Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާގެ ސިޔާސީ މަސްރަހު

ރަޝިޔާގެ އިދިކޮޅު ލީޑަރު ބޮރިސް ނެމްސޯވް އަވަހާރަކޮށްލުމުގެ ކުރިން އަހަރެއްހާ ދުވަސް ވަންދެން އޭނާއަށް ފާރަލީ

އޭނާއަށް ފާރަލުމަށް 13 ދަތުރެއްގައި އޭނާގެ ފަހަތްޕުޅުން އޭޖެންޓުން ފޮނުވި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 28 މާރިޗު 2022 | ހޯމަ 19:07
ބޮރިސް ނެމްސޯވް - ރަޝިޔާގެ ކުރީގެ އިދިކޮޅު ލީޑަރު

ބޮރިސް ނެމްސޯވް - ރަޝިޔާގެ ކުރީގެ އިދިކޮޅު ލީޑަރު

ރަޝިޔާގެ އިދިކޮޅު ސިޔާސީ ލީޑަރެއްގެގޮތުން ހަރަކާތްތެރިވަމުން އައި ބޮރިސް ނެމްސޯވް ހަށިކޮޅަށް ބަޔަކު ބަޑިޖަހައި އަވަހާރަކޮށްލުމުގެ ކުރިން އަހަރެއްހާ ދުވަސް ވަންދެން އޭނާގެ ހަރަކާތްތަކަށް ފާރަލާފައިވާކަން ތަހުގީގަކަށް ހާމަވެއްޖެއެވެ. ރައީސް ވްލަޑިމިއަރ ޕުޓިންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, އަދި ކޮރަޕްޝަންގެ ކަންތައް ހާމަކުރައްވަމުންއައި ނެމްސޯވް އަވަހާރަކޮށްލާފައިވަނީ 2015 ވަނަ އަހަރުއެވެ. އެއީ ޕުޓިން ވެރިކަމަށް ވަޑައިގެންނެވި ފަހުން ހިނގި އެންމެ ފާހަގަކޮށްލެވޭ ސިޔާސީ މަރެވެ.

އޭނާ އަވަހާރަކޮށްލުމުގައި ސަރުކާރުގެ އެއްވެސް އަތެއް ނުވާކަމަށް ރަޝިޔާ ސަރުކާރުން ވަރަށް އަވަހަށް ވަނީ ބުނެފައެވެ.

މިހާރު، އޭގެ 7 އަހަރު ފަހުން، އިންވެސްޓިގޭޓިވް 2 ވެބްސައިޓްކަމަށްވާ "ބެލިންގކެޓް" އަދި "ދަ އިންސައިޑަރ"ގެ އިތުރުން ބީބީސީ އަށްވެސް ވަނީ, ނެމްސޯވް މަރާލުމުގެ ކުރިން (މަދުވެގެންވެސް 13 ދަތުރެއްގައި) އޭނާއަށް ފާރަލުމަށް އޭޖެންޓުން އޭނާގެ ފަހަތްޕުޅުން ހަރަކާތްތެރިވެފައިވާކަން އެނގޭ ހެކި ލިބިފައިކަމަށްވެއެވެ.

ރަޝިޔާގެ ސިޔާސީ މައިދާނުގައި ބޮރިސް ނެމްސޯވް އައީ ވަރަށް ބާރަށް ކުރިއަރަމުންނެވެ. އޭނާވަނީ ރައީސް ބޮރިސް ޔެލްސިންގެ އަރިހުގައި ޑެޕިއުޓީ ޕްރައިމް މިނިސްޓަރކަންވެސް ކުރައްވާފައެވެ. އަދި ޔެލްސިންއަށްފަހު ވެރިކަމަށް ވަޑައިގަންނަވާނީ ބޮރިސް ނެމްސޯވް ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ނަމަވެސް ކަންތައްވީ އެގޮތަކަށް ނޫނެވެ. ޔެލްސިންއަށްފަހު ވެރިކަމަށް ވަޑައިގެންނެވީ ވްލަޑިމިއަރ ޕުޓިންއެވެ. އެއާއެކު ބޮރިސް ނިއެމްސޯވްއަށް ޖެހުނީ އެއްފަރާތުގައި މަޑުކުރައްވާާށެވެ.

އެދުވަހުން ފެށިގެން ނެމްސޯވް ހުންނެވީ ޕުޓިންގެ ދުޝްމަނެއްގެ ގޮތުގައެވެ. އޭނާ ގެންދެވީ ޕުޓިންގެ ނޭދެވޭ ހަރަކާތްތައް ދުނިޔެއަށް ހާމަކުރައްވަމުންނެވެ. 2014 ވަނަ އަހަރު އިރުމަތީ ޔޫކްރެއިނަށް ރަޝިޔާއިން ދިން ހަމަލާތައްފަދަ ކަންކަމުގެ އަޑީގައިވާ ސިއްރުތައް ހާމަކުރައްވަމުންނެވެ.

ފަސްމީހުންގެ ގުރޫޕަކުން ބަޑިޖަހައި އޭނާ އަވަހާރަކޮށްލީ 27 ފެބްރުއަރީ 2015 ގައެވެ. އެއީ އެފަހަރުގެ ޔޫކްރެއިން ހަގުރާމަޔާ ދެކޮޅަށް ޚާއްސަ ކެމްޕެއިނެއް ފައްޓަވަން ތައްޔާރުވެފައި ވަނިކޮންނެވެ. މިހާދިސާއާ ގުޅިގެން ޗެޗްނިޔާ ދަރިކޮޅުގެ 5 މީހުން ވަރަށް އަވަހަށް ހައްޔަރުކޮށް އެމީހުންނަށް ދައުވާ އުފުލުނެވެ.

ނަމަވެސް އަދިވެސް ޖަވާބު ނުލިބި އޮތް ސުވާލަކީ ނިއެމްސޯވް ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލަން އަމުރުކުރީ ކާކުތޯއާއި އަދި ކީއްވެގެންތޯ ކުރެވޭ ސުވާލެވެ. މިއީ އަދިވެސް ޖަވާބު ނުލިބިވާ ސުވާލުތަކެކެވެ.

ރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު