Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒިންޗެންކޯގެ އިލްތިމާސް ޕުޓިންއަށް

ޒިންޗެންކޯގެ އަސަރުގަދަ އިލްތިމާސްއެއް ޕުޓިންއަށް!

މިހާތަނަށް 140 އަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރުވެފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 އެޕްރީލު 2022 | ހޯމަ 02:15
ޒިންޗެންކޯ ޤައުމީ ޓީމްގައި: ފޮޓޯ-ޒިންޗެންކޯ އިންސްޓަރގްރާމް

ޒިންޗެންކޯ ޤައުމީ ޓީމްގައި: ފޮޓޯ-ޒިންޗެންކޯ އިންސްޓަރގްރާމް

ރަޝިޔާއިން ޔުކްރެއިންއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށްފަހު "ޔުކްރެއިންގެ ކުޑަކުދިން" ސަލާމަތްކޮށްދޭން އެޤައުމުގެ ފުޓްބޯޅަ ތަރި ޒިންޗެންކޯ ރަޝިޔާގެ ރައީސް ޕުޓިންއަށް އިލްތިމާސްކޮށްފިއެވެ.

މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު ޒިންޗެންކޯ ސޯޝަލް މީޑިޔާ މެދުވެރިކޮށް ރަޝިޔާގެ ރައީސް ޕުޓިންގެ އަރިހުން އެދުނީ ހަނގުރާމަ ހުއްޓާލުމަށްފަހު ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމަށެވެ. ޔުކްރެއިން ރައްޔިތުންގެ ތަރި ޒިންޗެންކޯ ވަނީ ހަނގުރާމަ ފެބްރުއަރީ މަހު ފެށުމުންވެސް އެކަން ހުއްޓާލުމަށް ގޮވާލާފައެވެ, މިފަހަރު ޒިންޗެންކޯގެ ގޮވާލުން މިއައީ އެޤައުމުގެ ކުޑަކުދިން ސަލާމަތްކޮށްދިނުމަށް ކުރާ އާދޭހެއްގެ ގޮތުގައެވެ.

ޒިންޗެންކޯ ޢާއްމުކުރި ވީޑިއޯގައި ބުނެފައިވަނީ އޭނާއަކީ މެންޗެސްޓަރ ސިޓީގެ ކުޅުންތެރިއެއްކަމަށެވެ. އަދި ޔުކްރެއިން ޤައުމީ ޓީމްގެ ކުޅުންތެރިއެއް ކަމަށެވެ. ހަމައެހެންމެ އޭނާއަކީ ޔުކްރެއިންގެ ރައްޔިތެއް ކަމަށެވެ. އޭނާގެވެސް ކުޑަކުއްޖަކު އެބަހުރި ކަމަށާއި, އެއުމުރުގެ އެތައް ކުދިންނަކަށް އަނިޔާވެ, މަރުވަމުން ދިއުމަކީ ހިތަށް ކެތްވާވަރުގެ ކަމެއް ނޫންކަމަށް ޒިންޗެންކޯ ބުނެފައިވެއެވެ. މިހާތަނަށްވެސް 140 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ ކަމަށް, ޔުކްރެއިންގެ ކުޑަކުދިން ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރަމުން ޒިންޗެންކޯ ބުނެފައިވެއެވެ. އޭނާ ބުނީ ޔުކްރެއިންގެ އާއްމުން ދިރުއުޅޭ ގެތަކާއި, ސިޓީތައްވެސް ބޮމުގެ ހަމަލާތަކުން ހަލާކުވެ ވީރާނާވަމުން ދާކަމަށެވެ.

ރަޝިޔާއާއި ޔުކްރެއިންގެ ހަމަނުޖެހުމަށް މިހާރު ވަނީ ތިން މަސް ވެފައެވެ. ހަމަލާތައް ބަދަލުކުރުން އަދިވެސް ދަނީ ކުރިއަށެވެ. ފުޓްބޯޅައިގެ ގިނަ ތަރިންނާއި, ކްލަބްތަކުންވެސް މީގެކުރިން ވަނީ އެހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ. އަދި ޔުކްރެއިންއާއެކު ތިބިކަން ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2023

ކުޅުންތެރިންނަށް ނިޒާރުގެ އިލްތިމާސްއެއް!

09 މާރިޗު 2023
ކުޅުންތެރިންނަށް ނިޒާރުގެ އިލްތިމާސްއެއް!
04 އޮކްޓޯބަރު 2022

އަސަރުގަދަ ވާހަކަތަކަކާއެކު ހިގުއިން ފުޓުބޯޅައިން ރިޓަޔާވެއްޖެ

04 އޮކްޓޯބަރު 2022
އަސަރުގަދަ ވާހަކަތަކަކާއެކު ހިގުއިން ފުޓުބޯޅައިން ރިޓަޔާވެއްޖެ
05 މާރިޗު 2022

ރަޝިޔާ ކުޅުންތެރިންގެ ހައްގުގައި ވާހަކަ ނުދައްކާތީ ޒިންޗެންކޯގެ ފާޑުކިއުން އަމާޒުވެއްޖެ

05 މާރިޗު 2022
ރަޝިޔާ ކުޅުންތެރިންގެ ހައްގުގައި ވާހަކަ ނުދައްކާތީ ޒިންޗެންކޯގެ ފާޑުކިއުން އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު