Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލް "ޕޯޓް ޑިޖިޓަލްކޮށް" އިފްތިތާހުކުރުން

އެމްޕީއެލްއިން ހަ ގަޑިއިރުން ދިން ޚިދުމަތް 15 މިނެޓަށް

31 މާރިޗު 2022 | ބުރާސްފަތި 09:41

މިއީ ޑިޖިޓަލައިޒޭޝަން ކެމްޕެއިނެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 31 މާރިޗު 2022 | ބުރާސްފަތި 09:41
އެމްޕީއެލްއިން "ޕޯޓް ޑިޖިޓަލްކޮށް" އިފްތިތާހުކުރުން

އެމްޕީއެލްއިން "ޕޯޓް ޑިޖިޓަލްކޮށް" އިފްތިތާހުކުރުން

"ޕޯޓް ޑިޖިޓަލްކޮށް" ނަމުގައި ވަރަށް ޚާއްސަ ޑިޖިޓަލައިޒޭޝަން ކެމްޕެއިނެއް ލޯންޗުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކްރޮސް ރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންއެވެ. މި ކެމްޕޭނަކީ އެމްޕީއެލްގެ މައި ބަނދަރުން ދޭ ހިދުމަތް ވީހާވެސް ފަސޭހަކޮށް މަސައްކަތުގައި ޝާމިލްވާ ފަރާތްތަކަށް ދީ، ވަގުތު ސަލާމަތްކުރުމަށް ފަށާފައިވާ ކެމްޕެއިންއެކެވެ.

Advertisement - newsAdvertisement

މުދާ ކްލިއަރކުރަން، މުހިންމު މަރުހަލާތަކެއް އޮންނައިރު، އެކަންކުރުމުގައި ގިނަ ވަގުތު ހޭދަވާކަމާއި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ބޭނުންވާ ހުއްދަ ނުވަތަ ސޮއި ހޯދުމަށް ޚިދުމަތް ހޯދާ ފަރާތްތަކުން ދާން ޖެހުމަކީ އަބަދުވެސް ލިބޭ ޝަކުވާއެއް ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. އެހެންކަމުން ޚިދުމަތް ހޯދާ ފަރާތުން އުފުލަމުންދާ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށްޓައި ގިނަ މަޝްވަރާތަކެއްކޮށް، ކުންފުނިން ދޭ ހިދުމަތްތައް ފަސޭހަކޮށް، އޮންލައިންކޮށް ދިނުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.

އެމްޕީއެލްއިން ބުނީ މި ޚިދުމަތް ތައާރަފްކުރުމުގެ ކުރިން މުދާ ކްލިއަރ ކުރަން ގާތްގަނޑަކަށް 6 ގަޑިއިރު ހޭދަވާކަމަށެވެ. މި ގެނައި ބަދަލާއިއެކު އެ މަސައްކަތައްދާ ވަގުތު 15 މިނެޓަށް ވަނީ ކުޑަވެފައެވެ. މި ބަދަލުގެ ސަބަބުން، ކޮންމެ ތަނެއްގައި ހުރެމެ، އީ ގޭޓް ފާހަށް އެދެވޭނެކަމަސް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްގެ އެންމެ ބޮޑު އަމަޒަކީ 2023 ވަނަ އަހަރާއި ހަމަޔަށް އެކުންފުންޏަކީ 99 އިންސައްތަ ކަރުދާހަށް ބަރޯސާނުވާ ކުންފުންޏަކަށް ހެދުމެވެ. މީގެއިތުރުން، ވޯލްޑް ބޭންކުން ނެރޭ "އީޒް އޮފް ޑުއިންގ ބިޒްނަސް" ގައުމުތަކުގެ ލިސްޓުގެ އެންމެ ރަނގަޅު 20 ގައުމު ތެރޭގައި ރާއްޖެ ހިމެނުމަށް ވަނީ އަމާޒުހިފާފައެވެ. އެކުންފުނިން ދެކޭ ގޮތުގައި ޑޮކިއުމެންޓޭޝަން މަރުހަލާ ޑިޖިޓަލް ކުރެވުމުން، މިހާރު ލިސްޓުގައި އޮތް 147 ވަނައިން އެންމެ ރަނގަޅު 20 ގައުމުތަކުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

މި ހަފްލާގައި އެމްޕީއެލްއިން ވަނީ، އެ ކުންފުނީގެ މައި ބަނދަރު ޕޯޓަލްއަށް ކަސްޓަމަރ ޕޯޓަލްގެ ނަމުގައި ޑޭޝްބޯޑެއް ތައާރަފްކޮށްފައެވެ. މިއީ އެ ކުންފުނީގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ މައުލޫމާތު އެއްތަނަކުން ގެނައުމަށް ތައާރަފްކުރި ޚާއްސަ "ކަސްޓަމަރ ޕޯޓަލް"އެކެވެ. މި ތަނުން، ބޯޓު އުޅަނދުފަހަރު އަންނާނެކަމަށް ލަފާކުރެވޭ ވަގުތުގެ މައުލޫމާތާއި، މިހާރު ޕޯޓުގައި ހުރި އުޅަނދު ފަހަރުތަކާއި، ކޮންޓެއިނަރު ޑިސްޗާޖު ޑީޓެއިލްއާއި، މަހުންމަހަށް ޕޯޓުގެ ސްޓެޓިސްޓިކްސްގެ މައުލޫމާތު ލިބެން ހުންނާނެއެވެ.

މީގެއިތުރުން، ކްލިއަރިންގ ޕްރޮސެސްއާއި ބެހޭ މައުލޫމާތާއި، ފްރީކުއެންޓް ކްލިއަރިންގ އެޖޭނޓުން، ޝިޕިންގް އެޖޭންޓުންނާއި ބެހޭ މައުލޫމާތާއި ޓެރިފްއާއި ބެހޭ މައުލޫމާތުގެ އިތުރަށް އެކުންފުނީގެ ޕޮލިސީތަކުގެ މައުލޫމާތު ލިބެން ހުންނާނެއެވެ. ޚިދުމަތް ހޯދާ ފަރާތްތަކަށް އެމްޕީއެލްގެ ކަމާއި ގުޅުންހުރި ހުރިހާ ބޭފުޅުންނަށް ގުޅޭނެ ނަމްބަރުވެސް އެއް ވިއުގައަކުން ލިބެން ހުންނާއެވެ. މި ޕޯޓަލްގެ ސަބަބުން، އަލަށް ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަކަމާއި އެކު އަމަލުކުރަންވީ ގޮތުގެ ހުރިހާ މައުލޫމާތެއް ލިބެން ހުންނާނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.

އެމްޕީއެލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް