Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ ރަމަޟާން ޕްރޮމޯޝަން

އާއިލާއާއި ރައްޓެހިން ޑިޖިޓަލްކޮށް ގުޅުވާާލަދިނުމަށް އުރީދޫއިން ވަަަަރަށް ޚާއްސަ އޮފަރތަކެއް

"ގުޑް މޯނިންގް މޯލްޑިވްސް" ޕްރޮމޯޝަންގައި ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ 1 ޖީބީ ހިލޭ ލިބޭ ބޯނަސް ޑޭޓާއާއެކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2022 | ހޮނިހިރު 16:39
އުރީދޫއިން ވަނީ ރަމަޟާން މަހަށް ޚާއްސަ ޕްރޮމޯޝަނެއް ފަށާފައި

އުރީދޫއިން ވަނީ ރަމަޟާން މަހަށް ޚާއްސަ ޕްރޮމޯޝަނެއް ފަށާފައި

މި ރަމަޟާންމަހު އާއިލާއާއި އަދި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން، އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.

ރަމަޟާންމަހުގެ ތެރޭގައި ކަސްޓަމަރުންނަށް ލިބިގެންދާ ޚާއްސަ ޚިދުމަތްތަކުގެތެރޭގައި:

ގުޑް މޯނިންގް މޯލްޑިވްސް!

ގުޑް މޯނިންގް މޯލްޑިވްސް ޕްރޮމޯޝަންގައި ބައިވެރިވުމުން ރަމަޟާންމަހުގެ ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ 1 ޖީބީ ހިލޭ ލިބޭ ބޯނަސް ޑޭޓާއާއެކުއެވެ. ހިލޭ ޑޭޓާ އެލަވަންސް ހޯދުމަށް، ފަތިހު 4:00ން ހެނދުނު 8:00އާ ދެމެދު 5252އަށް, "BONUS" ޖަހާފައި އެސްއެމްއެސް އެއް ފޮނުވާލުމުން ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން އިރުއޮއްސި 6:00އާ ދެމެދު މި ބޯނަސް ޑޭޓާ ބޭނުންކުރެވޭނެއެވެ.

އުރީދޫ ރަމަޟާން ލަކީޑްރޯއާއެކު އުމްރާ ދަތުރެއް!

ބަރަކާތްތެރި ރަމަޟާން މަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ވަނީ މި މަހު އުރީދޫގެ ކޮންމެ ޚިދުމަތެއްވެސް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް ވަރަށް އަގުހުރި އިނާމުތަކާއެކު ލަކީޑްރޯއެއް ހުޅުވާލާފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 10 ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 100 ޖީބީޑޭޓާ ހޯދުމުގެ އިތުރުން 2 ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ލިބޭނެއެވެ.

ސުޕަރނެޓް ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް

އުރީދޫ މޯލްޑިވްސްއިން މި މަހު އަލަށް ސުޕަރނެޓް ކަނެކްޝަނެއް އެކްޓިވޭޓްކުރާ ނުވަތަ ސުޕަރނެޓް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް 3 މަސް ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު 100 ޖީބީ ބޯނަސް ޑޭޓާ ލިބޭނެއެވެ. ސުޕަނެޓްގެ ޚިދުމަތް ފަސޭހަކަމާއެކު އޮންލައިންކޮށް ހޯދާލުމަށް ނުވަތަ ޕްލޭން އަޕްގްރޭޑް ކުރުމަށް ore.do/supernet ޒިޔާރަތްކޮށްލައްވާށެވެ.

ސައޫދީގައި ތިބި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ޚާއްސަ ސައޫދީ އައިޑީޑީ ޕެކް

ސައުދީ އައިޑީޑީ ޕެކް ބޭނުންކޮށްގެން ސައުދީއަރަބިއްޔާގައި ތިބި ރަހުމަތްތެރިންނާއި އާއިލާގެ މީހުންނާ މުއާމަލާތްކޮށް، ކަސްޓަމަރުންނަށް 100 މިނެޓާއި 1ޖީބީގެ ސޯޝަލް ޑޭޓާ (ވައިބަރ, ވަޓްސްއެޕް، އައިއެމްއޯ) ހަމައެކަނި 150 ރުފިޔާއަށް ލިބޭނެއެވެ.

އެމް-ފައިސާ އަދި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުން

އެހެން އަހަރުތަކެކޭ އެއްފަދައިން، ގޭގައި ތިބެގެން ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުވެސް ފަހިކޮށްދީފައެވެ. އެމް-ފައިސާ މެދުވެރިކޮށް ޒަކާތްދެއްކުމަށް އުރީދޫ އެޕް ޑައުންލޯޑްކޮށްލާށެވެ. އެމް-ފައިސާގެ ޚިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫއިން މަރުހަބާކިޔައެވެ.

މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް *909#އަށް ޑަޔަލްކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.

"ޓެކްސްޓް އަ ކޮފީ" މެދުވެރިކޮށް ރޯދަވިއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާކޮށްލުމާއެކު ހިލޭ 1ޖީބީ ހޯދުމުގެ ފުރުސަަަތު

މި ރަމަޟާންމަހު، އުރީދޫ ކަސްޓަމަރުންނަށް "ޓެކްސްޓް އަ ކޮފީ" މެދުވެރިކޮށް ރޯދަވިއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާކޮށްލުމުން ހިލޭ 1ޖީބީ ހޯދުމުގެ ފުރުސަަަތު ވަނީ އުރީދޫ މޯލްޑިވްސްއިން ހުޅުވާލާފައެވެ. މަގުބޫލު ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ކެއުމާާއި ބުއިންތަަައް ހަަަދިޔާާ ކޮށްލެވޭ "ޓެކްސްޓް އަަަަ ކޮފީ" މެދުވެރިކޮށް ހަަަަަދިޔާއެއް ފޮނުވާލުމަަށް ore.do/txtcofy ޒިޔާރަތްކޮށްލާށެވެ.

އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލަރޓް

މި ރަމަޟާންމަހު ނަމާދު ވަގުތުތަކަށް ސަމާލުވުމަށް އެހީ އެލަރޓް ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބޭނެއެވެ.

ވައިބަރ ބޭނުންނުކުރާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލަރޓް އެކްޓިވޭޓްކޮށްލެވޭނެއެވެ. ނަމާދު އެލަރޓް އެސްއެމްއެސްއެއްގޮތުގައި ހިލޭ ހޯދުމަށް “GO” ޖެއްސެވުމަށް ފަހު 4777އަށް އެސްއެމްއެސް ކޮށްލާށެވެ.

ރީތިޓިއުންސް

“Ramadan” ޖެހުމަށްފަހު 4000އަށް އެސްއެމްއެސް ކޮށްލައިގެން ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ޤުރުއާންގެ އާޔަތްތަކާއި ރީތި މަދަހަ ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫ މޯލްޑިވްސްއިން ދާދިފަހުން ލޯންޗްކުރި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫ ޕްރީޕެއިޑްއާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، 6 ގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި ލިބި, އާއިލާއާއި ރައްޓެހިންނާ ގުޅުންބަދަހިކޮށް، އިންޓަނެޓްގެ ފުރިހަމަ ތަޖުރިބާއެއް ހޯދުމަށްވަނީ ފަހިކޮށްދީފައެވެ. އުރީދޫއިން ރަމަޟާން މަހަށް ޚާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުގެ އިތުރު މައުލޫމާތާއި ތަފްސީލްވެބްސައިޓްމެދުވެރިކޮށް ލިބޭނެއެވެ.

އުރީދޫރަމަޟާން 1443

ކޮމެންޓް

އިތުރަށް ކިޔާލަން

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު