Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ޔޫކްރެއިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ދިޔަ މީހުންގެ އަދަދު 4 މިލިއަނުން މައްޗަށް

މިހާތަނަށް 10 މިލިއަނަށް ވުރެ ގިނަ މީހުން ގައުމުގެ އެތެރޭގައިވެސް ، ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ގޮސްފައިވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 30 މާރިޗު 2022 | ބުދަ 16:09
ޔޫކްރެއިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމަކަށް ހިޖުތަކުރި ރައްޔިތުންތަކެއް

ޔޫކްރެއިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމަކަށް ހިޖުތަކުރި ރައްޔިތުންތަކެއް

ޔޫކްރެއިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިޖުރަ ކުރި މީހުންގެ އަދަދު ހަތަރު މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އދ އިން ހާމަކޮށްފިއެވެ.

ރޮއިޓަރސް ރިޕޯޓުކޮށްފައިވާ ގޮތުން ޔޫކްރެއިން ރެފިއުޖީންގެ އަދަދު ހަތަރު މިލިއަނަށް ވުރެ މައްޗަށް އަރާފައިވާކަމަށް އދ ގެ ރެފިއުޖީ އެޖެންސީގެ ކޮމިޝަނަރު ފިލިޕޯ ގްރާންޑީ ވަނީ ބުދަ ދުވަހު ވިދާޅުވެފައެވެ. އެގޮތުން 4،019،287 މީހުން ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކަށް ހިޖުރަކޮށްފައިވާ ކަމަށް އދ އިން ބުނެއެވެ.

އދ ގެ ރެފިއުޖީ އެޖެންސީއާ ހަވާލާދީ ރޮއިޓަރސް ރިޕޯޓުކޮށްފައިވާ ގޮތުން، ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާދޭން ފެށުމާއެކު މިހާތަނަށް 10 މިލިއަނަށް ވުރެ ގިނަ މީހުން ގައުމުގެ އެތެރޭގައި ވެސްވަނީ ގެދޮރުދޫކޮށް އެހެން ދުރު ހިސާބުތަކަށް ގޮސްފައެވެ.

ޔޫކްރެއިންގެ ރެފިއުޖީން އެންމެ ގިނަ އަދަދަކަށް ހިޖުރަކޮށްފައި ވަނީ އަވައްޓެރި ޕޮލަންޑްއަށެވެ. އެގޮތުން އެގައުމަށް ދެ މިލިއަން އަށްވުރެ ގިނަ މީހުން ހިޖުރަކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް ކަމަށްވާ ރުމޭނިއާ، ސްލޮވޭކިއާ އަދި ހަންގޭރީއަށްވެސް ގިނަ އަދަދެއްގެ ޔޫކްރެއިން ރެފިއުޖީން ވަނީ ހިޖުރަކޮށްފައެވެ.

ޔޫކްރެއިންގެ ރެފިއުޖީންގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ.

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު