Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ މާރކެޓް

އިންޑިއާ މާރކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމުގެ ގޮތުން އެމްއެމްޕީއާރުސީން، ޕިކްޔޯރޓްރެއިލާއެކު ކެންޕެއިނެއް ފަށައިފި

3 މަހުގެ މި ޚާއްސަ ކެމްޕެއިން ކުރިއަށްގެންދާނީ އޭޕްރިލުން ޖުލައިގެ ނިޔަލަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 އެޕްރީލު 2022 | ހޯމަ 12:03
އެމްއެމްޕީއާރްސީން ދަނީ އިންޑިއާގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރަމުން

އެމްއެމްޕީއާރްސީން ދަނީ އިންޑިއާގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރަމުން

އިންޑިއާ މާރކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމުގެގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް)އިން ޕިކްޔޯރޓްރެއިލާއެކު ކެންޕެއިނެއް ފަށައިފިއެވެ.

ތިން މަހުގެ މި ޚާއްސަ ކެމްޕެއިން ކުރިއަށް ގެންދާނީ އޭޕްރިލުން ޖުލައިގެ ނިޔަލަށް, އިންޑިއާ މާރކެޓުގައި ހަރަކާތްތެރިވާ ފަތުރުވެރިކަމާބެހޭ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށެވެ.

Advertisement - newsAdvertisement

ޕިކްޔޯރޓްރެއިލަކީ އިންޑިއާގައި އެންމެ ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ އެއް ޓްރެވަލް ކުންފުންޏެވެ. މިއީ ޒުވާން ފަތުރުވެރިންނަށް އަމިއްލައަށް ބޭނުން ގޮތަކަށް ދަތުރުތައް ކަސްޓަމައިޒްކޮށް، އޮންލައިންކޮށް ޓްރިޕް ބުކްކުރުމުގެ ފުރުސަތު ފަހިކޮށްދޭ ކުންފުންޏެކެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް ޓިކެޓް، ޓޮކިއުމަންޓް، އަދި މަންޒިލްގައި ހިދުމަތްދޭ ރެސްޓޯރެންޓުތަކުން ފެށިގެންގޮސް ޓުއަރިސްޓް ސްޕޮޓްތަކުގެ ފުރިހަމަ މައުލޫމާތު ލިބެން ހުންނާނެއެވެ. އިންޑިއާގެ އެންމެ ރަނގަޅު ރޭޓިންގ ލިބިފައިވާ ޓްރެވަލް ކުންފުނި، ޕިކްޔޯރޓްރެއިލުން ވަނީ ދުނިޔޭގެ 14 ގައުމަކުން 50،000 ފަތުރުވެރިންނަށް ޓްރިޕްތައް ފަރުމާކޮށްދީފައެވެ.

ޕިކްޔޯރޓްރެއިލާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް އިޝްތިހާރުކޮށް، ރާއްޖެއަކީ މި މާރކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކުރެވޭނެއެވެ. މި ކެމްޕެއިންގެ ސަބަބުން އިންޑިއާ މާރކެޓުގައި ރާއްޖޭގެ ބްރޭންޑް އިތުރަށް އިޝްތިހާރުވެ، މި މާރކެޓުން ރާއްޖެއަށް އޮންނަ ސޭލްސް އަދި އިންކުއަރީ އިތުރުވެ، ރާއްޖެއަށް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދާއި، މި މާރކެޓްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވާނެކަމަށް ބެލެވެއެވެ.

މިއީ އިންޑިއާ މާރކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެމްޕެއިނެކެވެ. މި ސްޓްރެޓަޖީގެ ޓާރގެޓަކީ, ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ގައުމެއްކަމުން މިއީ ގައިދުރުކަން ދަމަހައްޓަން ފަސޭހަ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތައް އިންޑިއާ މާކެޓުގައި އިޝްތިހާރުކުރުމެވެ. މީގެއިތުރުން މި މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިންނަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތަކާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރުމެވެ.

އިންޑިއާއަކީ 2021 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި އެއް މާރކެޓެވެ. މިއަހަރުގެ މާރިޗް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 289،864 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިންޑިއާ މި މުއްދަތުގައި ހިމެނިފައިވަނީ 3 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައި ގައުމުގެގޮތުގައެވެ. މިގޮތުން މި މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް 26،094 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ ޖުމްލަ އެރައިވަލްސްގެ %09.0އެވެ. އެމްއެމްޕީއާރުސީއިން އިންޑިއާ މާރކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް މިދިޔަ އަހަރު 27 މާރކެޓިން ހަރަކާތެއް ވަނީ ހިންގާފައެވެ. މިގޮތުން ޓްރެވަލް ޓްރޭޑް ޖާނަލްއާއި، ވެޑިންގސުތުރާއާއި، ޓީ3 ޕަބްލިކޭޝަން، އަދި މޭކްމައިޓްރިޕާއެކު ޖޮއިންޓް ކެމްޕެއިންތައް ހިންގާފައިވެއެވެ. މީގެ އިތުރުން، ތޯމަސް ކުކްއާއި އެމޭޒަން އިންޑިއާއާއެކު ހިންގި ޖޮއިންޓް ކެމްޕެއިންތައް ފާހަގަކޮށްލެވެއެވެ. މި މާކެޓަށް ޚާއްސަކޮށް ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، އިންޑިއާގައި ބޭއްވި ބޮޑެތި ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ރޯޑްޝޯ އަދި ޕްރެސް ކޮންފަރެންސްތައްވެސް ވަނީ ބާއްވާފައެވެ. މި އަހަރުވެސް މި މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.

ދުނިޔޭގެ ގައުމުތަކުގެ އެކި ސެކްޓަރ ތަކަށް ކޮވިޑުން ކޮށްފައިވާ ނޭދެވޭ އަސަރުތަކުން އަރައިގަނެ، އިގުތިސާދުތައް އާރާސްތުކުރުމުގެ ގޮތުން ދުނިޔެ މިހާރު މިސްރާބުޖަހަމުން މިދަނީ އައު އާންމު ހާލަތު ގާއިމްކޮށް، ގައުމުތައް ހުޅުވާލައި, ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމަށެވެ. ގިނަ ގައުމުތަކުން މިހާރު ދަނީ މިމޭރުމުން ކޮވިޑްގެ ފިޔަވަޅުތައް ލުއިކުރަމުންނެވެ. އަދި ރާއްޖެއިންވެސް މިގޮތުން މިހާރު މިވަނީ ފަތުރުވެރިންނަށް ލުއިތަކެއް ދީފައެވެ. މިގޮތުން 4 މާޗް 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހެ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލްކޮށްފައެވެ. މިގޮތުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމަ، ޕީސީއާރު ޓެސްޓް ހަދާކަށް ދެން ނުޖެހޭނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާރޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯރލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން'ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވަރަށް ޚާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޚާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަރގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރއާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު