Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަމަށް އިތުރު މާކެޓް ތައާރަފްކުރުން

ބޮލްކަންސް މާކެޓަކީ ރާއްޖެއަށް ފައިދާވާނެ މުހިންމު މާކެޓެއް - ރާއިދު

ރާއްޖެއަކީ ދުނިޔޭގައި އެންމެ ލަގްޒަރީ ބްރޭންޑް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 އެޕްރީލު 2022 | ހޯމަ 04:01
ސާބިޔާގެ ވެރިރަށް ބެލްގްރޭޑްގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއަރގައި ބައިވެރިވި ރާއްޖޭގެ ވަފްދު

ސާބިޔާގެ ވެރިރަށް ބެލްގްރޭޑްގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއަރގައި ބައިވެރިވި ރާއްޖޭގެ ވަފްދު

ބޮލްކަންސް މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ފައިދާވާނެ މުހިންމު މާކެޓެއް ކަމަަށް އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރާއިދު ވިދާޅުވީ، މާޗް މަހު ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި އޮތް ޓޫރިޒަމް ފެއަރގައި ބައިވެރިވުމުން އެ ސަރަހައްދުގެ ގައުމުތަކަކީ ރާއްޖެއަށް މުހިންމު މާކެޓެއްކަން އެނގިގެން ހިނގައްޖެ ކަމަށެވެ. ސާބިއާގެ ގައުމުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ވަރަށް ފުރިހަމަ ވިސްނުމެއް ކަމަށާއި، އެ ސަރަހަދުން ރާއްޖެއާއި އޮންނަ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަން ފެއާރއިން އެނގުނު ކަމުގައި ރާއިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރު އެއް މާކެޓަކަށް ބަރޯސާވެގެން ނުތިބެވޭނެ ކަން ކޮވިޑު ތެރޭގައި އެނގިގެން ދިޔަ ކަމަށާއި، ރާއްޖޭގެ މާކެޓްތައް ބޮލްކަންސް ސަރަހައްދަށް ފުޅާކުރުމަަށް ސަރުކާރުން ނިންމި ނިންމުމަކީ، ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ރާއިދު ވިދާޅުވިއެވެ.

ގެއްލިގެންދާ ބައެއް މާކެޓްތައް ފޫބެއްދޭވަރުގެ މާކެޓަކަށް ބޮލްކަންސް ވެގެންދާނެ ކަމަށާއި، އެ ސަރަހައްދު ފެނިގެންދިޔައީ ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ސަރަަހައްދެއްގެ ގޮތުގައި ކަމަށް ރާއިދު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޝައުގުވެރިކަން ހުރި ބަޔަކު އެސަރަަހައްދުގައި އުޅޭކަން ފާހަގަކުރެވުނުކަމަަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ، ފެއަރއަށް ޒިޔާރަތްކުރި 80 އިންސައްތަ މީހުންނަށް ރާއްޖެ އެނގޭކަމަށެވެ. އެހެންނަމަވެސް ރާއްޖެއަށް އަންނާނެ ގޮތް ނޭނގޭ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ފަސޭހައިން ރާއްޖެއަށް އަންނާނެ ގޮތެއް ބަލައި، އިތުރު އެއާލައިންތަކަށް ރާއްޖޭގެ ދޮރު ހުޅުވާލަން ޖެހޭ ކަމުގައި ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ، އިޝްތިހާރު ކުރުމުގައި އެއްވެސް ގޮންޖެހުމެއް ނެތް ކަމަށާއި، އޮތީ ރާއްޖެއަށް ވާސިލުވުމުގައި އޮތް ގޮން ޖެހުން ކަމަށެވެ. އަދި މިހާރުވެސް ރާއްޖެއަކީ ދުނިޔޭގައި އެންމެ ލަގްޒަރީ ބްރޭންޑް ކަމަށް ރާއިދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު