Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ފުޓިން އަށް ހަނގުރާމައިގެ ހާލަތު ތެދަށް ކިޔައިދޭން އެޑްވައިޒަރުން ބިރުގަނޭ: ޔޫކޭ، ޔޫއެސްއޭ

ޔޫކޭގެ ސައިބަރ އެންޑް ސެކިއުރިޓީ އެޖެންސީގެ އިސްފަރާތުން ވަނީ ރަޝިއާއިން ޔުކްރައިން ހަނގުރާމައިގެ ހާލަތު ދެނެގަނެފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 31 މާރިޗު 2022 | ބުރާސްފަތި 08:29
ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތުތައް ރަނގަޅަށް ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން އަށް ކިޔައިދޭން އެމަނިކުފާނުގެ އެޑްވައިޒަރުން ޖެހިލުންވާ ކަމަށް އިނގިރޭސިވިލާތުންނާ އެމެރިކާއިން ބުނެފިއެވެ.

އިނގިރޭސިވިލާތުން މިހެން ބުނެފައި ވަނީ އެގައުމުގެ އިންޓެލިޖެންސް އެޖަންސީ އިން ކުރިއަށްގެންދިޔަ ދިރާސާއަކަށް ފަހުއެވެ. އެގޮތުން ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން ޔޫކޭގެ ސައިބަރ އެންޑް ސެކިއުރިޓީ އެޖެންސީގެ އިސްފަރާތުން ވަނީ ރަޝިޔާއިން ޔޫކްރައިން ހަނގުރާމައިގެ ހާލަތު ދެނެގަނެފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ހަނގުރާމާގައި ރަޝިޔާއަށް ލިބެމުންދާ ގެއްލުންތައް އެންމެ ރަނގަޅަށް ގައުމުގެ ރައީސަށް އެމަނިކުފާނުގެ އެޑްވައިޒަރުން ކިޔާދެމުން ނުދާކަމަށް ވިދާޅުވެފައެވެ.

އޭނާ ވަނީ ޔޫކްރެއިންގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިންގެ ތެރެއިން ބައެއް ސިފައިން ކުރާ އަމުރުތަކަށް ބޯ ނުލަބާ ކަަމަށާއި ބައެއް ސިފައިންގެ އަތުން އަމިއްލަ ގައުމުގެ އަސްކަރީ އުޅަނދުތަކަށް ބަޑި ޖެހިފައި އެބަހުރިކަމަށް ވިދާޅުވެ، ރަޝިޔާ އަސްކަރިއްޔާގެ ތެރޭގައި ހަމަނުޖެހުން އުޅޭކަން މޭރުންވާ ބީދައިން ވާހަކަދައްކަވާފައެވެ.

އިނގިރޭސިވިލާތުން މިހެން ބުނެފައިވާއިރު، އެމެރިކާއިން ވެސް ވަނީ ޕުޓިންއަށް ހަނގުރާމައިގެ އެންމެ ފަހުގެ ތެދު މައުލޫމާތުތައް ނުލިބޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ޕެންޓަގަންގެ ތަރުޖަމާން ވަނީ ރަޝިޔާގެ އަސްކަރިއްޔާއަށް ޔޫކްރެރިންގައި ކުރިމަތިވަމުންދާ ނާކާމިޔާބީތަކުގެ ވާހަކަ އެގައުމުގެ ޑިފެންސް މިނިސްޓަރު ޕުޓިންއާއި ހިއްސާކުރައްވަމުން ނުދާކަމަށް ވިދާޅުވެފައެވެ.

ޕެންޓަގަންގެ ތަރުޖަމާން ވަނީ ހަނގުރާމައިގެ އެންމެ ތެދު މައުލޫމާތު ޕުޓިންއަށް ނުލިބޭ ނަމަ ސުލްހައިގެ މަޝްވަރާތަކުގައި އެންމެ އެކަށޭނަ އެއްބާރުލުން ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހަނގުރާމައިގައި ރަޝިޔާއަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ ޕުޓިން އަރިހު ދައްކަން އެޑްވައިޒަރުން ބިރުގަންނަ ކަމަށް ވައިޓްހައުސް އިން ވަނީ ބުނެފައެވެ. އަދި މިގޮތަށް މައުލޫމާތު ހިއްސާކުރުމުގައި ކުރިމަތިވަމުންދާ މައްސަލަތަކުގެ ސަބަބުން ޕުޓިން އާއި އޭނާގެ އަސްކަރީ ލީޑަރުންނާ ދެމެދު އޮތް ގުޅުމަށް ވަރަށް ބޮޑަށް ބުރޫ އަރަމުންދާ ކަމަށް އެމެރިކާއިން ބުނެފައެވެ.

ރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިން

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު