Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުމައިދު ހޯދުމުގެ މަސައްކަތް

ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަ ގެންދަން: އެމްއެންޑީއެފް

6 ޖޫން 2017 | އަންގާރަ 20:58

ސުމައިދު ހޯދުމުގެ އޮޕަރޭޝަން އަދިވެސް ގެންދަނީ ކުރިއަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 6 ޖޫން 2017 | އަންގާރަ 20:58
ސުމައިދު ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުގެ މަގުންވެސް ކުރިއަށް ގެންދޭ

ސުމައިދު ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުގެ މަގުންވެސް ކުރިއަށް ގެންދޭ

ޑިންގީ ބަންޑުން ޖަހާލާ ހިނގި ހާދިސާގައި ގެއްލުނު ފުލުސް މީހާ އައްޑޫ ސިޓީ ހިތަދޫ އުމުރުން 27 އަހަރުގެ ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރިއަށް ގެންދާކަަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ އިބްރާހިމް އާޒިމް ވިދާޅުވީ، ސުމައިދު ހޯދުމުގެ މަސައްކަތް އަންގާރަ ދުވަހު (މިއަދު) ވެސް ކުރިއަށް ގެންދާކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ވަޔާއި ކަނޑުގެ މަގުންވެސް ކުރިއަށް ގެންދާކަމަށް އާޒިމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޑިންގީ ބަންޑުން ޖަހާލި ހާދިސާ ތަހުގީގުކުރަމުންދާކަމަށެވެ. ތަހުގީގު ކުރަމުންދާ މައްސަލައެއްކަމުން އިތުރު ތަފްސީލް ދެވެން އަދި ނެތްކަމަށް ފުލުހުން ބުންޏެވެ. ސުމައިދު ގެ ފޯނާއި މަސްބޭނުމަށް ގެންގުޅު ދޮށި ފަދަ ތަކެތި ކަނޑުން ހޮވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންނަމަވެސް މިހާތަނަށް ސުވައިދުގެ އެއްވެސް ޚަބަރެއް ނުވާކަމަށް ފުލުހުންނާއި އެމްއެންޑީއެފުން ވެސް ބުންޏެވެ.

ތިން މީހުންނާއި އެކު ފަރު މަސްވެރިކަމަށް ނުކުމުގެ އުޅެނިކޮށް ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ އިރު އޮއްސުމުގެ ކުރީންނެވެ. މި ހާދިސާ ފުހުންނަށާއި އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ރޭ 8:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ސަލާމަތްވި ދެމީހުން ފަތާފައި ގޮސް އެރީ ކައިރީގައި އޮތް ޝަންގްރިއްލާ ރިސޯޓަށެވެ. ދެމީހުންނަކީ ފޭދޫއަށް ނިސްބަތްވާ ދެމީހުންނެވެ.

ގެއްލުނު މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި ރަށްތަކުން ބަލައިދިނމަށް އެމްއެންޑީއެފުން އެދެއެވެ. އަދި އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން ވެސް އެމްއެންއެންޑީއެފުން ވަނީ އެދިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް