Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓް ތަރައްގީކުރުން

ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް އަލަށް ހުޅުވާލި ރަށްތައް އެޕްރީލްގެ ނިޔަލަށް ހަވާލު ކުރެވޭނެ - މިނިސްޓަރު މައުސޫމް

4 އެޕްރީލު 2022 | ހޯމަ 06:40

ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ދެނީ 3 އަހަރަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 އެޕްރީލު 2022 | ހޯމަ 06:40
ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް މަޖިލީހަށް ވަޑައިގެން މައުލޫމާތު ދެއްވަނީ

ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް މަޖިލީހަށް ވަޑައިގެން މައުލޫމާތު ދެއްވަނީ

ރިސޯޓް ހަދަން އަލަށް ބީލަމަށް ހުޅުވާލި ރަށްތައް އެޕްރީލްގެ ނިޔަލަށް ނިންމައި ހަވާލު ކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ، އެންމެ ފަހުން ބީލަމަށް ހުޅުވާލި 18 ރަށުގެ ތެރެއިން 9 ރަށަކަށް 13 ފަރާތަކުން ބީލަން ހުށައަޅުއްވާފައިވާ ކަމަށެވެ. 9 ރަށަކަށް ބީލަން ހުށައެޅިފައި ނުވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިކަމުން އެނގިގެން ދިޔައީ، ކޮންމެ ރަށަކީ އިންވެސްޓަރުން އިންވެސްޓް ކުރާނެ ރަށެއް ނޫން ކަމަށެވެ. ބީލަން ލިބިފައި އޮތީ ހުޅުވާލި ރަށްތަކުގެ ތެރެއިން ރީތި ރަށްރަށަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ، އިކުޒިޝަން ކޮސްޓްވެސް މިހާރު ރިވިއު ކުރަން ޖެހޭ ކަމަށެވެ. ޓެކްސް އިން އާމްދަނީ ހޯދަމުން އަންނައިރު، އެކަމުން ދައުލަތަށް އިތުރު އާމްދަނީ އެއް ލިބޭނެ ކަމުގައި ވިދާޅުވިއެވެ.

އަލަށް ހުޅުވާލި ރަށްތައް ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 2021ވަނަ އަހަރު 7 ރިސޯޓް ހުޅުވިފައިވާއިރު މި އަހަރު 14 ރިސޯޓް ހުޅުވޭނެ ކަމަށް ލަފާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނުހެދި ހުރި ރަށްތައް ހެދުމަށް ޓޫރިޒަމްގެ ބައެއް ގަވާއިދުތަކަށް ބަދަލު ގެންނަމުންދާ ކަމަށެވެ. އެގޮތުން ރަށްތަކުގެ ހައްގުތައް ބަދަލު ކުރުމަށް ދޭން ޖެހޭ ފީ ވަރަށް ބޮޑަށް ކުޑަ ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، މި އިސްލާހާއެކު ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކޮށް ނުހެދި ހުރި ރަށްތަކުގެ ހައްގުތައް ބަދަލުކުރުމަށް ކުރިން ނަގަމުން އަންނަ އެއްލައްކަ ޑޮލަރުގެ ބަދަލުގައި މިހާރު ނަގާނީ 10 ހާސް ޑޮލަރު ކަމަށެވެ. އަދި ހިނގަމުންދާ ރިސޯޓްގެ ހައްގުތައް ބަދަލު ކުރުމަށް ނަގާނީ 50،000 ޑޮލަރު ކަމަށެވެ.

މިހާރު މިވަނީ ވަރަށް ބޮޑެތި ލުއިތަކެއް ދީފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރަށްތައް އަތުލުމުގައި ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ މުދަލުން ދައުލަތަށް ފައިދާވާން ޖެހޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ރިސޯޓް ތަރައްގީ ކުރުމަށް ތިން އަހަރުގެ ފުރުސަތެއް ދިނުމަށް ފަހު، އޮޓޮމެޓިކުން އެގްރިމެންޓް ބާތިލްވާނެ ކަމަށެވެ. ރަށްތައް ތަރައްގީ ކުރުމުގައި ލުތައް ދީގެން ނަމަވެސް އެތައް ތަރައްގީ ކުރުން ވިސްނުން ގެންގުޅުއްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ދޫކޮށްފައިވާ 83 ރަށެއް ނުހެދި އެބައޮތެވެ. މިރަށްތައް ތަރައްގީ ކުރުމަށް ސަރުކާރުން އަންނަނީ ބައެއް ލުއިތައްވެސް ދެމުންނެވެެ. އެގޮތުން، ރިސޯޓް ހެދުމަށް ދީފައިވާ މުއްދަތު ހަމަވުމުން ނަގާ ކުލި ރިސޯޓް ހުޅުވެންދެން ފަސްކުރުން ހިމެނެއެވެ.

ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ދެނީ 3 އަހަރެވެ. ފަޅެއް ހިއްކައިގެން ރިސޯޓް ތަރައްގީ ކުރުމަށް ދެނީ 5 އަހަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް