Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް

މަސްތުވާތަކެތީގެ މައްސަލަތަކުގެ ތަހުގީގަށް، ފާއިތުވި 3 އަހަރު ބޮޑު ކުރިއެރުމެއް

ފާއިތުވި 3 އަހަރު، މަސްތުވާތަކެތީގެ 300އަށްވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 29 މާރިޗު 2022 | އަންގާރަ 18:16
ފުލުހުންގެ 89 ވަނަ އަހަރީ ޖަލްސާ

ފުލުހުންގެ 89 ވަނަ އަހަރީ ޖަލްސާ

މަސްތުވާތަކެތީގެ މައްސަލަތަކުގެ ތަހުގީގުގައި ފާއިތުވި 3 އަހަރުތެރޭގައި, މީގެ ކުރިން ހޯދިފައިނުވާވަރުގެ ބޮޑު ކާމިޔާބީއެއް ހޯދިފައިވާކަމަސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ, ފާއިތުވި ތިން އަހަރުތެރޭގައި ފުލުހުން ކުރި މަސައްކަތް ގިނަވެފައި އިތުރަށް ބުރަވި ކަމަށެވެ. ކޮވިޑް-19ގެ ހާލަތާއެކު ފުލުހުންގެ ޚިދުމަތަށް އިތުރު ގޮންޖެހުންތަކެއް ދިމާވި ކަމަށާއި، އެހެންނަމަވެސް ގޮންޖެހުންތަކާއެކުވެސް ފުލުހުން ކުރި މަސައްކަތުގެ ސަބަބުން ބޮޑު ކާމިޔާބީއެއްވެސް ހޯދިފައިވާކަމަށެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ކަމަށެވެ. ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސަށް ބިނާކޮށް 300އަށްވުރެ ގިނަ މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގާފައިވާކަމަށާއި، މަސްތުވާތަކެތިގެ ވިޔަފާރި ހިންގާކަމަށް ބެލެވޭ 46 ކެފޭއެއް މާލެ ސަރަހައްދުގައި ބަންދުކޮށް އަބަދުވެސް ފިޔަވަޅު އެޅެމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ, މި މުއްދަތުގައި މަސްތުވާތަކެތީގެ 5،052 މައްސަލައެއް ފުލުހުންނަށް ހުށަހެޅި, އޭގެ ތެރެއިން 4،629 މައްސަލައިގެ ތަހުގީގު މަރުހަލާ ނިންމިފައިވާކަމަށެވެ. އަދި މިއީ 92 އިންސައްތައިގެ ކާމިޔާބެއް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ސީޕީ ވިދާޅުވީ, ފާއިތުވި 3 އަހަރު 1،300 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށެވެ. އަދި ފާއިތުވި 10 އަހަރު ނައްތާނުލެވި ހުރި 1.8 ޓަނުގެ މަސްތުވާތަކެތި މި ތިން އަހަރު ތެރޭގައި ނައްތާލެވިފައިވާކަމަށެވެ. ބަނގުރަލާ ދެކޮޅަށް 277 އޮޕަރޭޝަނެއް ހިންގައި 11،000އަށްވުރެ ގިނަ ބަނގުރާ ފުޅިއާ ދަޅު އަތުލައިގަނެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ރާއްޖޭގެ ކުށުގެ ވެށީގައި, ކުށް ކުރާ ގޮތާއި ބޭނުންކުރާ އުކުޅުތައް މިހާރު ތަފާތުކަމަށެވެ. އަދި ގޭންގު މާރާމާރީއާއި، ފޭރުމާއި، ވައްކަމާއި މަރުގެ މައްސަލަތައް އަދިވެސް ހިނގާކަމަށެވެ. ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި އަދިވެސް މިނޫން ސީރިއަސް މައްސަލަތައް ތަކުރާރުވަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.

އެހެންނަމަވެސް މުޖުތަމައުގައި ހޭލުންތެރިކަން އިތުރުވެފައިވުމުގެ ސަބަބުން މިފަދަ ކުށްތައް ރިޕޯޓުކުރާ މިންވަރު އިތުރުވުމަކީ ހެޔޮ ބަދަލެއް ކަމުގައި ސީޕީ ފާހަގަކުރެއްވިއެވެ. އާންމު ކުށުގެ މައްސަލަތަކާއެކު 41،243 މައްސަލައެއް ފާއިތުވި 3 އަހަރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި, މީގެތެރެއިން 27،137 މައްސަލައެއްގެ ތަހުގީގު އެއްކޮށް ނިމިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިއީ 86 އިންސައްތައިގެ ހާސިލްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

30 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު