފައިވާ ޔަމަން އަލުން އަނބުރާ ކޮޅަށް ޖެހޭނެ މަގުފަހިކޮށްދިނުމަށެވެ. ގެދޮރު ގެއްލި ބަޑަށްޖެހިފައިވާ ރައްޔިތުންގެ ދިރިއުޅުން އާރާސްތުކުރުމުގެ ފުރުސަތު ލިބުމަށެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ނިންމި ނިންމުމަކީ އެގައުމަށާއި މުޅި މެދުއިރުމައްޗަށް ވެސް އޭގެ ފައިދާކުރާނެ ކަމެއް ކަމަށް އެގައުމުގެ ރައްޔިތުންދެކެއެވެ. އަދި މިހާރު އެ ރައްޔިތުން އުންމީދުކުރަމުން ދަނީ މި ހަމަޖެހުން އެންމެ ދެ މަސް ދުވަހަށް އޮތުމުގެ ބަދަލުގައި ދާއިމަށް ދެމިއޮތުމަށެވެ.

ހަނގުރާމައިގެ ސަބަބުން އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެގައުމުގެ ހުރިހާ ރައްޔިތުންވެސް ބުނަނީ މިހާރު ވަރަށް ބޮޑަށް ވަރުބަލިވެފައިވާކަމަށެވެ. ކެތްކުރަން އުނދަގޫ އެތައް ކަމަކާ ކުރިމަތިލާން ޖެހިއްޖެކަމަށެވެ.

ހަމަލާ ބަދަލުކުރުންތައް ހުއްޓާލުން މިއީ ވަރަށް ރަނގަޅުކަމެއް ކަމަށް ދުށްނަމަވެސް, މިގޮތަށް ދުވަސްތައް ހޭދަކުރެވޭނީ ކިހާ މުއްދަތަކަށްތޯ ސުވާލު އުފައްދާ ރައްޔިތުންވެސް ޔަމަނުގައި މަދެއްނޫނެވެ. އަދި މިހާރު ގާއިމުވެފައި މިއޮތް ވަގުތީ ސުލްހަޔާއެކު ދާއިމީ ސުލްހައެއް ގާއިމުކުރަން ކިހާ މުއްދަތެއް ނަގާނެތޯވެސް ޔަމަނުގެ އާންމު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

ސޯޝަލް މީޑިއާއާއި ނޫސްތަކުގައި މިވާހަކަތައް އެކިގޮތްގޮތަށް ދެކެވުނު ނަމަވެސް އަމަލުން އެކަންތައް ނުފެންނަކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ހަނގުރާމައިގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއިން އަރައިގަނެވޭނެކަމުގެ އުންމީދު އަދިވެސް ނުފެންނަކަމަށާއި, މުދަލުގެ އަގު ތިރިވާނެކަމުގެ އުންމީދެއްވެސް އަދި ނުލިބޭކަމަށް ޔަމަނުގެ ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ.

އިގުތިސާދީ، އިޖުތިމާއީ، އިންސާނީ އަދި ސިއްހީ ކާރިސާތަކާ ކުރިމަތިލާން ޔަމަނަށް ޖެހިފައިވާއިރު، އދ.އިން ދަނީ ޔަމަނުގެ ހަނގުރާމަ ނިމުމަކަށް ގެނެސް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށް ބުނަމުންނެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ބައިނަލްއަގުވާމީ މަަސްރަހުން ޔަމަނުގެ ހަނގުރާމައަށް ހައްލެއް ހޯދައިދީ ޔަމަނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަން ދަނީ ފަސްޖެހެމުންނެވެ. ޔަމަނުގެ ރައްޔިތުންގެ އާދޭސްތަކަށް އެތައް ގައުމަކުން ދެމުންދަނީ ބީރު ކަންފަތެކެވެ.

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2017

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

17 ނޮވެމްބަރު 2017
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް
18 އޮކްޓޯބަރު 2017

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

18 އޮކްޓޯބަރު 2017
ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟
09 އޮކްޓޯބަރު 2017

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!
02 އޮކްޓޯބަރު 2017

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

02 އޮކްޓޯބަރު 2017
މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟
31 އޯގަސްޓު 2017

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު