Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުން

ކިރިޔާ ޖާގައެއް ލިބުނަސް ފުޓްސަލް އިންޑޯއެއް ގާއިމުކުރާނަން: މަހްލޫފް

30 މާރިޗު 2022 | ބުދަ 09:43

މި ދައުރު ނިމުމުގެ ކުރިން ދަނޑު އެޅޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 30 މާރިޗު 2022 | ބުދަ 09:43
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް އާއި ސުވާލުކުރެއްވުން

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް އާއި ސުވާލުކުރެއްވުން

ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން ކިރިޔާ ޖާގައެއް ލިބުނަސް އިންޑޯ ފުޓްސަލް ދަނޑެއް ގާއިމުކުރާނެކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންޑޯ ފުޓްސަލް ދަނޑެއް އަޅާނެ އިރަކާމެދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ މިނިސްޓަރު މަހްލޫފާއި މެމްބަރަކު ސުވާލުކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ހަގީގަތުގައި މިހާރު ރާއްޖޭގައި އެއްވެސް ފުޓްސަލް ދަނޑެއް ނެތް ކަމަށެވެ. އަދި މިހާރު ފުޓްސަލްގެ ގަވައިދަށް ކުޅެމުން އަންނަނީ މިނީ ފުޓްބޯޅަ ދަނޑުތަކެއްގައި ކަމަށެވެ. މިއީ ރާއްޖޭގެ ކުޅުންތެރިން ހިމެނޭ ގޮތަށް، ހުރިހާ ރައްޔިތުންނަށް އެނގުން މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އަސްލު ފުޓްސަލް ކޯޓުގައި ކުޅުމުގެ ފުރުސަތު ލިބުނީ ގައުމީ ފުޓްސަލް ޓީމެއް އެކުލަވާލުމަށްފަހު ބޭރުގެ މުބާރާތްތައް ކުޅުމަށް ފޮނުވަން ފެށުމުން ކަމަށެވެ. ނަމަވެސް ގައުމީ ފުޓްސަލް ޓީމު ފަރިތަކުރާނެ އިންޑޯ ފުޓްސަލް ކޯޓެއް ނެތުމުން އެކަމުގެ ދަތިކަން ޓީމަށް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.

އެކަމަކު ޓީމުގެ ފަރިތަކުރުންތައް ކުރިޔަށް ނުގެންދެވިފައި ތިބެން ނުޖެހޭނެ ކަމަށާއި، ސަރުކާރުން އަޅާފައިވާ ދަނޑުތަކުގައި ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކިރިޔާ ޖާގައެއް ލިބުނު ނަމަވެސް އިންޑޯ ފުޓްސަލް ދަނޑެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ދަނޑު އެޅޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަހުމަދު މަޚްލޫފްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް